23 އެޕްރީލް 2023
ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން 2023" 10 ބޯލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ބިލިއާޑްގައި ކުރިއަށް އޮތް ދިގު ރާސްތާއެއްގެ ފެށުން ކަމަށް ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން 2023" 10 ބޯލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ބިލިއާޑްގައި ކުރިއަށް އޮތް ދިގު ރާސްތާއެއްގެ ފެށުން ކަމަށް ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ މޯލްޑިވްސް އޯޕަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މުބާރާތް ހުޅުއްވައި ދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބިލިއާޑް ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ ވައުދުތަކުގެ މުހިއްމު ބައެއް ކަމަށެވެ.
ހަމަ އެއާ އެކު ބިލިއާޑް އެސޯސިއޭޝަނުން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި މި ކުޅިވަރު ތަރައްގީ ކުރަން ގިނަގުނަ މަސައްކަތްތަކެއް ފާއިތުވި ކުރު މުއްދަތެއްގައި ކުރެވިފައި ވާކަމަށާއި، ގައުމީ ބިލިއާޑް ސެންޓަރު ބައިނަލްއަގުވާމީ ފެންވަރުގައި ތަރައްގީކޮށް ހުޅުވި ދުވަހު އުންމީދު ކުރި ފަދައިން ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތެއް ރާއްޖޭގައި ބޭއްވުމުން އެ އުއްމީދު ފުރިހަމަ ވުމުގެ ހިތްހަމަޖެހުން ލިބިއްޖެކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
މޯލްޑިވްސް އޯޕަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ރަނގަޅު ފެސިލިޓީއެއް ގާއިމް ކުރެވި، އޭގެ ކުރިން ހުޅުމާލޭގައި ހަ މޭޒުގެ ފެސިލިޓީއެއް ގާއިމް ކުރެވި އަދި އޭގެ އިތުރަށް މާފުށީގައި އެސޯސިއޭޝަނުން ފުރަތަމަ މާލޭން ބޭރުގައި ތަނެއް ގާއިމް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރިއަށް،" މަހުލޫފް ވިދާޅުވި އެވެ.
"މިތަން ހުޅުވުނު ރޭ އަޅުގަނޑު ދެންނެވިން ދެން އެންމެ ދެކެން ބޭނުން ވަނީ ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވޭ ތަނޭ. އިރާދަކުރެއްވީތީ މިއަދު މޯލްޑިވްސް އޯޕަން، ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް ރާއްޖޭގައި ބޭއްވިގެން ދާކަމީ ހަމަގައިމުވެސް އަޅުގަނަޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް."
މީގެ އިތުރުން ކުޅިވަރުގައި ހުރި ތަފާތުކުރުން ނައްތާލައި ކުޅިވަރު ވަސީލަތްތައް ގާއިމުކޮށް، ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ފަދަ ސަރުކާރުގެ ކުޅިވަރު ވައުދުތަކުގެ ތެރެއިން 95 ޕަސެންޓު މަސައްކަތް ނިމިފައި ވާކަމަށް ގަބޫލު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ރައީސް [އިބްރާހިމް މުހައްމަދު ސާލިހު] ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން 95 ޕަސެންޓު ޔަގީން ކަށަވަރު ހުންނާނީ މިހާރު އަޅުގަނޑުމެންނަށް ޑެލިވާ ކުރެވިފައި،" ބިލިއާޑް ގައި ވެސް އަންހެން އެތުލީޓުންނަށް ހަމަހަމައަށް މުސާރަ ހަމަޖައްސައި ބިދޭސީ ކޯޗުން ގައުމީ ޓީމަށް ހަމަޖައްސައިފައި ވާނެ ކަން ބަޔާން ކުރައްވަމުން މަހުލޫފް ވިދާޅުވި އެވެ.
"ހުރިހާ ކަމެއް ކުރާ މީހަކީ އަޅުގަނޑެއް ނޫން. އަޅުގަނޑާ އެކީ އެންމެ ބޮޑު އެހީތެރިކަމެއް އެންމެ ބޮޑު އެއްބާރުލުމެއް ދީގެން މަސައްކަތް ކުރައްވާ ބޭފުޅުންނަކީ އެސޯސިއޭޝަންތަކުގެ ރައީސުން، ވެރިން، އެކްސްކޯ މެމްބަރުން، އޮލިމްޕިކް ކޮމިޓީގެ ރައީސް."
މޯލްޑިވްސް އޯޕަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މިދިޔަ އަހަރު ވަނީ ރާއްޖޭގައި ނުވަ ބައިނަލްއަގުވާމީ މުބާރާތް ބާއްވައިފަ އެވެ. ބިލިއާޑް މުބާރާތަކީ މި އަހަރު ރާއްޖޭގައި ބާއްވާ ދެވަނަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތެވެ. މަހުލޫފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މުބާރާތްތަކެއް ބާއްވަން ރޭވިފައި ވާ ކަމަށާއި މިއަހަރު އޮތް ބައިނަލްއަގުވާމީ ގޭމްސްތަކުން ވެސް ގިނަ ކާމިޔާބީތަކަކަށް އުއްމީދު ކުރެވޭ ކަމަށެވެ.
އެގޮތުން ބިލިއާޑް މުބާރާތް ވެސް މެދުނުކެނޑި ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރާކަމަށާއި، އިންޑިއާ ސަރުކާރުގެ އެލްއޯސީ އެހީގެ ދަށުން 40 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓަކަށް ދެތިން މަސް ތެރޭ ފެށުމަށް ތައްޔާރުވަމުން ދާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި ކުޅިވަރު ކުރިއެރުމުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފަރާތުން ވެދެއްވާ އެހީ ވެސް މަހުލޫފު ވަނީ ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.
"މިއީ [ބިލިއާޑްގެ] އަޅުގަނޑުމެންގެ ފުރަތަމަ މުބާރާތަށް ވެފައި އަޅުގަނޑަށް ޔަގީން އަދިވެސް އިތުރަށް މުބާރާތް ފުރިހަމަ ކުރުމުގެ ގޮތުން ކުރިމަގުގައި ބައިވަރު މަސައްކަތްތަކެއް ކުރެވިދާނެކަން. އަޅުގަނޑު ދެކޭގޮތުގައި މިއީ ދިގު ރާސްތާއެއްގެ ފުރަތަމަ ފިޔަވަޅު،" މަހުލޫފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ ހުރިހާ އެންމެން [ބައިނަލްއަގުވާމީ އެތުލީޓުން] އަންނަ އަހަރުވެސް ރާއްޖޭގެ މުބާރާތުން ފެންނާނެ ކަމަށް. އުއްމީދަކީ މި މުބާރާތަށް ވުރެ ފުރިހަމަ ކުރެވޭނެ ކަމަށް. އަޅުގަނޑު ޔަގީން ކުރަނީ ދުނިޔޭގެ ފެޑެރޭޝަނުން ވެސް ރާއްޖޭގައި އިތުރު މުބާރާތްތައް ބޭއްވުމުގެ ޝައުގުވެރިކަން ފާޅު ކޮށްފައި ވާނެކަމަށް."
މުބާރާތް ހުޅުއްވައި ދެއްވި މިނިސްޓަރު ޝާހިދު ވިދާޅުވީ، ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި އިންތިޒާމް ކުރުމުގެ ވަސީލަތްތައް ހުރެ، އެކަން އިންތިޒާމް ކުރުމުގެ ގާބިލްކަން ހުރި ޒުވާނުންތަކެއް ރާއްޖޭގައި ތިބުމަކީ ލިބޭ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.
ބިލިއާޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ނާސިފް ވިދާޅުވީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅުންތެރިންގެ ގޮޑެތި އުންމީދުތަކެއް ހަގީގަތަކަށް ވުން ކަން ފާހަގަ ކުރައްވައިފަ އެވެ.
"9 ބޯލް" އެސޯސިއޭޝަން ކަޕް ހޯދީ އަހްސަން
ދުނިޔޭގެ ހަތަރުވަނަ ހިއްސާވެ އީގަލްސްއަށް ބިލިއާޑް ތަށި
ދީނާ، އާދު އަދި ނަފީލް ގައުމީ ޗެމްޕިއަންކަން ހޯދައިފި
ގައުމީ ބިލިއާޑް މުބާރާތުގެ ފައިނަލްގައި ދިލް އާއި ދީނާ
ބިލިއާޑް 9 ބޯލް ޗެމްޕިއަނުންނަކީ އަހުސަނާއި ފާތީ
މޯލްޑިވްސް އޯޕަންގެ ޗެމްޕިއަންކަން ކޯ ޕިން ޗަން އަށް
ފުރުސަތުގެ ބޭނުން ހިފައި ޝާޒް ހޯދީ ހިތްވަރާއި އުއްމީދު
ނޮކައުޓް ބުރުގެ ޖާގައާއެކު ޝާޒް ތާރީހުގެ ތެރެއަށް
ފަޔާޒް، ޝަރީފް އަދި ޝިހާދަށް ވެސް ތާރީހީ މޮޅެއް
ބިލިއާޑް މުބާރާތަށް ދުނިޔޭގެ ޗެމްޕިއަނުން ރާއްޖެ އަށް