04 ޖޫން 2023
ރ. އަތޮޅުގެ އެއާޕޯޓް ހަދާނީ ބެރިޔަންފަރުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރ. އަތޮޅުގެ އެއާޕޯޓް ހަދާނީ ބެރިޔަންފަރުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.
އެ އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް ހަދަން ނިންމާފައިވާކަން ކުރިން އިއުލާން ކޮށްފައިވީ ނަމަވެސް އެ މަޝްރޫއު ހިންގަނީ ކޮން ރަށެއްގައި ކަމެއް ސަރުކާރުން މިހާތަނަށް ބުނެފައެއް ނުވެ އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މުޅި ރާއްޖޭގައި ހިންގަން ޖެހޭ މަޝްރޫއުތައް ނުހިންގައި ފަރުނުޖެއްސޭނެ ކަމަށެވެ.
"އެފަދަ ހުރިހާ މަޝްރޫއެއް ސަރުކާރުން މިދަނީ ހިންގަމުން. އެއްގަމާއި ކަނޑާއި ވައިގެ ވިއުގަ އަކުން މުޅި ރާއްޖެ ގަތާލެވިގެން މެނުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ. ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެ ދަނީ ކުރިއަށް،" ރ. އަތޮޅުގެ އެއާޕޯޓް ބެނިޔަންފަރުގައި ހަދަން ނިންމިކަން އިއުލާން ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރ. އަތޮޅު ދެކުނު ބިތުގެ ރަށެއްގައި އެއާޕޯޓެއް ހަދަނީ ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރ. އަތޮޅަށް ތިންވަނަ އެއާޕޯޓެއް ޔަގީންވެއްޖެ
ދެކުނު ބިތުގެ އެއާޕޯޓް އަޅަން އެދުނީ ބެރިޔަންފަރުގައި
ގިނަ މަޝްރޫއުތަކުން މި ހަތަރު ރަށަށް ހިތްހަމަޖެހުން
އެއާޕޯޓުގެ މައްސަލައިގައި ބިގޭ ދޫދެއްވުމެއް ނެތް!
ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވައިފި، އާމްދަނީގެ އާ ދޮރެއް
އަލިފުށީ އެއާޕޯޓް، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައި
އަހަރު ނިމުމުގެ ކުރިން ތުޅާދޫ އެއާޕޯޓު ނިންމޭތޯ ބަލަނީ
އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅައިފި
ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަަޅާނަން:ރައީސް
މަޑުއްވަރީން ބޭނުންވަނީ ފުއްސަރުގައި އެއާޕޯޓު އަޅަން