މި އަހަރުގެ މެއި މަހު ބޭއްވި، ޗައިނާ ބަހުގެ ފެންވަރު ވަޒަންކުރުމުގެ އެޗްއެސްކޭ އަދި ވައިސީޓީ އިމްތިހާނުތަކުގައި ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުގައި ކިޔަވާ ދަރިވަރުން ބައިވެރިވެ ފަހުރުވެރި ނަތީޖާތަކެއް ހޯދާފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
03 ޖުލައި 2025
މި އަހަރުގެ މެއި މަހު ބޭއްވި، ޗައިނާ ބަހުގެ ފެންވަރު ވަޒަންކުރުމުގެ އެޗްއެސްކޭ އަދި ވައިސީޓީ އިމްތިހާނުތަކުގައި ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުގައި ކިޔަވާ ދަރިވަރުން ބައިވެރިވެ ފަހުރުވެރި ނަތީޖާތަކެއް ހޯދާފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
ވިލާ ކޮލެޖުން ބުނީ އެޗްއެސްކޭ ލެވެލް 1، 2، 3 އަދި ވާހަކަ ދެއްކުމުގެ އެޗްއެސްކޭކޭ ލެވެލް 1ގެ އިމްތިހާނުގައި ބައިވެރިވި 21 ދަރިވަރުންގެ ތެރެއިން، 20 ދަރިވަރުން ފާސްވެފައިވާ ކަމަށެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ޗައިނާ ބަހުގެ ވައިސީޓީ އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވެސް ފާސްވެފައިވާކަން އެ ކޮލެޖުން ފާހަގަކުރެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ވަނީ އެޗްއެސްކޭ/އެޗްއެސްކޭކޭ އަދި ވައިސީޓީ އިމްތިހާނުގެ ދެ ބުރެއް ރަސްމީކޮށް ބާއްވައިފަ އެވެ. މި އިމްތިހާނުތަކުން މިހާތަނަށް 50 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ފަސްވެފަ އެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި މި އިމްތިހާނުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމުގެ ފުރުސަތުތަކަށާއި ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ އަގުހުރި ސެޓްފިކެޓެއް ކަމަށެވެ. އަދި މިއީ ޓޫރިޒަމްގެ ދާއިރާ އާއި ހޮސްޕިޓާލިޓީ އަދި ސިއްހީ ހިދުމަތާއި ވިޔަފާރީގެ ދާއިރާ ފަދަ ރާއްޖޭގެ މުހިންމު ސިނާއަތްތަކުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ކުރިއަރަން މަގު ހުޅުވިގެންދާނެ ސެޓްފިކެޓެއް ގޮތުގައި އެ ކޮލެޖުން ސިފަކުރެ އެވެ.
ވިލާ ކޮލެޖުގެ ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވާން، ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ.
ވިލާ ކޮލެޖުގައި އައިސީއެސްއާރުއައި ކުރިއަށް ދަނީ
ވިލާކޮލެޖުން އާ ކޯހަކާއި ޖަޖަސް ރެސިޑެންސީ ޕްރޮގްރާމެއް
ގާނޫނީ ދާއިރާގެ 3 ކޯހެއް ވިލާ ކޮލެޖުން ތައާރަފްކޮށްފި
އައިޔޫއެމް، ވިލާ ކޮލެޖާ ގުޅިގެން ސެން ޓީޗިން ކޯހެއް
ޑިސްކަވާ ހޮސްޕިޓަލިޓީގެ 6ވަނަ ބެޗު ނިންމައި އާ ބެޗެއް
ވިލާ ކޮލެޖުގެ ހެލްތު ސައިންސަސް ދަރިވަރުން ހުވާކޮށްފި
ވިލާ ކޮލެޖުުގައި އިގްތިސާދީ ދާއިރާގެ ބޮޑު ކޮންފަރެންސެއް
ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
ޓައިމްސް ހަޔާ އެޑިއުކޭޝަންއިން ވިލާ ކޮލެޖު ރޭންކްކޮށްފި
ވިލާ ކޮލެޖުގެ އޮރިއަންޓޭޝަން ވީކް ކުރިއަށް ދަނީ