08 އެޕްރީލް 2023
މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ އާސަންދަ ބަޖެޓުގެ 60 ޕަސެންޓު ހޭދަކޮށްފި އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ އާސަންދަ ބަޖެޓުގެ 60 ޕަސެންޓު ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އާސަންދައަށް 600 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި ވަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައިގެ ހަރަދަށް ހޭދަކޮށްފައިވަނީ 345 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އާސަންދައިގެ ޖުމްލަ ހަރަދަށް ކަނޑައެޅި 730 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް އަހަރު ނިމުނު އިރު ބަޖެޓުން ވަނީ 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް އާސަންދަ އާއި އެހެން ސަބްސިޑީތަކަށް ކުރާ ހޭދަ ކުޑަ ކުރުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފަ އެވެ. ސަރުކަރުން އާސަންދަ އާއި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވާ އިރު އަދި މިހާތަނަށް އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ސަބްސިޑީ ކުޑަ ކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ވޭތުވެދިޔަ 10 އަހަރުގައި އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އެކަމާ ގުޅިގެން މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިވަނީ 2017 ވަނަ އަހަރު އެކަންޏެވެ. އެ އަހަރު ސަބްސިޑީ އާއި ސަރުކާރުގެ އެނޫން ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅު އެޅި ނަމަވެސް، އޭގެ ފަހުން ވޭތުވެދިޔަ އެއްވެސް އަހަރަކު ސަބްސިޑީ ކުޑަ ކުރުމަށް ބަޖެޓުގެ ތެރެއިން ފިޔަވަޅުތަކެއް އަޅާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ވޭތުވެދިޔަ ހަތަރު އަހަރު ވެސް ސަރުކާރުގެ ހަރަދު އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 11 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހޭދައަށް ވުރެ 1.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
އިސްރާފު ކުޑަކުރަން މޭ މަހުން ފެށިގެން ފިޔަވަޅު އަޅަނީ
ބޭނުންވާ މީހާއަށް ސަބްސިޑީ ދިނުން އަވަސްކުރަން ޖެހޭ
ހާލަތަށް ބަލައިގެން ސަބްސިޑީ ދޭގޮތަށް ބަދަލު ކުރަނީ
ދޮޅު މަހުން ސަބްސިޑީއަށް 1.5 ބިލިއަން ރުފިޔާ!
ސަބްސިޑީ ފައިސާގެ ބޮޑު ބައި ހޭދަކޮށްފި
ސަބްސިޑީއަށް ކުރާ ހޭދަ 56 ޕަސެންޓް އިތުރުވެއްޖެ
އާސަންދަގެ ބަޖެޓަށް ވުރެ ދެ ގުނަ އިތުރަށް ޚަރަދުކޮށްފި