Roadha Mihaaru
މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

01 ފެބުރުއަރީ 2023

އއ. މަތިވެރިން މީހަކު ގެއްލިގެން އޭނާ ހޯދަން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އއ. މަތިވެރިން މީހަކު ގެއްލިގެން އޭނާ ހޯދަން މިއަދު ފަށައިފި އެވެ.

މަތިވެރި ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ރިވެލި، ހަސަން އަލީ (ހަސަންފުޅު) ކަމަށެވެ.

ވީ ތަނެއް ނޭނގިގެން އިއްޔެ އިން ފެށިގެން އޭނާ ހޯދަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

އެ ރަށު މީހަކު ބުނިގޮތުގައި، އުމުރުން 65 އަހަރުން މަތީގެ ހަސަންފުޅު އެންމެފަހުން ފެނުނު ކަމަށް ވަނީ ރޭ މަގްރިބް ނަމާދުން ފޭބި ވަގުތުގަ އެވެ. އޭނާ އަކީ ދާ އަޅައިގެން މަސް ހިފަން އާންމު ގޮސް އުޅޭ މީހެކެވެ.

ހަސަންފުޅާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިއްޖެ ނަމަ މަތިވެރި ކައުންސިލުގެ ނަންބަރު 6660058 އަށް ގުޅުމަށް ކައުންސިލުން އެދެ އެވެ.

ބޭސްފަރުވާ އަށް އިންޑިއާގެ ކޮޗިންއަށް ދިޔަ ދިވެއްސަކު ވެސް އިއްޔެ ގެއްލިގެން އަންނަނީ ހޯދަމުންނެވެ. އޭނާ އަދިވެސް ނުފެނެ އެވެ.