01 މެއި 2023
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ކޯސްޓްގާޑުން ބޭނުން ކުރަމުން ދިޔަ ކަނޑުގެ އަސްކަރީ އުޅަނދު "ހުރަވީ" ގެ ބަދަލުގައި އިންޑިއާ އިން ހަދިޔާކުރި އުޅަނދު ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލު ކުރުން، އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މި ދަތުރފުޅުގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރާ ލޭންޑިންކްރާފްޓެއް ހަވާލު ކުރެއްވުން ވެސް ރަޖްނާތު ސިންހްގެ ދަތުރުގެ ތާވަލުގައި ވަނީ ހިމަނައިފަ އެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވެސް އިންޑިއާގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވާނެ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް (ވ) ރަސްމީ ދަތުރފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވުމުން ރާއްޖެއިން މަރުހަބާ ކިޔަނީ --- ފޮޓޯ: ޑިފެންސް މިނިސްޓްރީ
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންނެވިއިރު އެއީ މި ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހި ކޮށްފައިވާ ގައުމެވެ.
އިންޑިއާ އިން ރާއްޖެ އަށް އަލަށް ހަދިޔާކުރާ އަސްކަރީ އުޅަނދު ރާއްޖެ ގެނައީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއާގެ ކުރޫން ވަނީ އޭގައި މަސައްކަތް ކުރާނެ އެމްއެންޑީއެފްގެ އޮފިސަރުން ތަމްރީން ކުރުމަށް ދެ ހަފުތާގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފަ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް (ވ) ރަސްމީ ދަތުރފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވުމުން ރާއްޖެއިން މަރުހަބާ ކިޔަނީ --- ފޮޓޯ: ޑިފެންސް މިނިސްޓްރީ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި 2006 ގައި އިންޑިއާ އިން ހަދިޔާކުރި އަސްކަރީ އުޅަނދު ބާ ވުމުން އޭގެ ބަދަލުގައި އެ ގައުމުން ހަދިޔާކުރި އާ އުޅަނދަކީ ހުރަވީ" އަށް ވުރެ ބޮޑު އަދި ގާބިލުކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައި ވެ އެވެ.
މީގެ ކުރިން 2019 ގައި ވެސް އިންޑިއާއިން ވަނީ ރާއްޖެ އަށް ކަނޑުގެ އަސްކަރީ އުޅަނދެއް ހަދިޔާކޮށްފަ އެވެ. އެ އުޅަނދަށް އެމްއެންޑީއެފުން ނަން ދީފައި ވަނީ ކޯސްޓްގާޑް "ކާމިޔާބު" އެވެ. ދިވެހި ސިފައިން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުންކުރަމުންނެވެ.
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ސިޔާސީބޭނުމަށް ސިފައިންގެ އަގު ވައްޓާލުމަކީ ފިނޑިކަމެއް
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ޓެރަރިޒަމާ ދެކޮޅަށް މީހުން ހޭލުންތެރިކުރުވަނީ
"ޓެރަރިޒަމާ ދެކޮޅު އިސް ގައުމަކަށް ރާއްޖެ ވާނެ"
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ