21 ފެބުރުއަރީ 2023
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމުގެކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީއާ އެކު މިއަދު މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމަކު އަދި ގޮތެއް ނުނިންމޭ ކަމަށް އަދާލަތު ޕާޓީން މިރޭ ބުނެފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމުގެކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީއާ އެކު މިއަދު މަޝްވަރާކޮށްފައިވާ ކަމަށާއި އެކަމަކު އަދި ގޮތެއް ނުނިންމޭ ކަމަށް އަދާލަތު ޕާޓީން މިރޭ ބުނެފި އެވެ.
އެމްޑީޕީއާ އެކު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާ އަށް އެދިވަޑައިގެން ސިޔާސީ ޕާޓީތަކަށް ރައީސް ފޮނުއްވި ސިޓީފުޅާ މެދު މަޝްވަރާ ކުރުމަށް، މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ.
އަދާލަތު ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ނަޒީރު "މިހާރު" އަށް ވިދާޅުވީ މިއަދު އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން އެދޭ ކަންކަމާއި ޕާޓީގެ ކަންބޮޑުވުންތަކާއި ކަންކަން ހައްލުކުރުމަށް ފެންނަ ގޮތްތައް ހުށަހަޅައި މަޝްވަރާ ކުރި ކަމަށެވެ.
ނަމަވެސް އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ކުރުމާ މެދު ގޮތެއް ނުނިންނާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
"އަދި އިތުރަށް މަޝްވަރާ ކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން ތާއީދުކުރުމާ މެދު ގޮތެއް ނުނިންމުނު." އޭނާ ވިދާޅުވި އެވެ.
ރައީސްގެ ސިޓީފުޅު، އަދާލަތު ޕާޓީގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް ވެސް ވަނީ ފޮނުއްވައިފަ އެވެ. ނަމަވެސް، އެ ޕާޓީތަކުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެކަމަކު، ޖުމްހޫރީ ޕާޓީން އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް ގައި އިންތިހާބާ ގުޅޭ މުހިއްމު ނިންމުންތައް ނިންމާނެ ކަމަށް ބެލެވެ އެވެ.
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
"އިދިކޮޅުން ވަނީ ދެކޮޅުނުޖެހޭ، ބަނގުރޫޓުވާނެ ވައުދު"
ރައީސަށް މަރުހަބާ ކިޔުމަށް މަކުނުދޫގަައި ދިގު ސަފެއް
ފައްޔާޒު މިހާރު ބޭނުންވަނީ އިތުރަށް ތިން ޕަސެންޓް
ތިނަދޫގެ "ރީނދޫ ސަފު" ދިނީ މެޖޯރިޓީގެ ޔަގީންކަން
އިންތިހާބުގެ ދެވަނަ ބުރެއް ނޯންނާނެކަން ރައީސަށް ޔަގީން
އެއްބުރުން ނިންމައި ތާރީހު ބަދަލުކޮށްލެވިދާނެ؟
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ރައީސް ކެމްޕޭން ފައްޓަވަން ކޯލިޝަނާއެކު ބައްދަލުވުމެއް
ސަރުކާރުގެ ތެރެއިން ސަރުކާރާ ދެކޮޅަށް!