09 މެއި 2023
މި ސީޒަންގައި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ކަމާ ހަވާލުވި އަހުމަދު ޝާކިރު (ޝާކިއްޓޭ) މަޝްހޫރުވެފައި ވަނީ ޔޫތު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގަ އެވެ. އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް އެންމެ ގިނައިން ހޯދި ކޯޗަކީ އޭނާ އެވެ. މިދިޔަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ޒުވާން ޓީމަށް އިރުޝާދު ދިން ޝާކިއްތޭ ވަނީ އޭގެ ކުރިން ވެސް އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
މި ސީޒަންގައި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ކަމާ ހަވާލުވި އަހުމަދު ޝާކިރު (ޝާކިއްޓޭ) މަޝްހޫރުވެފައި ވަނީ ޔޫތު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކޯޗުގެ ގޮތުގަ އެވެ. އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް އެންމެ ގިނައިން ހޯދި ކޯޗަކީ އޭނާ އެވެ. މިދިޔަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ޒުވާން ޓީމަށް އިރުޝާދު ދިން ޝާކިއްތޭ ވަނީ އޭގެ ކުރިން ވެސް އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ދިވެހި ލީގުގައި ފުރަތަމަ ފަހަރަށް ހެޑް ކޯޗެއްގެ ގޮތުގައި މިއަދު އޭނާ ބެންޗުގައި އިށީނަސް، އެ ޕްރެޝަރެއް އޭނާ އަށް ނެތް ކަމަށް، ކްލަބް އީގަލްސްގެ ކުރީގެ އެސިސްޓެންޓް ކޯޗު ބުންޏެވެ. ސަބަބަކީ މި އަހަރަށް ޔުނައިޓެޑް ވިކްޓަރީގެ މެނޭޖުމެންޓްގެ ބޮޑު ޓާގެޓެއް ނެތުމެވެ. މާލީ މައްސަލަތަކުގައި މިދިޔަ އަހަރު އަޑިއަޅާލި ޓީމުގައި ގިނައި ޒުވާން ކުޅުންތެރިންނެވެ. މިދިޔަ އަހަރު ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިހާރު އެ ޓީމުގައި ތިބީ ފަސް ކުޅުންތެރިންނެވެ. ދެން ތިބި ގިނަ ކުޅުންތެރިންނަކީ ލީގުގައި ވެސް މުޅިން އަލަށް ކުޅޭ ކުޅުންތެރިންނެވެ.
"ހަގީގަތުގައި ޔުނައިޓެޑް ވިކްޓަރީގެ މެނޭޖުމެންޓްގެ އެކްސްޕެކްޓޭޝަން މިފަހަރަކު އެހާ މައްޗެއް ނޫން. އެހެންވީމަ މާބޮޑު ޕްރެޝަރެއް އެބައޮތޭ ނުބުނެވޭނެ،" އީގަލްސްގެ ޔޫތު ޓީމަށް ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ވިދިވިގެން ތިން ފަހަރު ހޯދައިދިން ކޯޗު ބުންޏެވެ.
"އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން މުބާރާތުގައި ރަނގަޅު ކާމިޔާބުތަކެއް ހޯދަން ބޭނުން. ހާއްސަކޮށް ޅަ ކުޅުންތެރިންތަކެއް ގޮވައިގެން ނުކުމެ ޓީމުން ތަފާތެއް ދެއްކުން އެންމެ ބޮޑު އުންމީދަކީ. ބަލަން ތިބޭ މީހުންނަށް ވެސް މި ޒުވާން ކުޅުންތެރިންގެ ފަރާތުން ތަފާތެއް އެބަ ފެންނަކަން. ރަނގަޅު ކަންތައްތަކެއް އެބަ ފެންނަކަން. ފިއުޗާއެއް އެބައޮތްކަން ބެލުންތެރިންނަށް ވެސް ފޭނުންނަށް ވެސް އެކަން ގަބޫލު ކުރެވިއްޖެޔާ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް"
މިދިޔަ އަހަރު އެ ކްލަބަށް ކުޅުނު ބިދޭސީ ދެ ކުޅުންތެރިޔަކަށް ދޭން ޖެހޭ މުސާރަ ނުދީގެން ކުޅުންތެރިން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލަކަށް ނުކުތެވެ. އެކަމަމު ފަހުން އެ ކުޅުންތެރިންނަށް މުސާރަ ދީ ކުޅުންތެރިން ފުރުވާލީ އެފްއޭއެމްގެ އެހީތެރި ކަމާއެކު އެވެ.
ސީޒަންގައި އެ ޓީމުގެ ފުރަތަމަ މުބާރާތާ ކުރިމަތިލާއިރު ބިދޭސީ ކުޅުންތެރިޔެއް ނެތެވެ. އަދި ސީޒަނަށް ތައްޔާރުވާން ގިނަ މުއްދަތެއް އެ ޓީމަށް ނުލިބުނެވެ. ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕުގައި އެ ޓީމު ވާދައެއް ނުކުރެ އެވެ. އެކަމަކު މިއަދު އެ ޓީމާ ދެކޮޅަށް ނުކުންނަ މާޒިޔާ އަކީ އެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އަދި އޭގެ ކުރިން ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ވެސް މާޒިޔާއިން ކާމިޔާބު ކުރި އެވެ.
ޝާކިއްޓޭ ބުނީ، މާޒިޔާއިން ސީޒަނަށް ރަނގަޅަށް ތައްޔާރު ވެފައިވުމާއި ޕްރެޒިޑެންޓް ކަޕް ކާމިޔާބުކޮށްފައި ވުމާއި ގައުމީ ޓީމުގެ 14 ވަރަކަށް ކުޅުންތެރިން ތިބުމަކީ އެ ޓީމަށް އޮތް އެޑްވާންޓޭޖެއް ކަމަށެވެ.
ޗުއްޓީއާ ދިމާވުމުން ޔޫވީއަށް ކުޅުންތެރިންގެ ދަތިކަން
ކުޅޭ ޒުވާން ކުޅުންތެރިން ގިނަވުމަކީ ލިބޭ ކުރިއެރުމެއް
މޮޅަކާ އެކު ޔޫވީ އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބަދަލު ކީޕަރެއް ނެތުމުން ޔޫވީގެ ގޯލަށް އެރީ ޑިފެންޑަރު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ކުޑަދުވަސްކޮޅެއްތެރޭ ބޮޑު ކުރިއެއްމެއް ހޯދި ސްޓްރައިކަރު
ޔޫވީ ބަލިކޮށް ސަސް ތިންވަނައިގައި ވިއްދައިފައި
ހަމްދޫންގެ ގޯލުތަކާއެކު ޔޫވީ ބަލިކޮށް ޓީސީ ކުރިއަށް