Roadha Mihaaru

ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު، މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ހޯދަމުން ދިޔަ މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 އޯގަސްޓް 2025

ހދ. ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު، މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ރަށު ޖިފުޑި، ހަސަން މޫސާ، 67، ރޭ ފަތިހު 5:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވާ ކަމަށް ހެނދުނު 10:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުޅުދުއްފުށީ ޒޯނު ސްޓޭޑިއަމްގެ ފާހަނާ ތެރޭގައި ވެއްޓިފައިވާ އޮއްވާ ފެނިފައިވާ ކަމަށާއި އެހެންވެ ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ވަނީ މަރުވެފަ އެވެ.

"ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.