11 އޯގަސްޓް 2022
މާލޭގެ ޓީޖެޓީ ސަރަހައްދުގައި ބަނދަރުކުރާ ރަށްރަށުގެ ފެރީތަކުން އަނެއްކާ ވެސް މީޓަރަކަށް 10ރ. ނަގަން ފަށަން އެމްޕީއެލުން ނިންމައިފި އެވެ.
މާލޭގެ ޓީޖެޓީ ސަރަހައްދުގައި ބަނދަރުކުރާ ރަށްރަށުގެ ފެރީތަކުން އަނެއްކާ ވެސް މީޓަރަކަށް 10ރ. ނަގަން ފަށަން އެމްޕީއެލުން ނިންމައިފި އެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން އެ ބަނދަރަށް ކައިރިކުރާ އުޅަނދުތަކަށް ދީފައިވާ ލުއިތައް އުވައިލަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މަހު އެކަކުން ފެށިގެން އެ ލުއިތައް އުވާލާނެ ކަމަށް ބުންޏެވެ.
ކޮވިޑާ ގުޅިގެން ދިން ލުޔެއްގެ ގޮތުގައި އެ ބަނދަރަށް ކައިރިކުރާ ފެރީތަކުން މިހާތަނަށް ނަގަމުން އައީ މީޓަރަކަށް 1ރ. އެވެ. އެކަމަކު، އަންނަ މަހުން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް، އުޅަނދުގެ ބޮޑުމިނަށް ބަލައި މީޓަރަކަށް ނަގާނީ 10ރ. ކަމަށް ބުންޏެވެ.
އެމްޕީއެލުން ބުނިގޮތުގައި އެ ބަދަލު ގެންނަން ނިންމީ ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އުވާލައި އާންމު ހާލަތަކަށް ބަދަލުވެފައި ވާތީ އެވެ.
ޓީޖެޓީ އަކީ، ރަށްރަށަށް ބޭނުންވާ އަސާސީ މުދާ ބަލާ މާލެ އަންނަ އުޅަނދުފަހަރާއި ފެރީތައް އާންމުކޮށް ބަނދަރުކުރާ ސަރަހައްދެވެ.
ޓީޖެޓީގެ އާ އަގުތައް ނެގުން މަޑުޖައްސާލައިފި
ރޯދަ މުދަލާ އެކު ޓީޖެޓީއަށް ބާރު ބޮޑުވެ މަގު ބަންދު
ދެ ހާބަރުގެ ހިދުމަތްތަކަށް ފައިސާދެއްކުން އޮންލައިންކޮށް
ޓީޖެޓީގެ މައްސަލަ ހައްލުކޮށްފިން: ޝާހިދު
ޓީޖެޓީއަށް އަގު ކަނޑައެޅީ އާމްދަނީ ބަލާފައި: މުއިއްޒު
ޓީޖެޓީގެ އާމްދަނީގެ ބައެއް ސިޓީ ކައުންސިލަށް
އެމްޕީއެލުން ސިޓީ ކައުންސިލާ ޓީޖެޓީ ހަވާލެއް ނުކުރި
މާލެ ސިޓީ ކައުންސިލުން ޓީޖެޓީއާ ހަވާލުވާން ހިނގައްޖެ
ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް: އެމްޕީއެލް
ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުނުކުރަން ނިންމައިފި