31 އޮކްޓޯބަރ 2023
އަންނަ އަހަރު ސަބްސިޑީ ދޭ އުސޫލު ބަދަލުކޮށް، ވަކިވަކި ފަރުދުންގެ ހާލަތަށް ބަލައިގެން ސަބްސިޑީ ދިނުމަށް 600 މިލިއަން ރުފިޔާ ހަމަޖައްސައިފި އެވެ.
އަންނަ އަހަރު ސަބްސިޑީ ދޭ އުސޫލު ބަދަލުކޮށް، ވަކިވަކި ފަރުދުންގެ ހާލަތަށް ބަލައިގެން ސަބްސިޑީ ދިނުމަށް 600 މިލިއަން ރުފިޔާ ހަމަޖައްސައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކަރަންޓާއި ތެލާއި ކާޑާއި ނަރުދަމާގެ ހިދުމަތްތަކަށް ދޭ ސަބްސިޑީ ބަދަލުކޮށް، ޑައިރެކްޓް ޓްރާންސްފާ ނިޒާމަކަށް ބަދަލު ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. އެއާ އެކު ސަބްސިޑީއަށް ކުރާ ހޭދައިން 2.5 ބިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ބަޖެޓުގައިވެ އެވެ.
އަންނަ އަހަރު ގެންނަ ބަދަލުތަކާ އެކު، ސަބްސިޑީގެ ހަރަދު ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި ކުޑަ ކުރެވޭނެ އެވެ. އަދި ސަރުކާރުން ވަނީ އިންޑައިރެކްޓް ސަބްސިޑީތައް އެއްކޮށް ހުއްޓާލުމަށް އަމާޒު ހިފައިފަ އެވެ. އެގޮތުން 2025 ވަނަ އަހަރު އިންޑައިރެކްޓްކޮށް ދޭނީ މަސްވެރިންނަށް ދޭ ސަބްސިޑީ އެވެ.
ސްޓެލްކޯ ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ކިއޫ ހަދައިގެން -- ފައިލް ފޮޓޯ : މިހާރު
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ވަކި ވަކި ފަރުދުންނަށް ސީދާ ސަބްސިޑީ ދޭ ގޮތް ހެދުމުން ރާއްޖޭގެ 50 ޕަސެންޓު ގޭބީސީތަކަށް ސަބްސިޑީ ލިބޭނެ ކަމަށެވެ. ސަބްސިޑީ ނުދޭނީ ވިޔަފާރިތަކާއި ބިދޭސީންނާއި ރިސޯޓުތަކަށެވެ.
"އެހާ ބޮޑު ސަބްސިޑީ ދެމުން އަންނަ އެއްޗެއް ކުއްލިއަކަށް މާކެޓު އަގަށް ބަދަލުވީމަ އަންނާނެ ޕަވަޓީ [ފާގީރުކަން]. އެއީ ހުރިހާ ހައުސްހޯލްޑަކަށް ފަސޭހަވާނެ ކަމެއް ނޫން. އެހެންވީމަ ޓާގެޓް ބޭސް އިންކަމް ސެޓްކޮށްފައިވާނީ ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް އާބާދީއަކަށް،" އޭނާ ވިދާޅުވި އެވެ.
- ފިއުލް ސަބްސިޑީ
- ކަރަންޓް ސަބްސިޑީ
- ނަރުދަމާ ސަބްސިޑީ
- ކާޑު ސަބްސިޑީ
"އެހާ ބޮޑު ސަބްސިޑީ ދެމުން އަންނަ އެއްޗެއް ކުއްލިއަކަށް މާކެޓު އަގަށް ބަދަލުވީމަ އަންނާނެ ޕަވަޓީ [ފާގީރުކަން]. އެއީ ހުރިހާ ހައުސްހޯލްޑަކަށް ފަސޭހަވާނެ ކަމެއް ނޫން. އެހެންވީމަ ޓާގެޓް ބޭސް އިންކަމް ސެޓްކޮށްފައިވާނީ ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް އާބާދީއަކަށް،" އޭނާ ވިދާޅުވި އެވެ.
އެ ސަބްސިޑީ ދޭނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށެވެ. އެކަން ކުރާނީ އެންސްޕާ މެދުވެރިކޮށެވެ. ސަރުވަޝް ވިދާޅުވީ ޑައިރެކްޓް ސަބްސިޑީ ދޭން ފެށުމުން ގޭބީސީތަކުގެ ހަރަދުތަކުން އެކަން ފެންނާނެ ކަމަށެވެ. އެހެންވެ، މިއީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް މިހާރު ސަބްސިޑީ ދޭ އުސޫލުގެ ތެރެއިން އިހުސާސް ނުކުރެވުނަސް، އެ ލުއިތައް ނިޒާމަކަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަބްސިޑީ ދޭނީ އެގޭބީސީއެއްގައި އުޅޭ ބޮލަކަށް ޖެހޭ މިންވަރަކުންނެވެ. ސަރުވަޝް ވިދާޅުވީ ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އާމްދަނީ ލިބޭ 35 ޕަސެންޓަށް މި ސަބްސިޑީތަކެއް ނުލިބޭނެ ކަމަށެވެ.
"ބިދޭސީންނަކަށް ވެސް ނުލިބޭނެ. ޓޫރިސްޓުންނަކަށް ވެސް ނުލިބޭނެ. އެއާ އެކު އަގުތަކަށް ބަދަލު އަންނާނެ. އިންފްލެޝަނަށް ބަދަލު އަންނާނެ. އެކަމަކު މިއީ ވަން އޮފް [އެއް ފަހަރު] އަންނާނެ ބަދަލެއް. މި ދައުލަތަށް ޖުމްލަ ގޮތެއްގައި އެންމެ ފައިދާވާނެ ގޮތް. ކޮންމެ ވަގުތަކު މި ބަދަލު ގެނައި ނަމަވެސް މި އިންފްލެޝަން އަންނާނެ،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރު އިންފްލެޝަން ހުންނާނެ ކަމަށް ކަނޑައަޅާފައިވަނީ 3.9 ޕަސެންޓުގަ އެވެ. އިންފްލެޝަން މަތިވާ އެންމެ މައިގަނޑު ސަބަބަކީ ދައުލަތުގެ ސަބްސިޑީތައް ޓާގެޓް ކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަބްސިޑީއަށް މި ބަދަލުތައް ގެނައުމެވެ. މި ބަދަލުތައް ސަބްސިޑީއަށް ނުގެނެސް، އިގްތިސާދު ކުރިއަށް ނުގެންދެވޭނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.
"މިސާލަކަށް އިތުރު ކްރައިސިސްއެއް ރާއްޖޭގެ އިކޮނޮމީއަށް އައިސްފިއްޔާ އެ ހާލަތެއް ބެއާ އެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
އާ މިނިސްޓްރީތަކުގެ ބަޖެޓު ފޮނުވޭނީ އަންނަ ހޯމަ ދުވަހު
ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ރިވިއުކުރަނީ
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
އާ ސަރުކާރުގެ 458 ޕްރޮޖެކްޓެއް ބަޖެޓުގައި ހިމަނައިފި
އަންނަ އަހަރަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ