23 އެޕްރީލް 2023
އިއްޔެ މާލޭގައި ފެށި މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕް ބިލިއާޑް މުބާރާތުގައި ރާއްޖޭގެ ހުސެއިން ފަޔާޒް އާއި މުހައްމަދު ޝަރީފް (ކުޑަ ޝަރީ) އަދި އަހުމަދު ޝިހާދު ތާރީހީ މޮޅެއް ހޯދައިފި އެވެ.
އިއްޔެ މާލޭގައި ފެށި މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕް ބިލިއާޑް މުބާރާތުގައި ރާއްޖޭގެ ހުސެއިން ފަޔާޒް އާއި މުހައްމަދު ޝަރީފް (ކުޑަ ޝަރީ) އަދި އަހުމަދު ޝިހާދު ތާރީހީ މޮޅެއް ހޯދައިފި އެވެ.
ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތުގައި ދުނިޔޭގެ މަޝްހޫރު ގިން ކުޅުންތެރިންތަކެއް ވާދަ ކުރެ އެވެ. މުޅި އެކު 64 ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ 16 ކުޅުންތެރިއަކު ވާދަ ކުރެ އެވެ.
މުބާރާތުގައި ވާދަކުރާ ކުޅުންތެރިން 16 ގުރޫޕަކަށް ބަހާލައިފައި ވާއިރު ކޮންމެ ގުރޫޕެއްގައި ވެސް ރާއްޖޭގެ ކުޅުންތެރިއަކު ވާދަ ކުރާނެ އެވެ. ޑަބަލް އެލިިނޭޝަން އުސޫލުން ކުރިއަށް ގެންދާ މުބާރާތުގައި އިއްޔެ ކުޅުނީ ފުރަތަމަ އަށް ގުރޫޕުގެ މެޗުތަކެވެ.
އެގޮތުން ރާއްޖެއަށް ފުރަތަމަ މޮޅެއް ހޯދައިދިނީ ގުރޫޕް ބީގައި ވާދަކުރި ހުސެއިން ފަޔާޒް އެވެ. އޭނާ ވަނީ ކުޅުނު ފުރަތަމަ މެޗުގައި ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީ އާ ވާދަކޮށް 7-6 ފްރާމުން މެޗު ކާމިޔާބު ކޮށްފަ އެވެ.
ފެޗު ފަށައިގެން 5-1 ފްރޭމުން ފަޔާޒް ބޮޑު ލީޑެއްގައި އޮއްވައި ނިކޮލަސް ވަނީ މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ އެއް ފްރޭމް ކުރިއަށް ޖައްސާލައިފަ އެވެ. ނަމަވެސް ނިކޮލަސް އަށް އެންމެ ރަނގަޅަށް ނިންމާ ނުލެވުމުގެ ފައިދާ ނަގައި ފަޔާޒް ވަނީ ފަހު ދެ ފްރޭމް ކާމިޔާބު ކޮށްފަ އެވެ.
ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ފަޔާޒް ވަނީ އިންޑޮނޭޝިއާގެ ބިލީ ރޮބިއަންސިޔާ އާ ވާދަކޮށް 3-7 ފްރޭމުން ބަލިވެފަ އެވެ. މިއާ އެކު ގަދަ 32 ގެ ޕްލޭއޮފް ގައި ފަޔާޒަށް ޖެހުނީ ހޮންކޮންގެ ރޮބީ ޗަޕީޓޯއާ ދެކޮޅަށް ކުޅޭށެވެ. އެ މެޗުން ފަޔާޒް ބަލިވީ 7-4 ފްރޭމުންނެވެ.
ގުރޫޕް އެފް ގައި ހިމެނުނު ޝަރީފް ވަނީ ކުޅުނު ފުރަތަމަ މެޗުން ވިއެޓްނާމްގެ އެންގާޔޭ ހޮންގް ޕޮންގް އަތުން 7-2 ފްރޭމުން ބަލިވެފަ އެވެ. ނަމަވެސް ދެ ވަނަ މެޗުގައި ވަނީ އޮސްޓްރިއާގެ ކްރިސްޓިއަން ނެސިމާ އާ ވާދަކޮށް 7-5 ފްރޭމުން ކާމިޔާބު ކޮށްފަ އެވެ. އެކަމަކު ގަދަ 32 ގެ ޕްލޭއޮފް ގައި ޗައިނީސް ތައިޕޭގެ ޗިއާ ޗެންއާ ވާދަކޮށް ވަނީ 2-7 ފްރޭމުން ބަލިވެފަ އެވެ.
ޝިހާދު ވާދަކުރީ ގުރޫޕް ޖީގަ އެވެ. ފިލިޕީންސްގެ ޔޯހާން ޗުއާ އާ ދެކޮޅަށް ކުޅެ ފުރަތަމަ މެޗުގައި 7-0 ފްރޭމުން ބަލިވި ނަމަވެސް އޭނާ ވަނީ ދެ ވަނަ މެޗުގައި އިރާންގެ ޕޫރިޔާ ކެޝްޓްކަރަން 7-1 ފްރޭމުން ބަލިކޮށްފަ އެވެ. ގަދަ 32 ގެ ޕްލޭއޮފުން ޖާގަ ހޯދަން ޝިހާދު އަނެއްކާ ވެސް ކުޅެން ޖެހުނީ ފިލިޕީންސްގެ ޔޯހާން ޗުއާ އާ ދެކޮޅަށެވެ. އެ މެޗުން ޝިހާދު ބަލިވީ 7-4 ފްރޭމުންނެވެ.
ފަޔާޒް އާއި ޝަރީފް އަދި ޝިހާދުގެ އިތުރުން ރާއްޖޭގެ ފަސް ކުޅުންތެރިން އިއްޔެ ކުޅެފައިވެ އެވެ. އެއީ ގުރޫޕް އޭ ގައި ވާދަކުރި ހަސަން ޝަފްރާޒް އާއި ގުރޫޕް ސީ ގައި ހިމެނުނު އައްބާސް ސައީދާއި ގުރޫޕް ޑީ ގައި ހިމެނުނު ހަސަން އުސްވަތުﷲ އާއި ގުރޫޕް އީ ގައި ވާދަކުރި ޝަޒީން އަބްދުއްސަމަދުގެ އިތުރުން ގުރޫޕް އެޗް ގައި ހިމެނުނު މުހައްމަދު ޝާހިލް އެވެ.
ޝަފްރާޒް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ވިއެޓްނާމްގެ ގުޔެން އާން ޓުއަން އަތުން 2-7 ފްރޭމުން ބަލިވެފަ އެވެ. އަދި ދެ ވަނަ މެޗުގައި ބަލިވީ ޕޮލަންޑްގެ ވިކްޓާ ޒީލެންސްކީ އަތުން 1-7 ފްރާމުންނެވެ.
އައްބާސް ކުޅުނު ފުރަތަމަ މެޗުގައި ވިއެޓްނާމްގެ ޑޫ ކުޔެން އަތުން 5-7 ފްރޭމުން ބަލިވިއިރު، ދެ ވަނަ މެޗުގައި ވަނީ 7-1 ފްރޭމުން ފިލިޕީންސްގެ ޖޯން ވިންސެންޓް އަތުން ބަލިވެފަ އެވެ.
އުސްވަތުﷲ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޗައިނީޒް ތައިޕޭގެ ކޯ ޕިން ހާން އާ ވާދަކޮށް 7-3 ފްރޭމުން ބަލިވެފަ އެވެ. އަދި ދެ ވަނަ މެޗުގައި މެލޭޝިއާގެ ޓޭން ޑޭން ޖީ އަތުން ބަލިވީ 7-4 ފްރޭމުންނެވެ.
ޝަޒީން ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަންގެ މޯރިޒް ނޯހައުސެން އަތުން ބަލިވިއިރު ދެ ވަނަ މެޗުގައި ވިއެޓްނާމްގެ ގުޔެން ވެން ޑަން އަތުން ވެސް ބަލިވީ އެންމެ ފްރޭމެއް ވެސް ނުލިބި އެވެ.
ޝާހިލް ކުޅުނު ފުރަތަމަ މެޗުން ވިއެޓްނާމްގެ ހޯން ކުއަން އަތުން ބަލިވިއިރު ދެ ވަނަ މެޗުގައި ބަލިވީ އިރާނުގެ މުހައްމަދު އަލީ ޕޯޑެލް އަތުންނެވެ. ދެ މެޗުން ވެސް އޭނާ ބަލިވީ 7-3 ފްރޭމުންނެވެ.
"9 ބޯލް" އެސޯސިއޭޝަން ކަޕް ހޯދީ އަހްސަން
ދުނިޔޭގެ ހަތަރުވަނަ ހިއްސާވެ އީގަލްސްއަށް ބިލިއާޑް ތަށި
ދީނާ، އާދު އަދި ނަފީލް ގައުމީ ޗެމްޕިއަންކަން ހޯދައިފި
ގައުމީ ބިލިއާޑް މުބާރާތުގެ ފައިނަލްގައި ދިލް އާއި ދީނާ
ބިލިއާޑް 9 ބޯލް ޗެމްޕިއަނުންނަކީ އަހުސަނާއި ފާތީ
މޯލްޑިވްސް އޯޕަންގެ ޗެމްޕިއަންކަން ކޯ ޕިން ޗަން އަށް
ފުރުސަތުގެ ބޭނުން ހިފައި ޝާޒް ހޯދީ ހިތްވަރާއި އުއްމީދު
ނޮކައުޓް ބުރުގެ ޖާގައާއެކު ޝާޒް ތާރީހުގެ ތެރެއަށް
މިއީ ދިގު ރާސްތާއެއްގެ ފުރަތަމަ ފިޔަވަޅު: މަހުލޫފު
ބިލިއާޑް މުބާރާތަށް ދުނިޔޭގެ ޗެމްޕިއަނުން ރާއްޖެ އަށް