31 އޮކްޓޯބަރ 2023
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާ ކަނޑައަޅައިދިނުމަށް ފިނޭންސް މިނިސްޓްރީޏް މަޖިލީހަށް ފޮނުވައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާ ކަނޑައަޅައިދިނުމަށް ފިނޭންސް މިނިސްޓްރީޏް މަޖިލީހަށް ފޮނުވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބަޖެޓު މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ކަނޑައެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓާ އަޅާބަލާ އިރު 200 މިލިއަން ރުފިޔާ އިތުރު އަދަދެކެެވެ.
ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމުން މި އަހަރުގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދު 47 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ. އަދި ދައުލަތުގެ އާމްދަނީ 32 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެ އެވެ.
މި އަހަރުގެ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައި ވަނީ އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓު 50 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެކުލަވައިލަން ކަނޑައަޅައިފަ އެވެ.
އަންނަ އަހަރުގެ ބަޖެޓު އަދަދު ފިނޭންސް މިނިސްޓްރީން ހާމަކުރި ނަމަވެސް، ބަޖެޓުގެ ތަފްސީލު އެނގޭނީ، ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހެޅުމުންނެވެ. ފިސްކަލް ސްޓްރެޓެޖީގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް 13 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އެއީ މި އަހަރުގެ ޑެފިސިޓަށް ވުރެ ދެ ބިލިއަން ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓު ޑެފިސިޓް 15 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އަންނަ އަހަރު ދަރަނި އަނބުރާ ދެއްްކުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
މަޖިލީހުން މިއަދު އޮތީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފަ އެވެ. ނަމަވެސް ބަންޑާރަ ނައިބުގެ ލަފާފުޅާ އެކު، ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހެޅުމަށް މަޖިލީހަށް ވަޑައެއް ނުގަންނަވަ އެވެ. މަޖިލީސް ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު 1 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަން ޖެހެ އެވެ.
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
އާ މިނިސްޓްރީތަކުގެ ބަޖެޓު ފޮނުވޭނީ އަންނަ ހޯމަ ދުވަހު
ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ރިވިއުކުރަނީ
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
ހާލަތަށް ބަލައިގެން ސަބްސިޑީ ދޭގޮތަށް ބަދަލު ކުރަނީ
އާ ސަރުކާރުގެ 458 ޕްރޮޖެކްޓެއް ބަޖެޓުގައި ހިމަނައިފި
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ