Roadha Mihaaru
އަލީގެ އާ ހޮލީވުޑް ފިލްމް "ކަންދަހާރް" މެއި މަހު

އަލީ ފަޒަލްގެ އާ ހޮލީވުޑް ފިލްމު "ކަންދަހާރް" އަންނަ މެއި މަހު

22 ފެބުރުއަރީ 2023

ބޮލީވުޑާއި ހޮލީވުޑްގެ މަގްބޫލު ބައެއް ފިލްމުތަކުން މީގެ ކުރިން ފެނިފައިވާ އިންޑިއާގެ އެކްޓަރު، އަލީ ފަޒަލްގެ އާ ފިލްމު، "ކަންދަހާރު" އަންނަ މެއި މަހު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮލީވުޑާއި ހޮލީވުޑްގެ މަގްބޫލު ބައެއް ފިލްމުތަކުން މީގެ ކުރިން ފެނިފައިވާ އިންޑިއާގެ އެކްޓަރު، އަލީ ފަޒަލްގެ އާ ފިލްމު، "ކަންދަހާރު" އަންނަ މެއި މަހު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

ހޮލީވުޑްގެ އެކްޓަރު، ޖެރާޑް ބަޓްލާ ލީޑު ރޯލުން ފެންނަ "ކަންދަހާރު" އަކީ، އެމެރިކާގެ އިންޓެލިޖެންސް އޮފިސަރަކަށް، އަފްގާނިސްތާނުގައި ދިމާވި ކަންކަމުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ރިކް ރޯމަން ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

އެ ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.

މިއީ މިދިޔަ އަހަރު ނިކުތް "ދެތް އޮން ދަ ނައިލް" ފިލްމަށް ފަހު ނިކުންނަ އަލީގެ ފުރަތަމަ ބައިނަލްއަގްވާމީ ރިލީޒެވެ.

"ޑެތް އޮން ދަ ނައިލް" ފިލްމުގައި އަލީ އާއި މަޝްހޫރު އެކްޓްރެސް ގާލް ގަޑޮޓް

"ޑެތް އޮން ދަ ނައިލް" ފިލްމުގައި އަލީ އާއި މަޝްހޫރު އެކްޓްރެސް ގާލް ގަޑޮޓް

"މިއީ އަހަރެން ވަރަށް އިންތިޒާރުކުރާ ފިލްމެއް. އަހަރެން ޔަގީން ކުރަން، މި ފިލްމުގެ އެކްޝަނަކީ މީގެ ކުރިން ނުފެންނަ ސްޓޭޓް-އޮފް-ދަ-އާޓް ލެވެލްގެ އެއްޗެއް ކަމަށް. ރިކް ރޯމަން އޭނާގެ އަމިއްލަ ރެކޯޑް މުގުރާލާނެ،" އަލީ ބުނެފައިވެ އެވެ.

މި ފިލްމުގައި އަލީ ކުޅެނީ ކޮން ރޯލެއް ކަމެއް އަދި ނޭނގެ އެވެ.

"ކަންދަހަރް" ފިލްމުގެ ބައެއް ކާސްޓުންްނާއެކު އަލީ ނަގާފައިވާ ފޮޓޯއެއް

"ކަންދަހަރް" ފިލްމުގެ ބައެއް ކާސްޓުންްނާއެކު އަލީ ނަގާފައިވާ ފޮޓޯއެއް

"ކަންދަހަރް" ފިލްމުގައި، މެއިން ކެރެކްޓާ، ޖެރާޑްގެ ޓޮމް ހެރިސް އަކީ އަފްގާނިސްތާނުގެ ނުރައްކާތެރި ސަރަހައްދެއްގައި ތާށިވެފައިވާ އަންޑަކަވާ ސީއައިއޭ އޮފިސަރެކެވެ. މައިގަނޑުގޮތެއްގައި މި ފިލްމުގައި ފެންނާނީ ޓޮމް އޭނާގެ އަފްގާން ތަރުޖަމާނާއެކު، އެ ސަރަހައްދުން ފިލައިގެން ގޮސް، ކަންދަހަރުގައި ހުންނަ އެކްސްޓްރެކްޝަން ޕޮއިންޓް ނުވަތަ އެމެރިކާ ސިފައިންގެ މީހުން ފުރާ ތަނަށް ދާއިރު ދިމާވާ ހާދިސާތަކެވެ.