ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ނާސިން އަދި ފާމަސީ ކޯސް ހަދާ ދަރިވަރުން ހުވާކުރުމާއި ވައިޓް ކޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
14 ޖުލައި 2025
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ނާސިން އަދި ފާމަސީ ކޯސް ހަދާ ދަރިވަރުން ހުވާކުރުމާއި ވައިޓް ކޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
އެ ރަސްމިއްޔާތުގައި ދަރިވަރުންގެ ހުވާލައިދެއްވީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސް، ބްރިގޭޑިއާ ޖެނެރަލް ޑރ. އަލީ ޝާހިދެވެ. އެ ރަސްމިއްޔާތުގައި ނާސިން އާއި ފާމަސީގެ ޖުމްލަ 98 ދަރިވަރުން ޕްރޮފެޝަނަލް ހުވާ ކުރި އެވެ.
އެ ރަސްމިއްޔާތުގައި ފާމަސީ ދަރިވަރުންނަށް ވައިޓް ކޯޓު ހަވާލުކުރުމުގެ އިތުރުން ޑީންސް ލިސްޓް އަދި ޑީންސް އެވޯޑު ހާސިލް ކުރި ދަރިވަރުންނަށް އެވޯޑު ދިނުމާއި ވިލާ ކޮލެޖު ހެލްތު ސޮސައިޓީ ވަނީ އިފްތިތިހާކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން، އައިޝަތު މާލާ ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ވައިޓް ކޯޓް ސެރެމަނީއެއް ތައާރަފްކުރީ ވިލާ ކޮލެޖުންކަން ފާހަގަކުރައްވައިފަ އެވެ. އަދި މިއީ ވިލާ ކޮލެޖުން މިފަދަ ރަސްމިއްޔާތެއް ބާއްވާ ތިންވަނަ ފަހަރުކަން ވެސް ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު ވަނީ ސިއްހީ ދާއިރާއަށް ނުކުންނަ ދަރިވަރުންގެ ކޮނޑުގައި އެޅޭ މަސްއޫލިޔަތުގެ ބޮޑުކަން ފާހަގަކުރައްވައިފަ އެވެ. އަދި ތެދުވެރިކަމާއި އޯގާތެރިކަމާ އެކު ހިދުމަތް ދިނުމުގައި ދެމިތިބުމަށް ނަސޭހަތްތެރިވި އެވެ.
އޭގެ އިތުރުން ސިއްހީ ހިދުމަތްތެރިން ރާއްޖޭގައި ބިނާކުރުމަށް ވިލާ ކޮލެޖުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވަނީ ދަރިވަރުން ވައިޓް ކޯޓް އަޅައި، ޕްރޮފެޝަނަލް ހަޔާތުގެ މަސްއޫލިއްޔަތުތަކާ ކުރިމަތިލާ އިރު، ވިލާ ކޮލެޖުގެ ދަރިވަރުންނަކީ އަހުލާގީ އަދި ސުލޫކީ މަތިވެރި ސިފަތަކުން އެހެން ދަރިވަރުންނާ ތަފާތު، ފާހަގަކޮށްލެވޭ ބަޔަކަށް ވާންޖެހޭނެ ކަމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި އެ ރަސްމިއްޔާތަކީ، ގައުމަށް ހިދުމަތްކުރާނެ، ގާބިލު، އޯގާތެރި ސިއްހީ ހިދުމަތްތެރިންތަކެއް ބިނާކުރުމަށް ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތުގެ މުހިންމުކަން ރަމްޒުކޮށްދޭ ހަފްލާއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ވިލާ ކޮލެޖުން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ނާސިން އަދި ފާމަސީ ކޯސް ހަދާ ދަރިވަރުންގެ ހުވާކުރުމާއި ވައިޓް ކޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ކޮންމެ އަހަރަކު ވެސް ބާއްވަ އެވެ.
ވިލާކޮލެޖުން އާ ކޯހަކާއި ޖަޖަސް ރެސިޑެންސީ ޕްރޮގްރާމެއް
ގާނޫނީ ދާއިރާގެ 3 ކޯހެއް ވިލާ ކޮލެޖުން ތައާރަފްކޮށްފި
އައިޔޫއެމް، ވިލާ ކޮލެޖާ ގުޅިގެން ސެން ޓީޗިން ކޯހެއް
ޑިސްކަވާ ހޮސްޕިޓަލިޓީގެ 6ވަނަ ބެޗު ނިންމައި އާ ބެޗެއް
ވިލާ ކޮލެޖުުގައި އިގްތިސާދީ ދާއިރާގެ ބޮޑު ކޮންފަރެންސެއް
ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ބޮޑު ކާމިޔާބީއެއް
ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
ޓައިމްސް ހަޔާ އެޑިއުކޭޝަންއިން ވިލާ ކޮލެޖު ރޭންކްކޮށްފި
ވިލާ ކޮލެޖުގެ އޮރިއަންޓޭޝަން ވީކް ކުރިއަށް ދަނީ
ޔުނިވާސަލް ހަރަދުގައި 5 ދާއިރާއިން ކިޔެވުމުގެ ފުރުސަތު