މާލޭގައި އުޅޭ ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.
03 ޖުލައި 2025
މާލޭގައި އުޅޭ ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހޯދަމުން އަންނަނީ ފުވައްމުލަކު، ހޯދަޑު، ސާމީ އަބްދުލްހަމީދެވެ. އުމުރުން 34 އަހަރުގެ އެ މީހާގެ ޚަބަރެއް އެންމެ ފަހުންވީ މިދިޔަ މަހުގެ 25 ގަ އެވެ.
ފުލުހުން ބުނީ ޖޫން 25 އިން ފެށިގެން ސާމީގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓުކުރީ އިއްޔެ އިރުއޮއްސުނުހާއިރު ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ އެކު، ކަމާ ގުޅުން ހުރި އިދާރާތަކަށް ހިއްސާކޮށް، ސާމީ ހޯދުމުގެ މަސައްކަތްކުރި ނަމަވެސް މިހާތަނަށް އޭނާ ނުހޯދޭ ކަމަށް ފުލުހުން ބުންޏެވެެ.
އެހެންވެ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ގުޅައިގެން ރިޕޯޓުކުރަން ވަނީ އެދިފަ އެވެ.
ނިލަންދޫން ގެއްލުނު ކުއްޖާ ފެނިއްޖެ
މާލެއިން މީހަކު ގެއްލިގެން ހޯދާތާ ހަފުތާއެއް
ހޯދަމުން ދިޔަ މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު ކުއްޖާ މަގުމަތިން ފެނިއްޖެ
ކުޑަކުއްޖަކު ގެއްލިގެން ހޯދާތާ ތިން ދުވަސް ވެއްޖެ
ގެއްލުނު ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފައި
ޔާމީން ގެއްލުން: ގިނަ އަދަދެއްގެ ކެމެރާ ބަލަނީ
މާލެ އިން ގެއްލުނު ޔާމީން އަދިވެސް ނުފެނޭ
ގެއްލިގެން ހޯދަން އިއުލާންކުރި މީހާ ފެނިއްޖެ
މަސްހިފަން ފޭބި މީހާ ފެނިއްޖެ