Roadha Mihaaru
މޮޅުވިޔަސް ފުރަތަމަ ހާފު ދިޔައީ ކުންޏަށް: ޓެން ހަގް

މެޗުން މޮޅުވިޔަސް ފުރަތަމަ ހާފު ދިޔައީ ކުންޏަށް: ޓެން ހަގް

20 ފެބުރުއަރީ 2023

މެންޗެސްޓާ (ފެބްރުއަރީ 20) - ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 3-0 އިން މެންޗެސްޓާ ޔުނައިޓެޑާ މޮޅުވިޔަސް ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ކުޅުން ދަށް ކަމުން އެ ހާފް ދިޔައީ ކުންޏަށް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހަގް ސިފަކޮށްފި އެވެ.

މާކޯސް ރަޝްފޯޑް ދެ ލަނޑާ އެކު ހޯދި 3-0 ގެ މޮޅާ އެކު ޔުނައިޓެޑް މިހާރު ވަނީ، ވާދަވެރި މެންޗެސްޓާ ސިޓީ އާ ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އަދި އެއް ވަނައިގައި އޮތް އާސެނަލް އާ ފަސް ޕޮއިންޓަށް ކައިރިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރުނޯޯ ފެނާންޑޭޒް ތަނަވަސްކޮށް ދިން ފުރުސަތުގައި ރަޝްފާޑް ލަނޑު ޖެހީ 25 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފުގައި ލީޑް ނެގުނަސް އެ ހާފުގައި ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ޓެން ހަގް ބުންޏެވެ. އޭނާ ބުނީ އެ ހާފުގައި ޔުނައިޓެޑް ސަލާމަތްކޮށް ދިނީ ކީޕަރު ޑޭވިޑް ޑެހެއާ ކަމަށެވެ.

ޔުނައިޓެޑް އަށް ދެ ލަނޑު ޖަހައި ދިން ރަޝްފާޑް އުފާފާޅު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

ޔުނައިޓެޑް އަށް ދެ ލަނޑު ޖަހައި ދިން ރަޝްފާޑް އުފާފާޅު ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

"އަހަރެމެންގެ ކުޅުމާ މެދު އެއްގޮތަކަށް ވެސް ހިތްހަމަ ނުޖެހޭ. އަހަރެމެންގެ ކުޅުމުގެ އުސޫލުތައް ހިފަހައްޓަން ޖެހޭ. އަހަރެމެން އެކަން ނުކުރަންޏާ ދަނޑުމަތީގައި ފެންނާނީ ހަމަޔަކަށް ނޭޅިގެން އުޅޭތަން،" މެޗަށް ފަހު ވާހަކަ ދައްކަމުން ޓެން ހަގް ބުންޏެވެ.

"ލެސްޓާ ކަހަލަ ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅޭ އިރު އެ މީހުނަށް ފުރުސަތުތައް ލިބޭނެ. ޑޭވިޑް ޑެހެއާގެ ސަބަބުން އަހަރެމެން މި ސަލާމަތްވީ. ފުރަތަމަ ހާފު ނިމުނު އިރު އަހަރެމެން އޮތީ އެއް ގޯލް ލީޑްގައި. އެއީ މޮޅު ލަނޑެއް އެކަމަކު އެ ހާފުގެ އެހެން ކަންކަން ދިޔައީ ކުންޏަށް."

ދެ ވަނަ ލަނޑު ރަޝްފާޑް ޖެހީ 56 ވަނަ މިނެޓްގައި ފްރެޑް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. އޭގެ ފަސް މިނެޓް ފަހުން ޖޯޑަން ސަންޗޯ ވަނީ ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.