މާލޭގެ ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް މާލޭ ސިޓީ ކައުންސިލަށް ދޭން ރައީސް އޮފީހުން އެމްޕީއެލަށް އިއްޔެ އަންގައިފި އެވެ.
27 ޖެނުއަރީ 2022
މާލޭގެ ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް މާލޭ ސިޓީ ކައުންސިލަށް ދޭން ރައީސް އޮފީހުން އެމްޕީއެލަށް އިއްޔެ އަންގައިފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް ސިޓީ ކައުންސިލަށް ދޭން އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށާއި އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މި ސިޓީއާ ގުޅިޅެން ކުރަން ޖެހޭ ކަންކަން ކުރުމަށް ސިޓީ ކައުންސިލާ ބައްދަލުކުރަން މިހާރު ވާނީ އެދިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އޮފީހުން މިގޮތަށް ނިންމި ނަމަވެސް، އެ އޮފީހުން ކުރިން ވަނީ ޓީޖެޓީ ކައުންސިލާ ހަވާލުކުރަން ދެކޮޅު ހަދައިފަ އެވެ. އެ އޮފީހުން އެމްޕީއެލް އަށް އަންގާފައި ވަނީ ރެވެނިއު ޝެއަރިން މޮޑިއުލް އަކަށް ދިއުމަށް ކައުންސިލާ އެކު މަޝްވަރާ ކުރުމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު، އިކޮނޮމިކް ކައުންސިލަށް ފައިނަލް ޕްރޮޕޯސަލްއެއް ހުށަހެޅުމަށެވެ.
ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވާން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން އެތަނަށް ގޮސް.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ ޓީޖެޓީ އާއި ނޯތު ހާބަރު ސިޓީ ކައުންސިލާ ހަވާލުކުރަން އެ ކުންފުނިން ދެކޮޅު ހަދައިފައި ވާތީ، އެ ތަންތަން އަތުލަން ކޯޓަށް ދާނެ ކަމަށް ބުނެ، ސިޓީ ކައުންސިލުން މިދިޔަ މަހު ވަނީ އިންޒާރު ދީފަ އެވެ. އެ ކައުންސިލުން ބުނީ ޓީޖެޓީ ބެލެހެއްޓުމަށް ސަރުކާރުން އެމްޕީއެލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން މިހާރު ތިން އަހަރު ވެއްޖެ ކަމަށެވެ.
އެކަމަކު، އެމްޕީއެލުން ބުނީ އެ އެއްބަސްވުން ހެދީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
ޓީޖެޓީ ހުސްކޮށް، އެ ތަން ސިޓީ ކައުންސިލާ ހަވާލުކުރަން 90 ދުވަހުގެ ނޯޓިހެއް ވެސް ދިނެވެ. އެ މުއްދަތު ހަމަވެ، އިތުރު ހަފުތާއެއް ވެސް ދިނުމަށް ފަހު، އެތަން ހަވާލުނުކުރުމުން ސިޓީ ކައުންސިލުން ޓީޖެޓީއާ އަމިއްލަ އަށް ހަވާލުމަށް ދިޔަ އެވެ. އެކަމަކު، އެމްޕީއެލްގެ އިސްވެރިން ކައުންސިލާ ބައްދަލުކުރަން އެ ފަހަރު ދެކޮޅު ހެދީ އެވެ.
"މާލޭ ރައްޔިތުންގެ ދެ ބިމެއް، މާލޭ ރައްޔިތުންނަށް އެންމެ ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް ކުންފުންޏަކުން ހިންގާ ހިންގުމަކީ އަޅުގަނޑުމެން ބަލައި ގަންނާނެ ކަމަށް ނުވި،" ސިޓީ ކައުންސިލުން ކުރިން ބުނެފައިވެ އެވެ.
ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު ކަމަށް މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެންނެވެ.
ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުނުކުރަން ނިންމައިފި
ޓީޖެޓީއަށް އަގު ކަނޑައެޅީ އާމްދަނީ ބަލާފައި: މުއިއްޒު
އެމްޕީއެލުން ސިޓީ ކައުންސިލާ ޓީޖެޓީ ހަވާލެއް ނުކުރި
މާލެ ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވާން ހިނގައްޖެ
ޓީޖެޓީގެ މައްސަލަ ހައްލުކޮށްފިން: ޝާހިދު
މާލޭގެ މީހުންނަށް ގޯތި ދޭނީ ހިލޭ: ރައީސް އޮފީސް
ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް: އެމްޕީއެލް
ސިޓީ ކައުންސިލުން ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވަނީ
ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ: ރައީސް
ރައީސް މާލެ ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގަންނަވަނީ