Roadha Mihaaru
ދުނިޔެއާ ދިމާލަށް ގިނިހިލައެއް، ފޯރާނީ 2046 ގައި

ދުނިޔެއާ ދިމާލަށް ގިނިހިލައެއް، ފޯރާނީ 2046 ގައި

12 މާޗް 2023

އަލަށް ފެނުނު ގިނިހިލައެއް ދުނިޔެއާ ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށާއި 2046 ވަނަ އަހަރު ދުނިޔެއަށް އެ ފޯރާނެ ކަމަށް ބެލެވޭ ކަމަށް ނާސާއިން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އަލަށް ފެނުނު ގިނިހިލައެއް ދުނިޔެއާ ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށާއި 2046 ވަނަ އަހަރު ދުނިޔެއަށް އެ ފޯރާނެ ކަމަށް ބެލެވޭ ކަމަށް ނާސާއިން ބުނެފި އެވެ.

ނާސާ "އެސްޓްރޮއިޑް ވޮޗް" އިން ކުރި ޓްވީޓެއްގައި ބުނީ، "2023 ޑީޑަބްލިއު" ގެ ނަންދީފައިވާ އެ ހިލަ މިހާރު އަންނަނީ ޓްރެކު ކުރަމުން ކަމަށާއި އޭގެ އަސަރު ދުނިޔެއަށް ކުރިއަސް ކުރާނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ނާސާގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެ ހިލަ ދުނިޔެއާ ހަމައަށް ފޯރާނީ 2046 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ހިލަ ދުނިޔެއާ އެންމެ ގާތަށް އަންނާނީ ގާތްގަނޑަކަށް 1.1 މިލިއަން މޭލުގެ ދުރުމިނަކަށެވެ.

އެއީ އޮލިމްޕިކް ސްވިމިން ޕޫލެއްގެ ބޮޑުމިނުގެ ހިލައެއް ކަމަށް ވެސް އެ އޭޖެންސީން އަންދާޒާކޮށްފައިވެ އެވެ.

ނާސާއާ ހަވާލާދީ ބީބީސީން ބުނީ، އެ ހިލަ ދުނިޔޭގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ. އެއީ ނާސާގެ، ޖައްވީ އެއްވެސް އެއްޗެއް ދުނިޔޭގައި ޖެހުމުގެ ބިރު އޮތް ލިސްޓުގެ، 0-10 ރޭޓު ސްކޭލުން އެކެއްގެ ރޭޓު ދީފައިވާ ހަމައެކަނި ހިލަ އެވެ. އެ ސްކޭލުގައި އެކެއްގެ ރޭޓަކީ އާންމުން ބިރުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ނާސާއިން ބުނެ އެވެ.

ނާސާއިން ބުނީ އަލަށް ފެންނަ އެފަދަ ހިލަތަކުގެ އަސްލު މައުލޫމާތު ދެނެގަތުމަށް އަދި ވަރަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

ނާސާ އިން "2023 ޑީޑަބްލިއު" ހިލަ މޮނިޓަ ކުރަމުން ގެންދާނެ ކަމަށާއި، އާ މައުލޫމާތު ލިބޭވަރަކަށް އާންމުންނާ ހިއްސާކުރާނެ ކަމަށް އެ އޭޖެންސީން ވަނީ ބުނެފަ އެވެ.