02 ފެބުރުއަރީ 2023
އއ. މަތިވެރި، ހަސަން އަލީ (ހަސަންފުޅު) އެންމެފަހުން ފެނުނު ކަމަށް އެ ރަށުގެ ގިނަ މީހުން ބުނަނީ މިދިޔަ އަންގާރަ ދުވަހު މަގްރިބް ނަމާދުން ފޭބި ވަގުތުގަ އެވެ. އެ ދުވަހު މެންދުރު ބަނދަރުމަތީގައި އުޅެނިކޮށް ވެސް ބައެއް މީހުންނަށް އޭނާ ފެނުނެވެ.
އއ. މަތިވެރި، ހަސަން އަލީ (ހަސަންފުޅު) އެންމެފަހުން ފެނުނު ކަމަށް އެ ރަށުގެ ގިނަ މީހުން ބުނަނީ މިދިޔަ އަންގާރަ ދުވަހު މަގްރިބް ނަމާދުން ފޭބި ވަގުތުގަ އެވެ. އެ ދުވަހު މެންދުރު ބަނދަރުމަތީގައި އުޅެނިކޮށް ވެސް ބައެއް މީހުންނަށް އޭނާ ފެނުނެވެ.
ރަށު ކައުންސިލާއި ކޯސްޓްގާޑު އަދި ރައްޔިތުން ގުޅިގެން، އިއްޔެއިން ފެށިގެން ހަސަންފުޅު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭނާ ގޮސްފާނެ ހީވާ ހުރިހާ ތަނެއް ބަލައިފި އެވެ. އޭނާއަށް ވީގޮތެއް ނޭނގި މުޅި ރަށް މިހާރު އޮތީ ހިމޭންކަމެއްގަ އެވެ. ހާސްކަމެއްގަ އެވެ.
އއ. މަތިވެރިން ގެއްލުނު ހަސަންފުޅު ހޯދުމުގެ މަސައްކަތުގައި އެ ރަށު ރައްޔިތުންނާ އެކު ކޯސްޓްގާޑުން ބައިވެރިވަނީ -- ފޮޓޯ: މަތިވެރި ފޭސްބުކް ޕޭޖް
މަތިވެރި ކައުންސިލުގެ ރައީސް އަހްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވި ގޮތުގައި، ހަސަންފުޅު ހޯދުމަށް އެ ރަށުގެ ވަލުތެރެ އާއި މޫދާއި ކައިރީގައި އޮތް ފިނޮޅު ވެސް އިއްޔެ ވަނީ ބަލައިފަ އެވެ.
"މިއަދު ރަށުގެ ކުދި ބަޔަކާއި ސިފައިން އެކީގައި ފަޅުތެރެ އަށް ފީނަން ދާން މިހާރު ވެސް އެ ރެޑީ ވަނީ،" އޭނާ ވިދާޅުވި އެވެ.
އއ. މަތިވެރިން ގެއްލުނު ހަސަންފުޅު ހޯދުމުގެ މަސައްކަތުގައި އެ ރަށު ރައްޔިތުން ރަށާ ކައިރީގައި އޮތް ފިނޮޅު ބަލަން ދާން ތައްޔާރުވަނީ -- ފޮޓޯ: މަތިވެރި ފޭސްބުކް ޕޭޖް
އުމުރުން 73 އަހަރުގެ ހަސަންފުޅަކީ ދާ އަޅައިގެން މަސް ހިފަން ދާ މީހެކެވެ. އެކަމަކު ރަށުގެ ބައެއް މީހުން ބުނި ގޮތުގައި އޭނާ ބަލިވެ އުޅޭތީ މަސް ހިފަން ނުދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އޭނާ މަސް ހިފަން ގެންދާ ދަލާ އެއްޗެހި ވެސް ގޭގައި އެބަހުއްޓެވެ.
މަސް ހިފުމުގެ އިތުރުން އޭނާ އަކީ ގޮނޑުންނާއި އެހެން ތަންތަނުން އެއްޗެހި ހޮވައިގެން ތަފާތު އެއްޗެހި ވެސް ހަދައި އުޅޭ މީހެކެވެ. ވަޅި ތޫނުކުރުމާއި ކަޓިން ބޯޑު ހެދުން ކަހަލަ ބައެއް އަތްތެރި މަސައްކަތް ވެސް ކޮށް އުޅެ އެވެ.
އއ. މަތިވެރިން ގެއްލުނު ހަސަންފުޅު ހޯދުމުގެ މަސައްކަތުގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ -- ފޮޓޯ: މަތިވެރި ފޭސްބުކް ޕޭޖް
"ވަރަށް މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ މީހެއް ހަސަންފުޅުބެ އަކީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ https://t.co/Enm6d7UXl2
— Mihaaru (@Mihaarunews) February 1, 2023
އޭނާގެ 8 ކުދިން ތިބެ އެވެ.
ހަސަންފުޅާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިއްޖެ ނަމަ މަތިވެރި ކައުންސިލުގެ ނަންބަރު 6660058 އަށް ގުޅުމަށް ކައުންސިލުން އެދެ އެވެ.
ހަސަންފުޅު ގެއްލުނުތާ ހަފްތާއެއް؛ އަދިވެސް ހޯދުމުގައި
މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ
ކަސާ މިއާ، މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހަދަނީ
މަތިވެރި އަށް އިޒްރޭލުގެ ޓޫރިސްޓުން ނޭރޭނެ ގޮތް ހަދަނީ
މަތިވެރިން ގެއްލުނު މީހާ އަދިވެސް ނުފެނޭ
މަތިވެރި ސްކޫލްގެ ދަރިވަރުން ސްކޫލަކަށް ނުފޮނުވާ
ޖާބިރަށް ހަމަލަދިން މައްސަލައިގަ ދެމީހަކު ހައްޔަރުކޮށްފި
ޖާބިރާ ދެކޮޅަށް މަތިވެރި މީހުން މުޒާހަރާކޮށްފި
ޖާބިރަށް ގެސްޓް ހައުސް ދިނުމުން ބޮޑު އަރައިރުމެއް
މަތިވެރީގެ ބޮޑު ގެސްޓްހައުސެއް 50 އަހަރަށް ޖާބިރަށް