23 އެޕްރީލް 2023
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އިހުސާސް ކުރެވުނު ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.
މިއީ މިދިޔަ އަހަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ފިނިހޫނުމިނަށް ވުރެ ވެސް މައްޗެވެ. މިދިޔަ އަހަރު އެންމެ ހޫނު ގަދަވި ދުވަސްތަކުގައި ވެސް އިހުސާސްކުރެވުނު ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްގަ އެވެ.
މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދު މެންދުރުފަހު 2:00 ގައި ލ. ކައްދޫގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 44.3 ޑިގްރީ ސެލްސިއަސްގަ އެވެ. އިއްޔެ އެ ގަޑީގައި ހޫނުމިން ހުރީ 41.5 ޑިގްރީ ސެލްސިއަސްގަ އެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުވާ މަސް ކަމަށް ވާއިރު، ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަ ވާނީ މެންދުރު ފަހު 2:00 ގައި ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.
ހުޅުލޭގައި އިހުސާސްކުރެވޭ ހޫނުމިން މިއަދު 43 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިއްޔެ ހުރީ 42.3 ޑިގްރީ ސެލްސިއަސްގަ އެވެ. ދެން އެންމެ ހޫނުގަދައީ ހދ. ހަނިމާދު އަށެވެ. އެ ރަށުގައި އިހުސާސް ކުރެވޭ ހޫނުމިން މިއަދު މެންދުރުފަހު 2:00 ގައި ހުރީ 42 ޑިގްރީ ސެލްސިއަސްގަ އެވެ.
މިއީ ރާއްޖެއަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިވުމަށް މެޓް އޮފީހުން އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ.
• ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި ބޭރުގައި އެކި ހަރަކާތްތައް ހިންގުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ހޫނު މަޑު ވަގުތުތަކުގައި އެކަން ކުރުން
• އަވީގައި އުޅޭ ވަރު މަދުކުރުން
• ކަރު ހިއްކާ ނަމަ ގިނައިން ފެން ބުއިން
• ހަކުރު އަދި ކެފެއިން ހުންނަ ބުއިންތަކާ ދުރުވުން
• ބޭރަށް ނުކުންނަ ނަމަ އަވިން ރައްކާތެރިވުމަށް ޔޫވީ ފިލްޓާ އައިނެއް އެޅުމާއި ސަންސްކްރީން ލޯޝަން އުނގުޅުމާއި ތޮފި އެޅުމާއި އަދި ގަޔަށް ދޫހެދުން ލުން
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ހޫނު ގަދައީ އުތުރުގަ އެވެ. އުތުރުން ހދ. ހަނިމާދޫގައި، މިދިޔަ 29 އަހަރު ވެސް، އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.7 ޑިގްރީ ސެލްސިއަސް އެވެ. ދެން އެންމެ ހޫނީ ރާއްޖޭގެ މެދުތެރެއަށެވެ. ހުޅުލޭގެ 29 އަހަރުގެ ހިސާބުތަކުން ދައްކަނީ އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.6 ޑިގްރީސެލްސިއަސް ކަމަށެވެ. ދެކުނުން ސ. ގަމަށް ބަލާއިރު މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ހޫނުމިނަކީ 28.9 ޑިގްރީސެލްސިއަސް އެވެ.
މެޓުން ބުނީ މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުންނާނެ ކަމަށާއި ވައިގެ ހޫނުމިނަށް ވުރެ އިހްސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެ ކަމަށެވެ.
މިއީ މާލެއަށް މިހާތަނަށް އެންމެ ހޫނު ދުވަސް
ގަދަ ހޫނަށް ފަހު ރޭ މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެ
ޔޫރަޕުގެ ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް
އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީން މައްޗަށް
އިހުސާސް ކުރެވޭ ހޫނުމިން 40 ޑިގްރީން މައްޗަށް
މިދިޔަ އަހަރަކީ އެންމެ ހޫނުގަދަ އަހަރު
މިހާތަނަށް އެންމެ ހޫނު އަހަރު: 2023
ސައެންސްވެރިން ކުރި އިންޒާރު ތެދަކަށް ވެއްޖެ
ދެކުނު ޔޫރަޕަށް އާދަޔާ ޚިލާފު ހޫނު ދުވަސްވަރެއް
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް