Roadha Mihaaru
އަންނަ ސީޒަން މެސީއާ އެކު ކުޅެން ބޭނުން: ލެވަންޑޯސްކީ

އަންނަ ސީޒަން މެސީއާ އެކު ކުޅެން ބޭނުން: ލެވަންޑޯސްކީ

12 އެޕްރީލް 2023

ބާސެލޯނާ (އޭޕްރީލް 12) - އަންނަ ސީޒަން ގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއެކު ބާސެލޯނާގެ ޖޯޒީގައި ކުޅެން ބޭނުންވާކަމަށް، ބާސެލޯނާގެ ފޯވާޑް ރޮބާޓް ވެވަންޑޯސްކީ ބުނެފި އެވެ.

ބާސެލޯނާ (އޭޕްރީލް 12) - އަންނަ ސީޒަން ގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއެކު ބާސެލޯނާގެ ޖޯޒީގައި ކުޅެން ބޭނުންވާކަމަށް، ބާސެލޯނާގެ ފޯވާޑް ރޮބާޓް ވެވަންޑޯސްކީ ބުނެފި އެވެ.

އުރުމުރުން 35 އަހަރު ވެފައިވާ މެސީ 2021 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލީ، ކްލަބަށް ދިމާވެފައިވާ މާލީ ހާލަތާ ހުރެ އޭނާގެ ކޮންޓްރެކްޓް ކްލަބަށް އާނުކުރެވިގެންނެވެ. މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނައިރު އެ ކްލަބާ އެކު އޮތް ކޮންޓްރެކްޓް މި އަހަރުގެ ޖޫން މަހު ހަމަވާނެ އެވެ.

ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ދެކޭގޮތުގައި މެސީ ގެނައުމަކީ ކްލަބުން ހެދި ބޮޑު ގޯހެކެވެ. އަދި މި ފަހުން މެޗުތަކުގައި މެސީ އަށް ވަނީ ޕީއެސްޖީގެ ސަޕޯޓަރުންގެ ފުރައްސާރައާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. ނަމަވެސް ބާސެލޯނާއިން އަންނަނީ މެސީ އަލުން އަނބުރާ އެކްލަބަށް ގެންނަން ފާޅުގައި މަސައްކަތް ކުރަމުންނެވެ.

"މެސީ ނިސްބަތްވަީ ބާސެލޯނާ އަށް، އޭނާ އެނބުރި އަތުވެއްޖެ ނަމަ އެއީ ވަރަށް ހާއްސަ ކަމަކަށް ވާނެ،" ލެވަންޑޯސްކީ ބުންޏެވެ.

"އަހަރެމެން އެންމެންނަށް އެނގޭ އޭނާގެ ތަނަކީ ބާސެލޯނާ ކަން. ވާނެ ގޮތެއް ބުނަން އަހަރެންނަކަށް ނޭނގޭ، އެކަމަކު އަންނަ ސީޒަނުގައި އެކުގައި ކުޅެން އަހަރެން ވަރަށް ބޮޑަށް އުންމީދު ކުރަން."

މެސީ އަކީ ބާސެލޯނާގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އަދި އޭނާއަކީ ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔަ ކަމަށް ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ.

އުމުރުން 13 އަހަރުގައި ބާސެލޯނާގެ ލަ މާސިއާ އާ ގުޅި، ތަމްރީނު ވެގެން އެޓީމަށް ކުޅެން ފެށި މެސީ ވަނީ ބާސެލޯނާ އަށް ކުޅެދިން 778 މެޗުން 672 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ޕީއެސްޖީ އަށް ބަދަލުވީ ބާސެލޯނާ އާއެކު 35 ޓްރޮފީ އުފުލާލައިފަ އެވެ.

ބާސެލޯނާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެ ކްލަބްގެ ސަޕޯޓަރުން ވަނީ މެޗުގެ 10 ވަނަ މިނިޓުގައި މެސީގެ ނަން ސްޓޭޑިއަމްގައި ގުގުމާލައި، އޭނާއަށް އޮތް ލޯބި ދައްކާލައިފަ އެވެ.