18 ފެބުރުއަރީ 2023
ހިތަދޫ ޕޯޓު ލިމިޓެޑަށް 2020 ވަނަ އަހަރުގެ ނިޔަލަށް 85 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
ހިތަދޫ ޕޯޓު ލިމިޓެޑަށް 2020 ވަނަ އަހަރުގެ ނިޔަލަށް 85 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
ހިތަދޫ ޕޯޓު ލިމިޓެޑުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ކުންފުނި އުފެދުނީއްސުރެ، ވޭތުވެދިޔަ ދިޔަ 11 އަހަރު އެކުންފުންޏަށް ކޮންމެ އަހަރަކު ވެސް ވަނީ ގެއްލުމެވެ.
ރިޕޯޓްގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް އެ ކުންފުންޏަށް 6 މިލިއަން ރުފިޔާގެ ގެއްލުން ވެ އެވެ. މި ގެއްލުމުގައި ހިންގާ އިރު ވެސް އެކުންފުނީގެ މާލިއްޔަތު ރީވެލިއުކޮށް، ކުންފުނީގެ އަގު ދަށްކުރުމަށް ހަދަން ޖެހޭ އެސެސްމެންޓް ނަހަދާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެހެންވެ، ކުންފުނީގެ ހާލަތު ދެނެގަނެ، މާލީ މިސްރާބު އަންދާޒާކުރަން އުނދަގޫވި ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
މި ހާލަތުގައި ވީ އެންމެ އަވަހަކަށް ކުންފުނީގެ އެފަދަ އެސެސްމެންޓެއް ހެދުމަށް ރިޕޯޓުގައި ވަނީ އެދިފަ އެވެ.
ހިތަދޫ ޕޯޓު ލިމިޓެޑަކީ، އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެކެވެ.
އޮޑިޓް ރިޕޯޓުގައިވަނީ، މާލީ ހިސާބުގެ ކަންކަން ބެލެހެއްޓުމުގައި އެކުންފުނިން އެންމެ ފުރިހަމައަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، ޓެކްސްގެ ގޮތުގައި މީރާއަށް ދޭން ޖެހޭ އަދަދުތައް ވެސް ކަށަވަރު ނުުކުރެވޭ ކަމަށެވެ.
އޮޑިޓް އޮފީހުން ބުނީ، މާލީ ހިސާބުތައް ރެކޯޑު ކުރުމުގައި ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުން، އަދިވެސް އެންމެ ފުރިހަމައަށް އަމަލު ނުކުރާތީ، މާލީ ރިޕޯޓުތަކުގެ ސައްހަކަން ކަށަވަރު ކުރަން އުނދަގޫ ކަމަށެވެ.
ހިތަދޫ ޕޯޓް ލިމިޓެޑު އުފެއްދީ 2009 ވަނަ އަހަރު އެވެ. ދެކުނުގެ އެންމެ މައި ޕޯޓުން ތަކެތި އިމްޕޯޓު ކުރުމުން ވިޔަފަރިތަކުން ދައްކަންޖެހޭ ޑިއުޓީތައް 30 ޕަސެންޓު ކުޑަވެ އެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި އެޕޯޓު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގިފައެއް ނުވެ އެވެ.
ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
ތިން ވަނަ ދަތުރުގައި އައްޑު އަށް 800 ޓަނުގެ މުދާ!
އިންޑިއާއިން ސީދާ އައްޑުއަށް ކާގޯ ބޯޓުތައް ބާއްވަނީ!
ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ތަމްރީނު ދެނީ
ކޮންޓެއިނަރުތަކުން ހިތަދޫ ޕޯޓު ފުރާލައިފި
ވަޒީފާއިން ވަކިކުރި މައްސަލަ ރައީސް ބައްލަވަނީ
ވަޒީފާއިން ވަކިކުރި މައްސަލާގައި ފާރަވެރިވާނަން: އިންތި
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ބަންކަރިން އިން 1.5 މިލިއަންގެ އާމްދަނީ ލިބިއްޖެ
ވޯޓަ ބަންކަރިން އަށް ހާއްސަ ބާޖު ބޭނުންކުރަން ފަށައިފި