Roadha Mihaaru

މާލެއިން މީހަކު ގެއްލިގެން ހޯދާތާ ހަފުތާއެއް

މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން މިއަދު އެދިއްޖެ އެވެ.

މާލެއިން މީހަކު ގެއްލިގެން ހޯދާތާ ހަފުތާއެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 އޯގަސްޓް 2025

މާލެއިން މީހަކު ގެއްލިގެން އޭނާ ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 41 އަހަރުގެ މަސީހް އަބްދުލް ހަކީމް ކަމަށެވެެ.

ފުވައްމުލަކު، ދޫޑިގަން، ފަސީހްއާބާދު، މަސީހުގެ ޚަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 25 ވަނަ ދުވަހުގެ (މިދިޔަ ހޯމަ ދުވަސް) ރޭގަ އެވެ.

ފުލުހުން ބުނިގޮތުގައި އޭނާ އުޅެމުން އައީ ހުޅުމާލޭ އެމްޕީއެލް ޓަވަރުގަ އެވެ. އޭނާގެ ޚަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެެ.

އެހެންވެ، މަސީހް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅައިގެން ހިއްސާކުރަން އެ އިދާރާ އިން އެދުނެވެ.