Roadha Mihaaru

ކުރީގެ ރަނގަޅު ހާލަތަށް އާސެނަލް އަތުވެއްޖެ: އާޓެޓާ

ލެސްޓާ (ފެބްރުއަރީ 26) - ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އަތުން 1-0 އިން ރޭ ހޯދި މޮޅާއެކު ވިދިވިދިގެން ދެ މެޗުން މޮޅުވެވި ކުރީގެ ރަނގަޅު ހާލަތަށް އާސެނަލް އަތުވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ބުނެފި އެވެ.

ކުރިން އެސްޓާން ވިލާ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް އާސެނަލް މޮޅުވި އެވެ. ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފު ފެށިގޮތަށް ގެބްރިއަލް މާޓިނެލީ ވަނީ އާސަނެލް އަށް ލީޑު ނަގައި ދީފަ އެވެ. މެޗުން މޮޅުވެ އާސެނަލް ވަނީ އެއް ވަނައިގައި ދެ ޕޮއިންޓްގެ ޅީޑް ދަމަހައްޓައިފަ އެވެ.

މެޗަށް ފަހު އާޓެޓާ ބުނީ ވިދިވިދިގެން ދެ މެޗުން މޮޅުވުމާއެކު ކުޅުންތެރިންނަށް އިތުބާރު ބޮޑުވެއްޖެ ކަމަށެވެ.

"އަހަންނަށް ކުރިން ވެސް ކުޅުންތެރިންނާ މެދު އިތުބާރު އޮތް. އެންމެ ފަހުގެ ދެ މެޗު އަދި ހާއްސަކޮށް މިއަދުގެ މެޗުގައި އަހަރެމެން ވަރަށް ރަނގަޅަށް އެކަން ކޮށްފިން،" އާޓެޓާ ބުންޏެވެ.

އާސެނަލް އަށް ލަނޑު ޖަހައިދިން މާޓިުނެލީ: ފުރަތަމަ 11 ގައި ކުޅެން އޭނާ ނުކުތީ މެދުކެނޑުމަކަށް ފަހު --- ފޮޓޯ: އޭއެފްޕީ

އާސެނަލް އަށް ލަނޑު ޖަހައިދިން މާޓިުނެލީ: ފުރަތަމަ 11 ގައި ކުޅެން އޭނާ ނުކުތީ މެދުކެނޑުމަކަށް ފަހު --- ފޮޓޯ: އޭއެފްޕީ

މިއީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ބައިކޮޅަށް ގޯލެއް ނުވަދެ އާސެނަލް އިން ފުރިހަމަ ކުރި ފުރަތަމަ މެޗެވެ. އޭނާ ބުނީ ހިލޭޖެހުންތަކާއި ޕެނަލްޓީން ވަންނަ ގޯލާއި ހެދޭ ގޯސްތަކުން ބައިކޮޅަށް ގޯލް ވަނުމަކީ ފުޓްބޯޅައިގެ ބައެއް ކަމަށެވެ.

"އެކަމަކު އަހަރެން ވެސް ގަބޫލުކުރަން މެޗުތަކުން މޮޅުވުމުގެ ރޭސް އެއްގޮތެއްގައި ދެމެހެއްޓުމަށް އިދިކޮޅު ޓީމަށް އެފަދަ ފުރުސަތުތައް ނުދިނުމަކީ މުހިންމު ކަމެއް،" އާޓެޓާ ބުންޏެވެ.

މާޓެނެލީ އަށް ފުރަތަމަ 11 އިން ފުރުސަތު ދިނީ އެންމެ ފަހުން އެސްޓަން ވިލާ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބެންޗަށް ބަދަލު ކުރުމަށް ފަހު އެވެ. އާޓެޓާ ބުނީ ބައެއް ފަހަރު ހަމަ ނޭވާއެއް ލާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

"އޭރުން އެނބުރި އަންނައިރު އާ ހިތްވަރަކާ އެކު އެނބުރި އަންނާނެ،" މާޓިނެލީ އަށް އަލުން ފުރަތަމަ 11 އިން ޖާގަ ދޭން ނިންމި ނިންމުމަށް އިޝާރާތްކޮށް އާޓެޓާ ބުންޏެވެ.