02 މާޗް 2023
ޓީ-ޖެޓީ އާއި ނޯތު ހާބަރުން ދޭ ހިދުމަތްތަކުގެ އަގަށް ގެނައި ބަދަލާއެކު، ހިދުމަތް ދިނުމުގައި ލަސްވަމުން ދާތީ އެ ބަދަލަށް އަމަލުކުރުން ފަސްކުރަން އެމްޕީއެލުން މިއަދު ނިންމައިފި އެވެ.
ޓީ-ޖެޓީ އާއި ނޯތު ހާބަރުން ދޭ ހިދުމަތްތަކުގެ އަގަށް ގެނައި ބަދަލާއެކު، ހިދުމަތް ދިނުމުގައި ލަސްވަމުން ދާތީ އެ ބަދަލަށް އަމަލުކުރުން ފަސްކުރަން އެމްޕީއެލުން މިއަދު ނިންމައިފި އެވެ.
އެ ބަނދަރު ބަލަހައްޓާ އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނީ، ޓީޖެޓީގެ ބައެއް ޓެރިފްތަކަށް އިއްޔެ އިން ފެށިގެން ބަދަލު ގެނައުމަށް ކުރިން ނިންމާފައި ވިޔަސް، އެ ބަދަލާ ގުޅިގެން ހިދުމަތްތައް ލަސްނުވާނެ ފަދަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން، އާ ޓެރިފަށް އަމަލުކުރުން މިއަދުން ފެށިގެން މަޑުޖައްސާލާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން އެ ބަނދަރުން އަގު ނަގާނީ ކުރިން ވެސް އަމަލުކުރަމުން އައި އުސޫލުގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލުން ވަނީ ޓީޖެޓީ އާއި ނޯތު ހާބަރުގެ ޓެރިފް އަށް ބަދަލު ގެނެސްފަ އެވެ. ޓީޖެޓީ އަށް ވަންނަ ވެހިކަލްތަކުން ކުރިން ދުވާލަކަށް ނަގަނީ 10ރ. އެވެ. އެކަމަކު އިއްޔެ އިން ފެށިގެން ނިންމީ، ބަނދަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރަކަށް 5ރ. ނަގާށެވެ.
އެ ބަދަލު ގެނައުމާ ގުޅިގެން އިއްޔެ ވަނީ ޓީޖެޓީ އަށް ވަރަށް ބާރު ބޮޑުވެފަ އެވެ. މުދާ ބަރުކޮށްގެން އެތަނަށް ދިޔަ ގިނަ ވެހިކަލްތަކަށް އެތެރެއަށް ނުވަދެވި، ބޭރު މަގުގައި ޓްރެފިކް ތޮއްޖެހުނެވެ.
ރޯދަ މުދަލާ އެކު ޓީޖެޓީއަށް ބާރު ބޮޑުވެ މަގު ބަންދު
ދެ ހާބަރުގެ ހިދުމަތްތަކަށް ފައިސާދެއްކުން އޮންލައިންކޮށް
ޓީޖެޓީގެ މައްސަލަ ހައްލުކޮށްފިން: ޝާހިދު
ފެރީތަކުން އަނެއްކާ ވެސް 10ރ. ނަގަން ފަށަނީ
ޓީޖެޓީއަށް އަގު ކަނޑައެޅީ އާމްދަނީ ބަލާފައި: މުއިއްޒު
ޓީޖެޓީގެ އާމްދަނީގެ ބައެއް ސިޓީ ކައުންސިލަށް
އެމްޕީއެލުން ސިޓީ ކައުންސިލާ ޓީޖެޓީ ހަވާލެއް ނުކުރި
މާލެ ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވާން ހިނގައްޖެ
ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް: އެމްޕީއެލް
ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުނުކުރަން ނިންމައިފި