ގެއްލިގެން ހޯދަން ފުލުހުން ރޭ އިއުލާންކުރި އުމުރުން 30 އަހަރުގެ ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގެއްލިގެން ހޯދަން ފުލުހުން ރޭ އިއުލާންކުރި އުމުރުން 30 އަހަރުގެ ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ގ. ގާނެޓް، ހަސަން ޔާމީން ހޯދަން ފުލުހުން އިއުލާންކުރީ ރޭގެ 11:15 ހާއިރު އެވެ. ފުލުހުން ބުނީ މިއަދުގެ ހެނދުނާ ހަމައަށް ވެސް އޭނާ ނުފެންނަ ކަމަށެވެ.
އޭނާ ދިރިއުޅޭ ގެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ 9:25 ހާކަންހާއިރު ނުކުމެގެން ދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވާ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އާއިލާ އިން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ފުލުހުން ބުނިގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ 8:30 ހާއިރު އެވެ.
"ހަސަން ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
މާލެއިން މީހަކު ގެއްލިގެން ހޯދާތާ ހަފުތާއެއް
ހޯދަމުން ދިޔަ މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު ކުއްޖާ މަގުމަތިން ފެނިއްޖެ
ކުޑަކުއްޖަކު ގެއްލިގެން ހޯދާތާ ތިން ދުވަސް ވެއްޖެ
ގެއްލުނު ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފައި
ޔާމީން ގެއްލުން: ގިނަ އަދަދެއްގެ ކެމެރާ ބަލަނީ
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަން އިއުލާންކުރި މީހާ ފެނިއްޖެ
މަސްހިފަން ފޭބި މީހާ ފެނިއްޖެ
ގެއްލުނު މީހާ ފެނުނީ ނަޑެއްލާ ކައިރި ފަޅު ރަށަކުން