04 ފެބުރުއަރީ 2023
އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެ ރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު) އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެ ރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު) އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ހަސަންފުޅު ގެއްލިގެން އޭނާ ހޯދުމަށް އެ ރަށުގެ ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ފޮޓޯއާ އެކު އާންމުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ހޯދަން ފެށީ ހޯމަ ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވެގެންނެވެ.
ފުލުހުން ބުނީ ހަސަންފުޅު ހޯދުމަށް ރަށުގެ ހުރިހާ ސަރަހައްދަކާއި ގޭބިސީތަކާއި ފަޅު ގޯތިތައް ބަލާފައިވާ ކަމަށެވެ. އަދިވެސް އިތުރު ތަންތަން ބަލަމުން އަންނައިރު ފުލުހުން ބުނި ގޮތުގައި ރަށުގެ ފަޅުތެރެ، ޑައިވްކޮށްގެން ބެލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެެ.
މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ https://t.co/Enm6d7UXl2
— Mihaaru (@Mihaarunews) February 1, 2023
އުމުރުން 65 އަހަރުން މަތީގެ ހަސަންފުޅަކީ އާންމުކޮށް ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ މީހެކެވެ. އޭނާ އެންމެ ފަހުން ފެނުނީ ހޯމަ ދުވަހު މަގްރިބް ނަމާދުން ފޭބި ވަގުތު ކަމަށްވެ އެވެ.
ހަސަންފުޅު ގެއްލުނުތާ ހަފްތާއެއް؛ އަދިވެސް ހޯދުމުގައި
ހަސަންފުޅަށް ވީނުވީ ނޭނގި މަތިވެރި ހާސްކަމެއްގައި!
މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ
"ފާސްކުރީ ރައްޔިތުންގެ އަތަށް ބާރުލިބޭ އިސްލާހުތަކެއް"
އާސަންދަ އާއި ސަބްސިޑީ ކަނޑައެއް ނުލާނަން: ރައީސް
ކަސާ މިއާ، މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހަދަނީ
ފަޅު ހިއްކައިގެން މަތިވެރީގައި އެއާޕޯޓެއް އަޅަނީ
ފުވައްމުލަކުން ގެއްލުނު ކުއްޖާ ފެނިއްޖެ
ކަނޑުވި މީހަކު 100 ކިލޯގެ ހަށިގަނޑާހެދި ސަލާމަތުން
ތަސްލީމް ހޯދަން އިންޓަޕޯލްގެ ރީނދޫ ނޯޓިސް ނެރެފި