Roadha Mihaaru
ވަޒީފާއިން ވަކިކުރި މައްސަލަ ރައީސް ބައްލަވަނީ

ހިތަދޫ ޕޯޓުގެ މުވައްޒަފު ވަކިކުރި މައްސަލަ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި: ނިޒާރު

04 ޖޫން 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ފާޑުކިޔާތީ، ހިތަދޫ ޕޯޓު ލިމިޓެޑް (އެޗްޕީއެލް) ގެ ވަޒީފާ އިން އެ ތަނުގެ މުވައްޒަފަކު ވަކިކުރި މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި ފާޑުކިޔާތީ، ހިތަދޫ ޕޯޓު ލިމިޓެޑް (އެޗްޕީއެލް) ގެ ވަޒީފާ އިން އެ ތަނުގެ މުވައްޒަފަކު ވަކިކުރި މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސަށާއި މަޖިލީހުގެ ރައީސަށް ތަކުރާރުކޮށް ފާޑުކިޔައި އެ ދެ ބޭފުޅުންގެ އަބުރާ ބެހުނު ކަމަށް ބުނެ، އެޗްޕީއެލްގެ އެސިސްޓެން އޮޕަރޭޝަން އޮފިސަރު ވަޒީފާ އިން ވަކިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ މައްސަލަ ވަރަށް ހޫނުވެފައި ވަނިކޮށް، ކުރީގެ މެމްބަރު ނިޒާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެންމެ އަވަހަށް ދެން އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ މޭޔަރަކަށް ކުރިމަތިލައްވާފައިވާ ނިޒާރު އޭނާގެ ފޭސްބުކްގައި ވިދާޅުވީ، ހިތަދޫގެ އެ މުވައްޒަފު ވަޒީފާ އިން ވަކިކުރި މައްސަލައިގައި ރައީސާ މަޝްވަރާ ކުރެއްވި ކަމަށެވެ.

"އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި،" ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުގެ ދިފާއުގައި އަބަދުވެސް ވަކާލާތު ކުރައްވާ ނިޒާރު ވިދާޅުވި އެވެ.

އޭނާ ފަހުން "މިހާރު" އަށް ވިދާޅުވީ، މި ސަރުކާރާއި އެމްޑީޕީ އަކީ އެގޮތަށް މީހުން ވަޒީފާ އިން ވަކިކުރުމާ ދެކޮޅު ބަޔަކަށް ވާއިރު، އެގޮތަށް އަމަލުކުރުމަކީ ދެރަ ކަމެއް ކަމަށެވެ.

"އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި---ނިޒާރު

"އެއީ ވެގެން ވާނެ ގޮތެއް ނޫން. އެ މުވައްޒަފުގެ އާއިލާއެއް އޮންނާނެ. މިގޮތަށް ވަޒީފާ އިން ވަކިކުރުމަކީ ލިބޭނެ ވަރަށް ބޮޑު ނިކަމެތި ކަމެއް. އެހެންވެ، އަޅުގަނޑު މި މައްސަލައިގައި މިއަދު މި އައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އެހެންވެ ރައީސަށް ވެސް ގުޅައިލީ،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ ގޮތުން އެކި ފިކުރުގެ މީހުންނާ އެކު ކަމަށް ވާއިރު ސަރުކާރުގެ އެކި ކުންފުނިތަކުގައި ވެސް އެފަދަ މީހުން އެބަތިއްބެވެ. ނަމަވެސް، ވަކި ފިކުރަކަށް ތާއީދުކޮށް، ފާޑުކިޔައި ހިޔާލު ފާޅުކުރާ މީހުންގެ ވަޒީފާ ނުގެއްލޭނެ ކަމަށް ކުރިން ބުނެފައި އެކަމަކު، މިހާރު އެއާ އިދިކޮޅަށް އަމަލުކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ އަސާސީ ހައްގެއް. ހިޔާލު ފާޅުކޮށްގެން މީހެއްގެ ވަޒީފާއަށް ބިރުދައްކައި ވަޒީފާއިން ވަކިކުރެވިގެން ނުވާނެ،" ނިޒާރުގެ ފޭސްބުކްގައި ލިޔުއްވާފައި ވެ އެވެ.

"އެއީ ވެގެން ވާނެ ގޮތެއް ނޫން. އެ މުވައްޒަފުގެ އާއިލާއެއް އޮންނާނެ. މިގޮތަށް ވަޒީފާ އިން ވަކިކުރުމަކީ ލިބޭނެ ވަރަށް ބޮޑު ނިކަމެތި ކަމެއް. އެހެންވެ، އަޅުގަނޑު މި މައްސަލައިގައި މިއަދު މި އައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އެހެންވެ ރައީސަށް ވެސް ގުޅައިލީ،"---ނިޒާރު

ހިތަދޫ ސަރަހައްދީ ބަނދަރު ބަލަހައްޓާ އެޗްޕީއެލުން ވަޒީފާ އިން ވަކިކުރި މުވައްޒަފަކީ 2014 އިން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އެޗްޕީއެލް ހިންގަނީ އެމްޕީއެލްގެ ދަށުންނެވެ.

މުވައްޒަފު ވަޒީފާ އިން ވަކިކުރިކަން އަންގައި އޭނާ އަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ސޮއިކުރައްވައި ފުރަތަމަ ފޮނުއްވި ސިޓީގައި ސަބަބެއް ކަމަށް އޮތީ ރައީސާއި މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދެއްކުމެވެ. އެކަމަކު، ފަހުން އެ ސިޓީ އަނބުރާ ގެންގޮސް ދެން ފޮނުވި ސިޓީގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދަށް ފާޑުކީ ކަމަށް ބުނާ ބައި އުނިކޮށްފަ އެވެ. އެކަމަކު، މުވައްޒަފު ވަޒީފާ އިން ވަކިކުރީ އެ މައްސަލައިގައި ކަން ޑިސެމްބަރު 1، 2019 ގައި އެޗްޕީއެލް އިން ފޮނުވި އިންޒާރުގެ ލިޔުމާ ފަހުގެ ސިޓީގައި ހަވާލާދީފައި ވާތީ ސާފުކޮށް އެނގެ އެވެ.

އެމްޕީއެލް އިން ބުނެފައި ވަނީ ފުރަތަމަ ސިޓީގައި ވަކި ގޮތަކަށް އިބާރާތްކޮށް ފޮނުވުނީ އޮޅުމަކުން ކަމަަށެވެ. ސިޓީ އަނބުރައި ގެނައި ސަބަބަކީ އެއީ ކަމަށް އެ ކުންފުނިން ބުނެ އެވެ.