ފްލޮރިޑާ (ޖުލައި 31) – ރެއާލް މެޑްރިޑަށް މިދިޔަ މަހު ރަސްމީކޮށް ސޮއިކުރި ކިލިޔަން އެމްބާޕޭއަކީ، އޭނާ ކަހަލަ ފޯވާޑެއް ނޫންކަމަށް ވާދަވެރި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.
31 ޖުލައި 2024
ފްލޮރިޑާ (ޖުލައި 31) – ރެއާލް މެޑްރިޑަށް މިދިޔަ މަހު ރަސްމީކޮށް ސޮއިކުރި ކިލިޔަން އެމްބާޕޭއަކީ، އޭނާ ކަހަލަ ފޯވާޑެއް ނޫންކަމަށް ވާދަވެރި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.
ރެއާލާއި ބާސާ ވެސް މިވަގުތު ޕްރީ ސީޒަންގެ ޓްއާ ކުރިއަށް ގެންދަނީ އެމެރިކާގަ އެވެ. ފްލޮރިޑާގައި ހުންނަ ބާސާގެ ކޭމްޕްގައި ހުރެ މީޑިއާއާ ވާހަކަ ދައްކަމުން ސެންޓަ ސްޓައިކަރަކަށް ކުޅޭ ލެވަންޑޯސްކީ ބުނީ އޭނާ އާއި އެމްބާޕޭއާ ތަފާތުތަކެއް އެބަހުރި ކަމަށެވެ.
"އަހަންނަށް ޔަގީނެއް ނޫން އެމްބާޕޭއަކީ އަހަރެން ކަހަލަ ފޯވާޑެއް ކަމާ މެދު. އޭނާ ކުޅެނީ ތަފާތު މަގާމަކަށް. އަދި އޭނާ ކުޅެނީ ތަފާތު ސްޓައިލަކަށް،" ލެވަންޑޯސްކީ ބުންޏެވެ.
ލެވަންޑޯސްކީ އާންމުގޮތެއްގައި ކުޅެނީ ނަންބަރު ނައިން ނުވަތަ މައި ސްޓައިކަރުގެ ރޯލެވެ. އެކަމަކު އެމްބާޕޭ، ވިންގް ފޯވާޑެއްގެ ގޮތުގައި ވެސް ގިނަ މެޗުތަކުގައި ކުޅެ އެވެ.
މި އަންނަ ސީޒަނުގައި އެމްބާޕޭ އާއި ލެވަންޑޯސްކީގެ ވާދަވެރިކަން ލަލީގާއިން ފެނުމުގެ ފުރުސަތު ބޮޑެވެ.
ކުރިން ބެޔާން މިޔުނިކަށް ވެސް ކުޅުނު ލެވަންޑޯސްކީ ބުނީ އެމްބާޕޭ ރެއާލަށް ބަދަލުވުމަކީ ބާސާގެ ކުޅުންތެރިންނަށް ވެސް އިތުރަށް މަސައްކަތް ކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.
މިދިޔަ ސީޒަނުގައި ބާސާއިން ނިންމާލީ ހުސް އަތާ އެވެ. ޕޮލެންޑްގެ ކެޕްޓަން ބުނީ މިދިޔަ ސީޒަނުގައި އޭނާ އަށް ވެސް ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށެވެ.
"އެއް އަހަރު ތައްޓެއް ނުލިބުނީމަ އެއީ ދެން އަންނަ އަހަރަށް ތައްޔާރުވާން ވެސް ލިބޭ ފުރުސަތެއް. އަހަރެމެންނަށް އޮތީ ވަރަށް ޕޮޒިޓިވް ފުރުސަތެއް. މެޑްރިޑާ ކުޅެން ޖެހުމަކީ އަބަދުވެސް ލިބޭ ހިތްވަރެއް،"
މިދިޔަ ސީޒަނުގައި ރެއާލުން ވަނީ ލަލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.
ހަރަދުގައި ރެއާލް، ބާސާއަށް ވުރެ އެތުލެޓިކޯ ކުރީގައި
އެމްބާޕޭގެ ކުޅުން މިހާރު މާބޮޑަށް ތަފާތު: ޒަބީ
އެމްބާޕޭގެ މުސާރައަށް ވުރެ ބޮޑު އަދަދެއް ވިނީ ބޭނުންވޭ
ރެއާލްގެ 10 ނަންބަރު ޖޯޒީ ހޯދުމުގެ ރޭސް ވާދަވެރި
އެމްބާޕޭ ހޮސްޕިޓަލުން ދޫކޮށްލައިފި
ރެއާލް މޮޅުވުމުން ބާސާގެ އިންތިޒާރު ދިގުވެއްޖެ
ރެއާލް ބަލިކޮށް ބާސާ ޗެމްޕިއަންކަމާ ގާތަށް
އިންޓަ މެޗަށް ލެވަންޑޮސްކީ ފިޓްވެއްޖެ
ރެއާލް ބަލިކޮށް ބާސާ ސްޕެނިޝް ކަޕް ހޯދައިފި
ލެވަންޑޯސްކީއަށް އަނިޔާވެ މުހިއްމު ތިން ހަފްތާ ގެއްލެނީ