Roadha Mihaaru
ފާސްޓް އެންޑް ފިއުރިއަސްގެ 10 ވަނަ ބައި މެއި މަހު

"ފާސްޓް އެންޑް ފިއުރިއަސް" ގެ 10 ވަނަ ބައިގެ ޓްރެއިލާ ދައްކާލައިފި؛ ވިލަން އަކީ ޖޭސަން މޮމޯއާ

11 ފެބުރުއަރީ 2023

މަޝްހޫރު އެކްޝަން ސީކުއެލް، "ފާސްޓް އެންޑް ފިއުރިއަސް" ގެ ދިހަވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަޝްހޫރު އެކްޝަން ސީކުއެލް، "ފާސްޓް އެންޑް ފިއުރިއަސް" ގެ ދިހަވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ފާސްޓް އެކްސް" ގެ ނަންދީފައިވާ މި ފިލްމުގައި ޑީސީ ސިނަމެޓިކް ޔުނިވާސްގެ ޖަސްޓިސް ލީގުގެ ހީރޯއެއްގެ ރޯލުން ފެނުނު ޖޭސަން މޮމޯއާ އަދިމާވެލް ސިނަމެޓިކް ޔުނިވާސްގެ ހީރޯ ބްރީ ލާސަން މެއިން ކެރެކްޓާއިންގެ ރޯލަކުން ތައާރަފް ވާނެ އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" 10 ވަނަ ބައިގައި ވިލަންގެ ރޯލުން ފެންނަ ޖޭސަން މޮމޯއާ

"ފާސްޓް އެންޑް ފިއުރިއަސް" 10 ވަނަ ބައިގައި ވިލަންގެ ރޯލުން ފެންނަ ޖޭސަން މޮމޯއާ

ލޫއީ ލެޓާރިއާ ޑައިރެކްޓަރު ކޮށްފައިވާ މި ފިލްމުގައި ގިނަ އަދަދެއްގެ އާ ކާސްޓުންނާ އެކު، "ފާސްޓް އެންޑް ފިއުރިއަސް" ގެ ކުރީގެ ގިނަ ކާސްޓުންތަކެއް ވެސް އެނބުރި އައުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމަކީ މިހާރު ޕްރޮޑަކްޝަންގެ މަސައްކަތުގައި އުޅޭ އެ ފްރެންޗައިޒްގެ ފައިނަލް ފިލްމު، ފާސްޓް އެންޑް ފިއުރިއަސްގެ 11 ވަނަ ފިލްމަށް ތައްޔާރުކުރާ ފިލްމެވެ.

ފިލްމަށް އަލަށް ތައާރަފްކުރި ކެރެކްޓާ، ޓެސްގެ ރޯލުން ފެންނަ ބްރީ ލާސަން

ފިލްމަށް އަލަށް ތައާރަފްކުރި ކެރެކްޓާ، ޓެސްގެ ރޯލުން ފެންނަ ބްރީ ލާސަން

މި އަހަރުގެ މެއި މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ފޮޓޯތަކެއްގައި އަލަށް ތައާރަފްކުރާ ބްރީ އަދި ޖޭސަންގެ ސީންތަކުގެ ފޮޓޯތަކާ އެކު، އެ ފްރަންޗައިޒްގައި މަގްބޫލު ވިން ޑީޒަލްގެ ޑޮމް، އޭނާގެ މަޝްހޫރު ކާރު، "ޑޮޖް ޗެލެންޖާ" އާ އެކު ހުރި ފޮޓޯއެއް ވެސް ފެނެ އެވެ.

ވިން ޑީޒަލްގެ ޑޮމް، އޭނާގެ މަޝްހޫރު ކާރު، "ޑޮޖް ޗެލެންޖާ" އާއެކު

ވިން ޑީޒަލްގެ ޑޮމް، އޭނާގެ މަޝްހޫރު ކާރު، "ޑޮޖް ޗެލެންޖާ" އާއެކު

އެ ސީކުއެލްގެ މަގްބޫލު ކެރެކްޓާއިންގެ ރޯލުތަކުން ފެންނަ ޑީޒަލްގެ އިތުރުން، ޓައިރީސް ގިބްސަން އާއި، ލުޑަކްރިސް އާއި، ޖޯޑާނާ ބްރޫސްޓާ އާއި، މިޝޭލް ރޮޑްރީގަޒް އަދި ސަންގް ކަންގްގެ އިތުރުން ނަތަލީ އިމަނުއޭލް އެނބުރި އައުމަށް ވަނީ ހަމަޖެހިފަ އެވެ.