Roadha Mihaaru

"ޖޯން ވިކް 4" ޓްރެއިލާ: ތަޅާފޮޅުމާއި މީހުން މެރުން!

19 ފެބުރުއަރީ 2023

ހޮލީވުޑްގެ ބަތަލު، ކިއާނޫ ރީވްސްގެ މަގްބޫލު ސީކުއެލް، "ޖޯން ވިކް" ގެ ހަތަރު ވަނަ ޗެޕްޓާގެ ޓްރެއިލާ ނެރެފާވާއިރު، މި ފަހަރުވެސް ބޮޑު ތަޅާފޮޅުންގަޑަކާ އެކު، ގިނަ ބަޔަކު މަރާ މަންޒަރު ފެނެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހޮލީވުޑްގެ ބަތަލު، ކިއާނޫ ރީވްސްގެ މަގްބޫލު ސީކުއެލް، "ޖޯން ވިކް" ގެ ހަތަރު ވަނަ ޗެޕްޓާގެ ޓްރެއިލާ ނެރެފާވާއިރު، މި ފަހަރުވެސް ބޮޑު ތަޅާފޮޅުންގަޑަކާ އެކު، ގިނަ ބަޔަކު މަރާ މަންޒަރު ފެނެ އެވެ.

އެ ފިލްމުގައި ކިއާނޫ ކުޅޭ ޓައިޓަލް ކެރެކްޓާ ޖޯން ވިކް އަކީ ބޮޑެތި ގޭންގުތަކުގެ ވެރިން ވެސް ބިރުގަންނަ، އަގުދީގެން މީހުން މަރާ "ހިޓްމޭން" އެކެވެ. ފްރަންޗައިސް ފެށުނު އިރު އޭނާ އެކަން ކުރުން ހުއްޓާލާފައި ހުއްޓަސް، ދިމާވި ހާދިސާއެއްގެ ސަބަބުން އަލުން އެކަން ފަށަ އެވެ. އެއީ، އޭނާގެ އަންހެނުން ހަދިޔާކުރި ކުއްތާ މަރާލި ބަދަލު ހިފާށެވެ.

ޖޯން ވިކް (ކިއާނޫ ރީވްސް)؛ އޭނާ އަކީ "ހިޓް މޭން" ނުވަތަ އަގަށް މީހުން މަރައިދޭ މީހެއް

ޖޯން ވިކް (ކިއާނޫ ރީވްސް)؛ އޭނާ އަކީ "ހިޓް މޭން" ނުވަތަ އަގަށް މީހުން މަރައިދޭ މީހެއް

ހަތަރު ވަނަ ފިލްމުގައި ވިކް، ފްރާންސްގެ ޕެރިހަށާއި، ޖަޕާން އަދި ޖަރުމަނުގެ ބާލިން އަށް ދަތުރުކޮށް، ކުށުގެ ދުނިޔޭގައި އެންމެ ބޮޑެތި ގޭންގު ސްޓާރުންނާ ކުރިމަތިލަ އެވެ. އެހެން ދިމާވާ ދުޝްމަނުންގެ ތެރެއިން، ވިކްގެ ކުރީގެ މިތުރުން، ނަމަވެސް، މިހާރު ހަތުރުންނަށް ވެފައި ތިބި މީހުންނާ ވެސް ދިމާވެ އެވެ.

"ޖޯން ވިކް 4" ގެ ފަހުގެ ޓްރެއިލާ އިން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އޭނާ އަށް އާ ކުއްތާއެއް ލިބުމެވެ. ދުޝްމަނުންނާ ކުރިމަތިލާއިރު، އެ ކުއްތާ ވިކް އަށް އެހީވާ މަންޒަރު ފެނެ އެވެ.

"ޖޯން ވިކް" ފްރާންޗައިސްގެ ޕޯސްޓަރު ފޮޓޯ އެއް

"ޖޯން ވިކް" ފްރާންޗައިސްގެ ޕޯސްޓަރު ފޮޓޯ އެއް

ފިލްމުގެ ޑައިރެކްޓަރު ޗެޑް ސްޓާހެލްކީ ބުނި ގޮތުގައި، މިއީ މިހާތަނަށް ނިކުންނަށް، 'ޖޯން ވިކް' ގެ އެންމެ ދިގު ފިލްމެވެ. މި ބައިގާ 'ޖޯން ވިކް' ފްރަންޗައިސްގެ ފޯކަލް ޕޮއިންޓް އަދި ވިކް މެން ފަދަ "ހިޓްމޭން" އިން ގެ ރެފިއުޖީ ސަރަހައްދެގެ ގޮތުގައި ބޭނުން ކުރާ "ކޮންޓިނެންޓަލް ހޮޓެލް" ގެ ފަހަތުގައި ވާ 'މިތޮލޮޖީ' ވެސް ކިޔައިދޭނެ ކަމަށް އޭނާ ބުންޏެވެ.

"ޖޯން ވިކް" ފްރާންޗައިޒް ފުޅާކުރުމުގެ ގޮތުން މިހާރު އަންނަނީ، ކިއާނޫއާ އެކު އަނާ ޑެ އާމަސް ފީޗާ ކުރާ، ފިލްމުގެ ސްޕިން އޮފް "ބެލަރީނާ" ގެ މަސައްކަތް ކުރަމުންނެވެ. އަދި ކުރިމަގުގައި، 'ޖޯން ވިކް' ގެ ޕްރިކުއެލް ސީރީޒް، "ދަ ކޮންޓިނެންޓަލް" މި އަހަރު ތެރޭގައި ނިކުންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.