އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ކުރާ މީހުން ހަޅުތާލު ހުއްޓާލުމަށް ފަހު، މިހާރު އަލުން މަސައްކަތް ފަށާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
02 އެޕްރީލް 2023
އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ކުރާ މީހުން ހަޅުތާލު ހުއްޓާލުމަށް ފަހު، މިހާރު އަލުން މަސައްކަތް ފަށާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ މަޝްރޫއެއް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރެއްގެ މުވައްޒަފުންގެ ޝަކުވާތަކުގެ ސަބަބުން މިދިޔަ މަހު 25 އިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސައްކަތް މެދުކަނޑާލާފައި އޮތް ކަމަށެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު އެ މުވައްޒަފުން އަލުން މަސައްކަތަށް ނުކުންނަން ފަށާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އެކަން އައުމާއެކު، މުވައްޒަފުންނާއި ކޮންޓްރެކްޓަރާ ދެމެދު ހުރި މައްސަލަތައް އަވަހަށް ހައްލުކުރުމަށް ކޮންޓްރެކްޓަރަށް ބާރުއެޅި ކަމަށް ވެސް ބުންޏެވެ.
"ކޮންޓްރެކްޓަރު މައުލޫމާތު ދީފައި ވަނީ މިހާރު ހުރިހާ ކަމެއް ހައްލު ކުރެވިފައިވާ ކަމަށާއި މުވައްޒަފުން އެދިފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ކަންކަން ހަމަޖައްސައިދިނުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. މި ކޯޕަރޭޝަނުން ދަނީ މިކަން ވަރަށް ގާތުން ބަލަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެއްބަސްވުންތަކުގެ ދަށުން ކޮންޓްރެކްޓަރުންނަށް އެ ކޯޕަރޭޝަނުން ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަމުން އަންނަ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން މަޝްރޫއު ހިންގުމަށްޓަކައި އެ ކޯޕަރޭޝަނުން ފުރިހަމަ ކުރަން ޖެހޭ ކަންނަ ކުރިއަށް ގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޖޭއެމްސީން ހަދަމުން އަންނަނީ މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހަދަން ޖެހޭ ފްލެޓްތަކެވެ.
ޖޭއެމްސީގެ 2،000 އެއްހާ މުވައްޒަފުން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރީ ކާން ދޭ އެއްޗެހީގެ ސާފުތާހިރުކަން ކުޑަވެ، ކުނިވެފައި ހުންނަ އެއްޗެހި ކާން ދޭ މައްސަލާގަ އެވެ. އަދި ސިއްހީ ފަރުވާ ނުލިބުމާއި އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވާ މައްސަލާގަ އެވެ.
އިންޑިއާގެ އެހީގައި ހެދި 4،000 ފްލެޓް ހަވާލުކޮށްފި
588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓްތަކުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަން ފަށަނީ
ފްލެޓްތައް ހަވާލުކުރަން ޑިޕޮސިޓް ދައްކަން ހުޅުވާލައިފި
ހާހަކަށް ވުރެ ގިނަ މީހުންނާ އެކު ފްލެޓު ސޮއިކޮށްފި
ލަގްޒަރީ ރެޒިޑެންޝަލް "ބްލޫ ލެގޫން" އިފުތިތާހުކޮށްފި
76 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ހަމަޖައްސައިދެނީ
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓައެއްނުލާ
އުނިކުރި ކަމަށް ބުނަނީ އެއްބަސްވުމުގައި ނެތް ކަންކަން