ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ، ބައިނަލްއަގުވާމީ ކޮންފަރެންސް، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިންނޮވޭޝަން ކޮންފަރެންސް ފަށައިގެން ކުރިއަށްދާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
11 ސެޕްޓެމްބަރ 2025
ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ، ބައިނަލްއަގުވާމީ ކޮންފަރެންސް، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިންނޮވޭޝަން ކޮންފަރެންސް ފަށައިގެން ކުރިއަށްދާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
އިއްޔެ ފެށި އެ ކޮންފަރެންސް ކުރިއަށް ދާނީ މިއަދުގެ ނިޔަލަށް ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ. އައިސީއެސްއާރުއައި ކޮންފަރެންސަކީ ގައުމީ ތަރައްގީގެ އަމާޒުތަކާއި، އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ދިރާސާތައް ގުޅުވައިދޭ، ރާއްޖޭގެ އެންމެ ބޮޑު ރީސަޗް ކޮންފަރެންސެވެ.
މިއަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދަނީ "ސިނާޖީސް އޮފް ޑިސްކަވަރީ: އިގްނައިޓިންގް ސޮލޫޝަންސް ފޯ ދަ ފިއުޗާ" މި ޝިއާރުގެ ދަށުންނެވެ. މިއަހަރުގެ ޝިއާރުން ރަމްޒުކޮށްދެނީ، އެކި ދާއިރާތަކާއި ޓެކްނޮލޮޖީގެ އެހީގައި ކުރެވޭ ދިރާސާތަކުން، ހާއްސަކޮށް ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ. އެ ކޮންފަރެންސްގައި އެންމެން ޝާމިލުވާ ތަރައްގީ އާއި ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށް ބަލާނެ އެވެ.
އައިސީއެސްއާރުއައި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓާ، ޑރ. އަހުމަދު އަންވަރު ވިދާޅުވީ، މިއަހަރުގެ ޝިއާރުން، ހިޔާލުތަކާއި، އެކި ދާއިރާތަކުގެ ދިރާސާތަކާއި، ގައުމީ އަދި ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމުގައި އެއްބާރުލުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމަށެވެ.
އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އޮސްޓްރޭލިއަން ހައި ކޮމިޝަނާ، ޑޭވިޑް ޖެސަޕް ވަނީ އެ ކޮންފަރެންސްގެ ޝިއާރަކީ މިދުވަސްވަރާ މުނާސަބު ޝިއާރެއް ކަމަށް ވިދާޅުވެފަ އެވެ.
"މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކާއި، ޑިޖިޓަލް އިންގިލާބާއި އަދި އިޖުތިމާއީ ހަމަހަމަކަމަކީ ގުޅިލާމެހިފައިވާ ކަންކަމަށް ވާއިރު، މިކަންކަމަށް ބޭނުންވަނީ އިލްމީ ހައްލުތަކެއް. މިއީ މައުލޫމާތު ލިބިގެން ކުރާ ދިރާސާތަކާއި ފިކުރީ ބަހުސްތައް މިހާ މުހިންމުވާ ސަބަބަކީ،" އޭނާ ވިދާޅުވި އެވެ.
މި ކޮންފަރެންސްގައި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޕޭޕާ ޕްރެޒެންޓޭޝަންތަކާއި، ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. ކޮންފަރެންސްގެ ޗެއާ އަދި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ - ރިސާޗް އެންޑް އިނޮވޭޝަން، ޑރ. މުހައްމަދު އާދިލް ވިދާޅުވީ މިއަހަރު "އިމްޕެކްޓް ރޫމްސް" ގެ ނަމުގައި އާ އިސްނެގުމެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ ދިރާސާވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އަދި ދާއިރާގެ ތަޖުރިބާކާރުން އެއްތަންކޮށް، އަމަލީ ސިޔާސަތުތައް އެކުލަވާލުމަށް މަޝްވަރާކުރުން ކަމަށް ވިދާޅުވި އެވެ.
އައިސީއެސްއާރުއައި ކޮންފަރެންސްގައި 75 އަށް ވުރެ ގިނަ ދިރާސާ ޕޭޕަރު ހުށަހެޅުމަށް ހަމަޖެހިފައި ވާއިރު، އެކަޑަމިކް، ސަރުކާރު އަދި އިންޑަސްޓްރީން 166 ބައިވެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
މި ކޮންފަރެންސްގެ ދިރާސާ ޕޭޕަރުތައް 8 ދާއިރާއަކަށް ބަހާލައިގެން ހުށަހަޅާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
• ޓްރެކް 1: ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް ސްމާޓް ސޮލިއުޝަންސް
• ޓްރެކް 2: ކްލައިމެޓް އެކްޝަން އެންޑް ރެޒިލިއަންސް އިންޖިނިއަރިން
• ޓްރެކް 3: ބިޒްނަސް އެންޑް ސޯޝަލް އެންޓަރޕްރެނިއޯޝިޕް ޑްރައިވިން އިކުއިޓީ
• ޓްރެކް 4: ރެޒިލިއެންޓް ލާނިންގ ސިސްޓަމްސް އެންޑް ފިއުޗާ ސްކިލްސް
• ޓްރެކް 5: ރެސްޕޮންސިވް ލޯ އެންޑް ގަވާނަންސް
• ޓްރެކް 6: ގްލޯބަލް ހެލްތު، ބަޔޯމެޑިސިން، އެންޑް ޕްރިޕެއާޑްނެސް
• ޓްރެކް 7: ކޮމިއުނިޓީ ވެލްބީންގ އެންޑް ސޯޝަލް ސަޕޯޓް ސިސްޓަމްސް
• ޓްރެކް 8: އާބަނައިޒޭޝަން، މޮބިލިޓީ، އެންޑް ސަސްޓެއިނަބަލް ސިޓީޒް
މި ކޮންފަރެންސްގެ ތެރެއިން "ބެސްޓް ޕޭޕާ" އަދި "ބެސްޓް ޕްރެޒެންޓާ" އެވޯޑުވެސް ދޭނެ އެވެ. މި ކޮންފަރެންސްގައި ހުށަހެޅޭ ދިރާސާތަކުގެ ޒަރިއްޔާއިން، އިޖުތިމާޢީ އަދި ޕޮލިސީ ލެވެލްގައި ހުރި ބޭނުންތަކަށް ހައްލު ހޯދައިދިނުމަށް މަގުފަހިވެގެންދާނެ އެވެ.
މި ކޮންފަރެންސް މި އަހަރު ބާއްވަނީ 24 ސްޕޮންސަރުން، ޕާޓްނަރުން އަދި އެންޑޯސަރުންގެ އެއްބާރުލުމާ އެކު އެކު އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތައް ވެސް ހިމެނެ އެވެ.
އައިސީއެސްއާރުއައި ކޮންފަރެންސް އަކީ 2016 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖުގައި ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
ވިލާކޮލެޖުން އާ ކޯހަކާއި ޖަޖަސް ރެސިޑެންސީ ޕްރޮގްރާމެއް
ގާނޫނީ ދާއިރާގެ 3 ކޯހެއް ވިލާ ކޮލެޖުން ތައާރަފްކޮށްފި
އައިޔޫއެމް، ވިލާ ކޮލެޖާ ގުޅިގެން ސެން ޓީޗިން ކޯހެއް
ޑިސްކަވާ ހޮސްޕިޓަލިޓީގެ 6ވަނަ ބެޗު ނިންމައި އާ ބެޗެއް
ވިލާ ކޮލެޖުގެ ހެލްތު ސައިންސަސް ދަރިވަރުން ހުވާކޮށްފި
ވިލާ ކޮލެޖުުގައި އިގްތިސާދީ ދާއިރާގެ ބޮޑު ކޮންފަރެންސެއް
ޗައިނީޒް ލޭންގުއޭޖް ސެންޓަރުން ބޮޑު ކާމިޔާބީއެއް
ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
ޓައިމްސް ހަޔާ އެޑިއުކޭޝަންއިން ވިލާ ކޮލެޖު ރޭންކްކޮށްފި
ވިލާ ކޮލެޖުގެ އޮރިއަންޓޭޝަން ވީކް ކުރިއަށް ދަނީ