09 އެޕްރީލް 2023
މެޑްރިޑް (އޭޕްރީލް 9) - ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅުމުގެ ކުރިން ރެއާލް މެޑްރިޑް ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބަލި ވެއްޖެ އެވެ.
މެޑްރިޑް (އޭޕްރީލް 9) - ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅުމުގެ ކުރިން ރެއާލް މެޑްރިޑް ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބަލި ވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ކުއާޓާގެ ފުރަތަމަ ލެގުގައި ރެއާލް، ޗެލްސީއާ ދެކޮޅަށް ކުޅޭނީ ވެސް ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމްގަ އެވެ.
ރޭގެ މެޗުގައި ރެއާލް ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 16 ވަނަ މިނިޓުގައި މާކޯ އަސެންސިއޯ ހުރަސްކޮށްލި ބޯޅަ ގޯލަށް ވަނީ ވިޔަރެއާލްގެ ޕައު ޓޮރޭޒް ފައިގައި ޖެހިފައި ބައިކޮޅަށެވެ. އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެމިއުލް ޗުކުވޭޒޭ ވިޔަރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
ދެ ވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ވިނީޝިއުސް ޖޫނިއާ ރެއާލަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނެވެ. އެއަށް ފަހު ވިނީޝިއަސް އަށް ލީޑު ފުޅާ ކުރަން ލިބުނު ދެ ފުރުސަތުގައި ވެސް ބޭނުން ނުކުރެވި ވަނިކޮށް ވިޔަރެއާލުން ދެވަނަ ފަހަރަށް އެއްވަރު ކުރީ 70 ވަނަ މިނިޓުގައިހޯޒޭ ލުއިސް މޮރާލެސް ޖެހި ގޯލަކުންނެވެ. އަދި 10 މިނިޓު ފަހުން މޮޅުވި ލަނޑު ޖަހައިދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޗުކުވޭޒޭ އެވެ.
ރެއާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ޗެލްސީ ވެސް ވަނީ ލީގުގައި ރޭ ވުލްވްސް އަތުން ބަލިވެފަ އެވެ.
މި ނަތީޖާއާ އެކު ރެއާލް، ސްޕެނިޝް ލީގުގެ ދެވަނައިގައި އޮތީ 28 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. އަދި އެއް މެޗު މަދުން ކުޅެގެން 12 ޕޮއިންޓްގެ ލީޑެއްގައި އެއްވަނައިގައި އޮތް ބާސެލޯނާ އަށް މިވަނީ، ލީޑު 15 ޕޮއިންޓަށް ފުޅާ ކުރުމުގެ ފުރުސަތު ލިބިފަ އެވެ.
މި މެޗަށް ނުކުތުމުގެ ކުރިން ރެއާލް ވަނީ ސްޕެނިޝް ކަޕް ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ބާސެލޯނާއާ ވާދަކޮށް ފަސޭހަ ކަމާއެކު މޮޅު ވެފަ އެވެ.
ބާސެލޯނާ ލީގުގައި ކުޅޭ 28 ވަނަ މެޗުގައި މާދަމާ ރޭ ގިރޯނާއާ ދެކޮޅަށް ނުކުންނާނެ އެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ލީގުގައި ބާކީ އޮތް 10 މެޗުގައި ވެސް އެޓީމުން ފަސް އެނބުރި ނުބަލައި މަސައްކަތް ކުރާނީ ހުރިހާ މެޗަކުން ވެސް ތިން ޕޮއިންޓް ހޯދަން ކަމަށެވެ.
ރޭގެ މެޗުގައި ބަލިވި މައިގަނޑު ސަބަބަކީ ޓީމެއްގެ ގޮތުގައި ނުކުޅެމުން ކަމަށް ވެސް އަންޗެލޮޓީ ފާހަގަ ކުރި އެވެ. އަދި ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި މި ނަތީޖާއިން ޓީމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭނާ ބުނެ އެވެ.
"ޗެމްޕިއަންސް ލީގުގައި ކުރިއަށް އޮތް މެޗަށް ބަލާނަމަ، މި ނަތީޖާއިން އެ މެޗަށް އެއްވެސް އަސަރެއް ނުކުރާނެ. އެ މެޗު ތަފާތު ވާނެ. ފަހަރުގައި ކޭމްޕް ނޫ [ބާސެލޯނާއާ ދެކޮޅަށް ސްޕެނިޝް ކަޕް ސެމީ ފައިނަލް ދެވަނަ ލެގުގައި] ނެރުނު ފުރަތަމަ 11 ވެސް ބޭނުން ކޮށްފާނެ،" އަންޗެލޮޓީ ބުންޏެވެ.
"މިއަދު އަހަރެން ވަރަށް ގިނަ ކުޅުންތެރިން ރޮޓޭޓް ކުރިން. އެއީ ބާސެލޯނާ މެޗަށް ފަހު ކުޅުންތެރިން ތިބީ މެންޓަލީ އަދި ފިޒިކަލީ ވެސް ވަރުބަލި ވެފައި."
ރެއާލަށް މިސީޒަންގައި ރަނގަޅަކަށް ނުކުޅެވޭ: އަންޗެލޮޓީ
ލަނޑު ނުޖެހުމުގެ ބޮޑު ބުރައިން އެމްބާޕޭ މިންޖުވެއްޖެ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
އެމްބާޕޭއަށް ނުވުމުން އެންޑްރިކް ނުކުމެ ލަނޑު ޖަހައިފި
ލަލީގާގައި އެންމެ މޮޅީ ރެއާލްގެ ބެލިންހަމް
ރެއާލް ބަލިނުވެ 28 މެޗު، ޑޯޓްމެންޑަށް ނާކާމިޔާބު
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ރައީސްކަމުން އަހަރެން ބޭރުކުރަން ރެއާލުން މަސައްކަތްކުރޭ