ވިލީ ޕޮލިސްގެ ހިދުމަތްތައް ރަނގަޅުކުރުމަށް އަމީނީމަގުގައި ފުލުހުންގެ އާ ސްޓޭޝަނެއް ހުޅުވައިފި އެވެ.
02 މާޗް 2023
ވިލީ ޕޮލިސްގެ ހިދުމަތްތައް ރަނގަޅުކުރުމަށް އަމީނީމަގުގައި ފުލުހުންގެ އާ ސްޓޭޝަނެއް ހުޅުވައިފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް މިއަދު ވިދާޅުވީ ގަލޮޅާއި މައްޗަންގޮޅިއަށް ހާއްސަކޮށް، ސިނަމާލޭ ފްލެޓުގައި ވިލީ ޕޮލިސް ހިންގީ ސާފުތާހިރުކަމުގެ ގޮތުން ބަލާއިރު އުޅެން އެކަށީގެންވާ ތަނެއްގައި ނޫން ކަމަށެވެ. އެ ތަނުގެ ފެނުގެ މައްސަލަ ބޮޑު ކަމަށާއި އިމާރާތް ވެސް ވަރަށް ބޮޑަށް ބާ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އާ ޕޮލިސް ސްޓޭޝަން ހަދާފައިވަނީ އަމީނީ މަގުގައި ކުރިން އެންސްޕާ ހިންގި އިމާރާތުގަ އެވެ. އެ ތަނުގައި މަސައްކަތް ކުރަން ފެށިއަސް އަދި ރަސްމީކޮށް ނުއެއް ނުހުޅުވަ އެވެ.
ސީޕީ ވިދާޅުވީ އާ ޕޮލިސް ސްޓޭޝަނެއް އަޅާނެ ބިމެއް ނެތުމުން އާ ތަނެއް ހޯދުމުގެ މަސައްކަތް ކުރާތާ ތިން އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް، އެ ތަން ބޭނުންކުރަން ފެށިއަސް ކުރީގެ ތަން ދޫކޮށް ނުލާނެ އެވެ.
އަމީނީ މަގުގައި ހެދި ޕޮލިސް ސްޓޭޝަން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ރައްޔިތުން މައްސަލަ ހުށަހަޅަން، ޕަބްލިކް އެކްސެސް ވެވޭ ގޮތަށް ފުލް ފްލެޖް ޕޮލިސް ސްޓޭޝަނެއްގެ ގޮތުގައި އެ ތަން ފަންކްޝަން ކުރާނީ. އެކަމަކު، ސިނަމާލޭގައި ހުރި ތަނުގައި ވެސް ސެޓަޕެއް އޮންނާނެ." އޭނާ ވިދާޅުވި އެވެ.
ސިނަމާލެ އިމާރާތް ބޭނުންކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށާއި އެކަމަކު ހިދުމަތްތަކަށް ޒިންމާވާނެ ބަޔަކު އެ ތަނުގައި ތިބޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
"އެ އިމާރާތުގައި އަވަށްޓެރި ފުލުހުންގެ ތަނެއްތޯ ނުވަތަ ކްރިޓިކަލް އިންފްރަސްޓްރަކްޗާ ސެކިއުރިޓީ ޑިޕާޓްމަންޓްތޯ ނޫނީ ސްޕެޝަލް ކޮންސްޓަބްލް ވެސް އެބަ ގެންގުޅޭ. ކޮންމެ ވެސް ބަޔަކު އެ ތަނުގައި ތިބެގެން ހިދުމަތް ދޭނެ." އޭނާ ވިދާޅުވި އެވެ.
ފުލުހުން އަންނަނީ ހެންވޭރުގައި ވެސް އާ ޕޮލިސް ސްޓޭޝަނެއް ހުޅުވަން ތައްޔާރުވަމުންނެވެ.
ޕޮލިސް ސްޓޭޝަންތަކެއް އަޅަން ސޮއިކޮށްފި
ޕޮލިސް ސްޓޭޝަން ހިންގާ އިމާރާތް ހުސްކުރަން އަންގައިފި
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ
ޕްރޮމޯޝަންގެ މައްސަލާގައި ޕީޖީގެ ލަފާ ހޯދޭނެ: ހަމީދު
ނުރައްކާތެރި ކުށްވެރިއަކު މިފަހުން ވެސް ދޫކުރި: ހަމީދު
ޕޮލިސް ސްޓޭޝަންތަކަށް ވީ ގޮތެއް ބަލަން އޮޑިޓް ކުރަނީ
ކުށްވެރިން ދޫކޮށްލުން އާދައަކަށް ހަދައިފި: ހަމީދު
ނޮވެމްބަރު 11 ގައި ސީޕީ ހަމީދު ރިޓަޔާކުރައްވަނީ
ސްޓިކާއިން ފުލުހުން ބަދުނާމުވާތީ ސީޕީގެ ކަންބޮޑުވުން
ވިއްސިވިހާލި ވެފައިވާ ނިޒާމެއް: ފުލުހުންނަށް ވާނެތަ؟