19 އޯގަސްޓް 2018
ލަންޑަން (އޮގަސްޓް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެޗު ނިމެން ނުވަ މިނިޓަށްވެފައި ވަނިކޮށް މާކޮސް އަލޮންސޯ ވައްދާލި ގޯލުން ޗެލްސީން 3-2 އިން ވާދަވެރި އާސެނަލް ބަލިކޮށްފި އެވެ.
ލަންޑަން (އޮގަސްޓް 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެޗު ނިމެން ނުވަ މިނިޓަށްވެފައި ވަނިކޮށް މާކޮސް އަލޮންސޯ ވައްދާލި ގޯލުން ޗެލްސީން 3-2 އިން ވާދަވެރި އާސެނަލް ބަލިކޮށްފި އެވެ.
އާސެނަލްގެ ކޯޗުކަމާ އުނާއި އެމެރީ ހަވާލުވި ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވީ އެވެ. މިއީ 1986 ވަނަ އަހަރަށް ފަހު އާސެނަލާ ހަވާލުވި ކޯޗަކު ޓީމު ގޮވައިގެން ނުކުމެ ފުރަތަމަ ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ 22 އަހަރު އާސެނަލަށް އިރުޝާދުދިން އާސެން ވެންގާ ވަނީ މިދިޔަ ސީޒަނަށް ފަހު މަގާމުން ވަކިވެފަ އެވެ. ވެންގާ މަގާމުން އަމިއްލަ އަށް ވަކިވާން ނިންމީ އެ ޓީމުގެ ސަޕޯޓަރުންގެ ފާޑުކިޔުން ކުރިމަތިވެފައިވަނިކޮށެވެ.
އަނެއްކޮޅުން ރޭ ލިބުނު މޮޅާ އެކު.، މިދިޔަ ޖުލައި މަހު ޗެލްސީއާ ހަވާލުވި މައުރީޒިއޯ ސާރީ އަށް ވަނީ އިތުރު ހިތްހަމަ ޖެހުމެއް ލިބިފަ އެވެ. މިއީ ޗެލްސީ ދަނޑުގައި ސާރީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.
މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި އަލޮންސޯ ހުސްކޮށްލާފައި ދިން ބޯޅައަކުން ޗެލްސީ އަށް ލީޑުނަގައިދިނީ ޕެޑްރޯ ރޮޑްރިގޭޒެވެ. އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދޭން ޕިއޭ އެމެރިކް އޮބާމަަޔަން އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ހުރެފައި އޭނާ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ނަތީޖާ އަކަށްވީ މެޗުގެ 20 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ޗެލްސީ އަށް ލީޑުފުޅާކޮށްދިނުމެވެ. މިއީ ފޯމު ގެއްލިފައި ހުރުމުން ފާޑުކިޔުން އަމާޒުވެފައިވާ މޮރާޓާ މި ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.
އާސެނަލަށް ލަނޑެއް ޖަހައިދޭން ހެންރިކް މިކިތާރްޔަން އަށް ލިބުނު ހުސް ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔަ ނަމަވެސް މެޗުގެ 37 ވަނަ މިނިޓްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި މިކިތާރްޔަން ލަނޑު ޖެހި އެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި މި ފަހަރު ޗެލްސީ އަށް ބަދަލުވި ކެޕާ އަރިޒަބަލާގާ ކޮޅަށް ވަން ފުރަތަމަ ގޯލެވެ. މިކިތާރްޔަން ޖެހި ބޯޅަ ގޯލަށް ވަނީ ކެޕާ އަތުގައި ޖެހިފަ އެވެ.
ފުލަމްގެ ފޮސޫ މެންސާ (ވ) ކައިރިން ޓޮޓެންހަމްގެ ކޭން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ
އޭގެ ހަތަރު މިނިޓް ފަހުން އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލެކްސް އިވޯބީ އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް އިވޯބީ ވަނީ ހަމަޖެހިލާފައި ކީޕަރު ކެޕާ އަތުގައި ޖައްސާފައި ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ދެ ވަނަ ހާފުގައި ލަނޑު ޖެހުމަށް ޗެލްސީން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި މެޗުގައި ވެސް ކުޅެން އެރި އެޑެން ހަޒާޑް ހުރަސްކޮށްލި ބޯޅަ އަލޮންސޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ރޭ ޓޮޓެންހަމް ކުޅުނު މެޗުން ވަނީ 3-1 އިން ފުލަމް ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމުން ލޫކަސް މޯރާގެ ގޯލުން ލީޑުނަގާފައި އޮއްވައި ދެ ވަނަ ހާފުގައި ފުލަމް އަށް އެއްވަރުކޮށްދިނީ އަލެކްސަންޑަ މިޓްރޮވިޗް އެވެ. ޓޮޓެންހަމުން ދެ ވަނަ ފަހަރަށް ލީޑުނެގީ ކިއެރަން ޓްރިޕިއޭ ހިލޭ ޖެހުމަކުން ވައްދާލި ގޯލުންނެވެ. ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ޖެހީ މި ފަހަރުގެ ވޯލްޑް ކަޕްގައި ރަން ބޫޓު ހާސިލްކުރި އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން އެވެ. މިއީ އޮގަސްޓް މަހެއްގައި ކޭން ޖެހި ފުރަތަމަ ލީގު ގޯލެވެ. މީގެ ކުރިން އޮގަސްޓް މަހުގައި ލީގުގައި އޭނާ ކުޅުނު 14 މެޗުގައި ވެސް ލަނޑެއް ޖެހޭގޮތެއްނުވި އެވެ.
ބޮޑު ހަރަދުކޮށްގެން މި ސީޒަނާ ކުރިމަތިލި އެވަޓަން ވަނީ 2-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. މެނުއަލް ޕެލެގްރިނީގެ ކޯޗުކަމުގައި ކުޅޭ ވެސްޓް ހޭމް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ބޯންމައުތު އަށްދަށުވެފަ އެވެ. ޖޭމީ ވާޑީ އަށް ދެ ވަނަ ހާފުގައި ރަތް ކާޑު ދެއްކިނަމަވެސް ލެސްޓާ ސިޓީން ވަނީ 2-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑާއި ކާޑިފް ސިޓީ ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗުގެ ފަހު ވަގުތު ނިއުކާސަލްގެ ކެނެޑީ ފޮނުވާލި ޕެނަލްޓީ ކާޑިފަށް ކުޅޭ ފިލިޕީންސްގެ ގޯލްކީޕަރު ނީލް އެތެރިޖް މަތަކުރި އެވެ. މިއީ މި ސީޒަނުގައި އޭނާ މަތަކުރި ދެ ވަނަ ޕެނަލްޓީ އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ޓޮޓެންހަމުން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ޗެލްސީ މޮޅެއްނުވި، ކޮންޓޭގެ ފާޑުކިޔުން ޓޮޓެންހަމަށް
ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް
ބްރައިޓަނުން އަމިއްލަ ދަނޑުގައި ޕޮޓާ ލަދުގަންނަވާލައިފި