31 އޮކްޓޯބަރ 2023
އާ ސަރުކާރުން ހުށަހެޅި 458 ޕްރޮޖެކްޓެއް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.
އާ ސަރުކާރުން ހުށަހެޅި 458 ޕްރޮޖެކްޓެއް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި 2024 ވަނަ އަހަރުގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުން އާ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ 144 ޕްރޮޖެކްޓަކީ މިހާރު ވެސް ހިންގަމުން އަންނަ މަސައްކަތްތަކަށް ވާތީ، ބަޖެޓުގައި މުޅިން އަލަށް ފަށަން ހުށަހަޅާފައިވަނީ އާ ސަރުކާރުގެ 314 ޕްރޮޖެކްޓެވެ.
އާ ސަރުކާރުން ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ މަގު ހެދުމާއި އެއާޕޯޓު އެޅުމާއި ބިން ހިއްކުމާއި ސިއްހީ މަރުކަޒުތަކާއި ސްކޫލުތަކުގެ މަސައްކަތްތަކުގެ އިތުރުން މިސްކިތް އިމާރާތް ކުރުން ފަދަ މަޝްރޫއުތަކެވެ.
އާ ސަރުކާރުން ހިންގަން ރޭވި އެންމެ ބޮޑު ޕްރޮޖެކްޓަކީ ފުށިދިއްގަރުފަޅު ހިއްކުމެވެ. އެ ޕްރޮޖެކްޓަށް ވަނީ 400 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފަ އެވެ. ބަޖެޓުގައި މި އަދަދު ކަނޑައެޅި ނަމަވެސް އެ ފައިސާ ހޯދާނެ ގޮތެއް އަދި ކަނޑައެއް ނާޅަ އެވެ.
ބަޖެޓު އޮތްގޮތުން އެ މަޝްރޫއުއަށް ބޭނުންވާ ހޯދާނެ ކަމަށް ބެލެވެނީ ލޯނެއް ނަގައިގެންނެވެ.
ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައިގެން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ވަނީ 8.6 ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައެޅީ އެއާޕޯޓު އެޅުމަށާއި ދަތުރުފަތުރުގެ ނިޒާމަށެވެ. އެއާޕޯޓު ފަދަ ޕްރޮޖެކްޓްތަކަށް 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުތަކަށް ވަނީ 1.6 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
އާ މިނިސްޓްރީތަކުގެ ބަޖެޓު ފޮނުވޭނީ އަންނަ ހޯމަ ދުވަހު
ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ރިވިއުކުރަނީ
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ހާލަތަށް ބަލައިގެން ސަބްސިޑީ ދޭގޮތަށް ބަދަލު ކުރަނީ
އަންނަ އަހަރަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ