10 ފެބުރުއަރީ 2023
މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަ ކޮށްގެން ހެދި ކުޑަގިރި އަށް ބުކިން ހެއްދުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި އެންމެ ދެ ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ފުރިއްޖެ އެވެ.
މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަ ކޮށްގެން ހެދި ކުޑަގިރި އަށް ބުކިން ހެއްދުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި އެންމެ ދެ ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ފުރިއްޖެ އެވެ.
މާލެއާ ކައިރި ފަޅެއް ހިއްކައިގެން ހެދި ރަށް މާދަމާ ހެނދުނު ހުޅުވަން ވަނީ ނިންމާފައިވާއިރު، ފުރަތަމަ ދުވަހު ދަތުރު ދިއުމަށް ބުކިން އަށް ހުޅުވައިލީ އިއްޔެ ހަވީރު 4:00 ގަ އެވެ.
ކުޑަގިރި ބަލަހައްޓާ އެޗްޑީސީގެ ޑިރެކްޓަ، މާކެޓިން އެންޑް ސޭލްސް ނިއުޝާދު ޝަރީފް މިއަދު ވިދާޅުވީ ބުކިން އަށް ހުޅުވާލިތާ އެއް ގަޑިއިރުގެ ތެރޭގައި މާލެ އިން ދަތުރުދިއުމަށް ކަނޑައެޅި ޖާގަ ފުރިފައިވާ ކަމަށެވެ. އަދި ފުރަތަމަ ދުވަހަށް ކަނޑައެޅި 300 ޖާގަ އިއްޔެގެ އިރުއޮއްސުމާ ހަމައަށް ފުރުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނޫން ދުވަސްތަކަށް 500-600 މީހުންނަށް ބުކިން ހެއްދޭނެ އެވެ.
ދިވެހިންނަށް ކަނޑައަޅާފައިވާ އަގުތައް
● ބަންދު ދުވަސްތަކުގައި ކުޑަގިރި އަށް އެރުމާއި ފެރީ ހިލޭ.
● ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް އެރުމަށް 50ރ. އަދި ފެރީއަށް 50ރ.
● ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ ދުވަހަކު ވެސް ހިލޭ.
● ބަންދު ނޫން ދުވަސްތަކުގައި 2-11 އަހަރުގެ ކުދިންނަށް 25ރ. ގެ ފީއެއް.
އެޗްޑީސީން ބުނީ ގޭސްފުޅި އާއި އުނދުނާއި ވަޅި އަދި ކަޓްލަރީ ކުޑަގިރި އަށް ގެންދިއުން މަނާވާނެ ކަމަށެވެ. އެ އެއްޗެހި އެ ރަށުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އެ ކުންފުނިން ބުނީ ކުޑަގިރީގައި 13 ހަޓު ހުންނައިރު، އެ ތަންތަން ވެސް އެޕާއި ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނެ ކަމަށެވެ. ކުޑަ ހަޓެއް މުޅި ދުވަހަށް ބުކް ކުރެވޭނީ 500ރ. އަށެވެ. އަދި ބޮޑު ހަޓެއް 1،200ރ. އަށެވެ. ހަޓުން ކަރަންޓު ލިބޭނެ އެވެ. އަދި ކައްކަން ބޭނުންވާ ގޭހާއި އުނދުން ވެސް ލިބޭނެ އެވެ.
ހާހެއްހާ މީހުންނަށް އެއްފަހަރާ ދަތުރު ދެވޭ ޖާގައިގެ ބޮޑު އެ ރަށަށް ލޯންޗުގައި 15 މިނެޓުން ދެވޭނެ އެވެ.
ކުޑަގިރީގައި އިތުރު ވަސީލަތްތައް ގާއިމުކުރަނީ
ބުކިން ނުހަދައި ކުޑަގިރިއަށް ދެވޭ ގޮތް ހަދައިފި
ދަތުރުދާން ހެދި ކުޑަގިރި ހުޅުވައި ބޭނުންކުރަން ފަށައިފި
މިއަދު 4 ޖަހާއިރު ކުޑަގިރި ބުކިންއަށް ހުޅުވާލަނީ
ކުޑަގިރި ހަގީގަތަކަށް: އުފާވެރި ހަނދާންތަކަށް މަރުހަަބާ
ކުޑަގިރިއަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފި
ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހު ހުޅުވަނީ
ކުޑަގިރި ހުޅުވުމުގެ ފަހުގެ ތައްޔާރީތަކާ އެކު ވީޑިއޯއެއް
ބޮޑު މުސާރައާ އެކު ކުޑަގިރި އަށް މުވައްޒަފުން ހޯދަނީ
ކުޑަގިރި ތަރައްގީކުރުމުގެ މާސްޓާ ޕްލޭން އެކުލަވާލައިފި