Roadha Mihaaru
ފަރަށް އެރި ބޯޓު 3 މިލިއަނުން ޖޫރިމަނާ ކޮށްފި

ތިލަފުށި ފަރަށް އެރި ބޯޓު ތިން މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

06 މާޗް 2023

ކ. އަތޮޅު ތިލަފުށީގެ ކުޑަގިރި ފަރަށް ބޯޓެއް އެރުމާ ގުޅިގެން، ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށް ފަހު އެ އުޅަނދުގެ ވެރިފަރާތް ތިން މިލިއަނަށް ވުރެ ބޮޑު އަދަދަކުން އީޕީއޭ އިން ޖޫރިމަނާކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކ. އަތޮޅު ތިލަފުށީގެ ކުޑަގިރި ފަރަށް ބޯޓެއް އެރުމާ ގުޅިގެން، ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށް ފަހު އެ އުޅަނދުގެ ވެރިފަރާތް ތިން މިލިއަނަށް ވުރެ ބޮޑު އަދަދަކުން އީޕީއޭ އިން ޖޫރިމަނާކޮށްފި އެވެ.

"އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ" ނަމަކަށް ކިޔާ ބޯޓު ފަރަށް އެރީ މިދިޔަ ޖެނުއަރީ 31 ގަ އެވެ.

އީޕީއޭ އިން މިއަދު ބުނީ، އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަން ބޯޓުގެ ވެރިފަރާތުން ހިއްސާ ކޮށްފައިވާ ސާވޭ ރިޕޯޓުން ވެސް ފާހަގަވާ ކަމަށެވެ.

އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 3,098,710.00ރ އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރީ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ އިދާރާ އިން ވަނީ އަންގައިފަ އެވެ.

މީގެ ކުރިން ވެސް ބޯޓުފަހަރު ފަރަށް އަރައި ގެއްލުންވެ އެތައް މިލިއަނަކުން ޖޫރިމަނާ ކޮށްފައިވެ އެވެ. އެކަމަކު، އެ ފައިސާ ނުލިބުމުގެ މައްސަލަތައް ވަރަށް ގިނަ އެވެ.