12 ފެބުރުއަރީ 2023
ލަންޑަން (ފެބްރުއަރީ 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑުން އެއްވަނައިގައި އޮތް އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ކޮށްފި އެވެ.
ލަންޑަން (ފެބްރުއަރީ 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑުން އެއްވަނައިގައި އޮތް އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ކޮށްފި އެވެ.
ނިއުކާސަލް ޔުނައިޓެޑް ވެސް ބޯންމަތާ ދެކޮޅަށް ކުޅެ އެއްވަރުވީ ވެސް 1-1 ންނެވެ.
އާސެނަލް އާއި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ މިހާތަނަށް 21 މެޗު ކުޅެފަ އެވެ. ދެ ޓީމުގެ ދެމެދު މި ވަގުތު ހަ ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ. އާސެނަލް އަށް 51 ޕޮއިންޓް ލިބިފ އެވެ. ދެވަނައިގައި އޮތް ސިޓީ އަށް 45 ޕޮއިންޓް ލިބިފައި ވެއެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭ އެސްޓަން ވިލާއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުން މޮޅު ވެގެން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ. އަދި ހަމަ އެއާ އެކު ބުދަ ދުވަހުގެ ރޭ އާސެނަލް އާއި ސިޓީގެ ކުރިމަތިލުމެއް ވެސް އެބަ އޮތެވެ.
އެންމެ ފަހުން އާސެނަލް ވަނީ ލީގުގައި އެވަޓަން އަތުން ބަލި ވެފަ އެވެ. ނަމަވެސް ރޭގެ މެޗުގައި 66 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އާސެނަލް އެވެ. މި ލަނޑު ޖަހައި ދިނީ އޭގެ ހަތަރު މިނިޓު ކުރިން ކުޅެން އެރި ލިއަންޑްރޯ ޓްރޮސާޑް އެވެ. މިއީ މިދިޔަ މަހު ބްރައިޓަން ދޫކޮށް އާސެނަލް އަށް ބަދަލުވެ ޓްރޮސާޑް ޖަހައިދިން ފުރަތަމަ ގޯލެވެ.
ނަތީޖާ އެއްވަރު ކުރަން 74 ވަނަ މިނިޓުގައި ބްރެންޓްފޯޑަށް ލަނޑު ޖަހައިދިނީ އައިވާން ޓޮނޭ އެވެ.
އަލްމިރޯން ނިއުކާސަލް އަށް އެއްވަރު ކޮށްދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ނިއުކާސަލް އަށް ލިބުނު ޕޮއިންޓަކާ އެކު އެޓީމަށް ވަނީ ތިންވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރު ނުކުރެވިފަ އެވެ. މިހާތަނަށް ކުޅުނު 22 މެޗުން ނިއުކާސަލް އަށް ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑަށް 43 ޕޮއިންޓް ވަނީ ލިބިފަ އެވެ.
ނިއުކާސަލް ކޮޅަށް ފުރަތަމަ ލަނޑު ޖެހީ ބޯންމަތުންނެވެ. ތިރީސް ވަނަ މިނިޓުގައި މާކޮސް ސެންސެއީ ޖަހައިދިން ގޯލުން ލީޑު ނަގާފައި ވަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިއުކާސަލް އަށް އެއްވަރު ކޮށްދިނީ މިގޭލް އަލްމިރޯން އެވެ.
މޮޅެއް ނުހޯދުނަސް މިރޭ ނިއުކާސަލް އަށް އޮތް ހިތްހަމަޖެހުމަކީ ފަސްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ ބަލި ވުމެވެ. ޓޮޓެންހަމް ބަލިވީ ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ވާދަކޮށް 4-1 އިންނެވެ.
މެޑިސަން ލަނޑެއް ޖެހުމަށް ފަހު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މި ނަތީޖާއާ އެކު ޓޮޓެންހަމަށް 23 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ. ލެސްޓާ ސިޓީ ވަނީ ޖެނުއަރީ ޓްރާޏްސްފާ ބާޒާރަށް ފަހު އެޓީމު ކުޅުނު ދެ މެޗުގައި ވެސް ހަތަރު ގޯލު ޖަހައިގެން މޮޅު ވެފަ އެވެ. މިއާ އެކު ލެސްޓާ ވަނީ 13 ވަނައަށް ޖެހިލައިފަ އެވެ.
ލެސްޓާގެ ދަނޑުގައި މެޗުގެ 16 ވަނަ މިނިޓުގައި ރޮޑްރިގޯ ބެންޓެންކޫ ޓޮޓެންހަމަށް ލީޑު ނަގައިދިން ނަމަވެސް ލެސްޓާއިން ވަނީ ފަހަތުން އަރައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ގޯލު ޖަހައިފަ އެވެ. އެއްވަރު ކުރި ލަނޑު 23 ވަނަ މިނިޓްގައި ޖަހައިދިނީ މިޑްފީލްޑަރު ނަމްޕަލީސް މެންޑީ އެވެ. މިއީ އޭނާ ލެސްޓާ ގައި ހޭދަކުރަމުންދާ ހަތް ސީޒަން ގައި ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.
ލެސްޓާއިން ލީޑު ނެގީ އެއްވަރު ކުރިތާ ދެ މިނިޓު ފަހުން ޖޭމްސް މެޑިސަން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތިންވަނަ ލަނޑު ޖެހީ ކެލެޗީ އިހެނާޗޯ އެވެ.
ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް ހަތަރު ވަނަ ލަނޑު ޖެހީ ހާވީ ބާންސް އެވެ. އޭގެ ކުރިން ބާންސް އިތުރު ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ނިންމީ އޮފްސައިޑް ކަމަށެވެ.
ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އާއި ބްރައިޓަން ބައްދަލު ކުރި މެޗު 1-1 އިން އެއްވަރު ވިއިރު ފުލަމް ވަނީ 2-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. އަދި ވުލްވްސް ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެގެން ފަހަތުން އަރައި 2-1 އިން ސައުތެމްޓަން ބަލި ކޮށްފަ އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ނިއުކާސަލްއިން ޖެހީ ގޯލެއް ކަމަށް އާޓެޓާ ގަބޫލެއްނުކުރި
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން
ޔުނައިޓެޑް ނުހުއްޓޭ، އާސެނަލް އާއި ނިއުކާސަލް އެއްވަރު
ސައުތެމްޓަނުން އެއްވަނައިގައި އޮތް އާސެނަލް ހުއްޓުވައިފި
ގަދަހަތަރެއް ދެން ނުލިބޭނެ، ގޯސް ހެދީ އަމިއްލަ އަށް
ނިއުކާސަލް ބަލިކޮށް އާސެނަލް ތިން ވަނަ އަށް
ޗެލްސީ އަތުން ބަލިވެ އާސެނަލަށް އިތުރު ހިތްދަތިކަމެއް