Roadha Mihaaru

އަލިފުށީ އެއާޕޯޓް، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައި

25 ފެބުރުއަރީ 2023

ރ. އަލިފުށީ ބަނދަރުމަތީގައި ހުރި އުނދޯޏެއްގައި އިން ހުސެއިނުގެ ހިޔާލު ވަރަށް ތަފާތެވެ. އޭނާ ދެކޭ ގޮތުގައި، މި ރަށުގައި އެއާޕޯޓެއް އަޅައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް، މި ރަށަށް ބޭނުންވާ ވަރަށް ގިނަ ޒަރޫރީ ކަންކަން ނުވެ އެބަހުއްޓެވެ. އެ ކަންކަން ވެސް ކޮށްދީފި ނަމަ، އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ.

އިފްރާޒް އަލީ ރ. އަލިފުށިން އިފްރާޒް އަލީ

ރ. އަލިފުށީ ބަނދަރުމަތީގައި ހުރި އުނދޯޏެއްގައި އިން ހުސެއިނުގެ ހިޔާލު ވަރަށް ތަފާތެވެ. އޭނާ ދެކޭ ގޮތުގައި، މި ރަށުގައި އެއާޕޯޓެއް އަޅައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ނަމަވެސް، މި ރަށަށް ބޭނުންވާ ވަރަށް ގިނަ ޒަރޫރީ ކަންކަން ނުވެ އެބަހުއްޓެވެ. އެ ކަންކަން ވެސް ކޮށްދީފި ނަމަ، އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ.

ހިޔާލު ތަފާތުވުންތައް ބޮޑުވި، އަލިފުށީ އެއާޕޯޓްގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެ އެއާޕޯޓަށް ބޭނުންވާ 50 ހެކްޓަރުގެ ބިން، މިހާރު އަންނަނީ ހިއްކަމުންނެވެ. އެއާޕޯޓްގެ މަސައްކަތަށް، ރަށުގެ ދެކުނު ފަރާތުން ބޮޑު ސަރަހައްދެއް ވެސް އޮތީ ބަންދުކޮށްފަ އެވެ.

ބަނދަރުމަތިން ދިމާވި އެހެން މީހަކު ބުނިގޮތުގައި، އެއާޕޯޓް މަޝްރޫއުއާ ދެކޮޅަށް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ ވެސް ރަށަށް ލިބޭ ކުރިއެރުމަކަށް ވާތީ އެވެ. އެކަމަކު، އޭނާ ބުނާ ގޮތުގައި، މި ވަގުތު އަލިފުއްޓަށް އެންމެ ބޭނުންވަނީ ފެންވަރު ރަނގަޅު ހޮސްޕިޓަލެކެވެ.

ރ. އަލިފުށީގައި އެއާޕޯޓް ހެދުމަށް ބިން ހިއްކަން ފަށައިފައި: އެއާޕޯޓްގެ މަސައްކަތް މިހާރު އޮތީ ފަށައިފައި -- ފޮޓޯ: މިހާރު

ރ. އަލިފުށީގައި އެއާޕޯޓް ހެދުމަށް ބިން ހިއްކަން ފަށައިފައި: އެއާޕޯޓްގެ މަސައްކަތް މިހާރު އޮތީ ފަށައިފައި -- ފޮޓޯ: މިހާރު

މި ރަށުން ވާހަކަދެއްކި އެހެން ބައެއް މީހުން ވެސް ބުނީ ހޮސްޕިޓަލެއް ވަރަށް މުހިންމު ކަމަށެވެ.

އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް ހަދަން މި ސަރުކާރުން ވަނީ މިދިޔަ އަހަރު އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

"މުހިންމީ މިތަނުގައި ހޮސްޕިޓަލެއް ހުރުން. އަހަންނަށް ފެންނަ ގޮތުގައި، މި ރަށުގެ އިޖުތިމާއީ، އިގުތިސާދީ ހުރިހާ ގޮތަކަށް ވެސް ހޮސްޕިޓަލެއް ހުރެއްޖެއްޔާ ކުރިއަރައިގެން ދާނެ ކަމަށް މަށަށް ފެންނަނީ،" އެހެން މީހަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެ ރަށަކީ 3،000 ވުރެ ގިނަ މީހުންނާއެކު، އެ އަތޮޅުގައި އޮތް އާބާދީ އެންމެ ބޮޑު އެއް ރަށެވެ. އެކަމަކު ކިރިޔާ ބައްޔެއް ވިޔަސް ޖެހެނީ ހަތަރު ގަޑިއިރު، ދޯނި ފެރީގައި ހޭދަކޮށްގެން އެ އަތޮޅު އުނގޫފާރަށް ދާށެވެ. ރައްޔިތުން ބޭނުންވަނީ އެ ތަކުލީފަށް ލުޔެކެވެ. އަބަދު ރަށުން ބޭރަށް ނުގޮސް، ރަށުގައި ތިބިގެން ވެސް ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ހޮސްޕިޓަލެކެވެ.

ރ. އަލިފުށީގައި އެއާޕޯޓް ހެދުމަށް ބޭނުންކުރާ ސައިޓް: އެއާޕޯޓްގެ މަސައްކަތް މިހާރު އޮތީ ފަށައިފައި -- ފޮޓޯ: މިހާރު

ރ. އަލިފުށީގައި އެއާޕޯޓް ހެދުމަށް ބޭނުންކުރާ ސައިޓް: އެއާޕޯޓްގެ މަސައްކަތް މިހާރު އޮތީ ފަށައިފައި -- ފޮޓޯ: މިހާރު

އަލިފުށީގެ ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހިމް ޒާހިރު ބުނީ މި ރަށުގައި ޒުވާނުންނަށް ލިބޭ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް މަދުވަމުންދާ ކަމަށެވެ. އެހެންވެ، އެއާޕޯޓެއް އޮވެއްޖެ ނަމަ، ޒުވާނުންނަށް އިތުރު ފުރުސަތުތައް ލިބި، ރަށް ކުރިއަށް އަރައިގެން ދިއުމަށް މަގުފަހިވާނެ ކަމަށެވެ. އެއާޕޯޓަކީ އިތުރު ވިޔަފާރިތަކަށް ވެސް ހުޅުވާނެ "ދޮރެއް" ކަމަށެވެ.

އެއާޕޯޓް އެޅުމުން، އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ އިއްތިގިލީގައި ރިސޯޓެއް ހަދާނެ ބަޔަކު ވެސް ލިބިދާނެ ކަމަށް އޭނާ ބުންޏެވެ.

"މުހިންމު ކަމެއް އެ ކުރަނީ. އެއާޕޯޓް އަޅަން ބޭނުންވާ ރައްޔިތެއްގެ ހައިސިއްޔަތުން ބުނާނީ މި ރަށަކީ ވަރަށް ދުރުގައި އޮންނަ ރަށެއް، އާބަދީ ބޮޑު ރަށެއް، ބޮޑު ސިންގާ ފަޅެއް އޮވޭ، ރަށުގެ މަސައްކަތްތައް މިހާރު ދަނީ ތަންކޮޅެއް މަދުވަމުން،" އޭނާ ބުންޏެވެ.

"ތަރައްގީވަމުން އަންނާނީ އެއާޕޯޓެއް އޮތީމަ ކަމަށް ފެންނާތީ. ދެން އެއްތިގިލި، ރިސޯޓަކަށް ހެދުމުގެ މަގުސަދު ވެސް ސަރުކާރަށް ވަރަށް ބޮޑަށް ހުޅުވިގެން ދާނެ އެއާޕޯޓެއް އޮތީމަ. އޭގެ ނަފާ ރައްޔިތުންނަށް ބޮޑަށް ކުރާނީ."

މި ރަށުން ވާހަކަދެއްކި ގިނަ މީހުން އެއްބަސްވި ގޮތުގައި، ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، މި މަޝްރޫއުއަކީ ރައްޔިތުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ.