15 ނޮވެމްބަރ 2021
އއ. މަތިވެރި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖުގައި ކިޔަވައިދޭ ޓީޗަރުން މަދުވުމުގެ ސަބަބުން ކިޔަވައިދޭން ދަތިވެފައިވާ ކަމަށް ބުނެ ބެލެނިވެރިން މިއަދު އެ ސްކޫލް ދޮށުގައި މުޒާހަރާކޮށް ފައުންޑޭޝަން ސްޓޭޖުގައި ކިޔަވާ ދަރިވަރުން ސްކޫލަށް ފޮނުވަން ދެކޮޅުހަދައިފި އެވެ.
އއ. މަތިވެރި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖުގައި ކިޔަވައިދޭ ޓީޗަރުން މަދުވުމުގެ ސަބަބުން ކިޔަވައިދޭން ދަތިވެފައިވާ ކަމަށް ބުނެ ބެލެނިވެރިން މިއަދު އެ ސްކޫލް ދޮށުގައި މުޒާހަރާކޮށް ފައުންޑޭޝަން ސްޓޭޖުގައި ކިޔަވާ ދަރިވަރުން ސްކޫލަށް ފޮނުވަން ދެކޮޅުހަދައިފި އެވެ.
އެ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުގައި ކިޔަވައިދޭން ތިބެނީ އެންމެ ދެ ޓީޗަރުންނެވެ. އެ ސްޓޭޖުގެ އެލްކޭޖީ އާއި ޔޫކޭޖީ ކުލާހުގައި 43 ދަރިވަރަކު ކިޔަވަ އެވެ.
ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި މަތިވެރި ސްކޫލްގެ މުވައްޒަފަކު "މިހާރު" އަށް ބުނީ ފައުންޑޭޝަން ސްޓޭޖުގައި ކިޔަވައިދޭ ޓީޗަރުން މަދުވުމުގެ ސަބަބުން، ތިން ޓީޗަރުން ހަމަޖައްސައިދިނުމަށް މިއަހަރު އެކި ފަހަރު މަތިން އެޑިއުކޭޝަން މިނިސްޓްރީގައި އެ ސްކޫލުން އެދިފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެކަމަށް ޖަވާބެއް ނުލިބޭ ކަމަށް ބުންޏެވެ.
"އެންމެ ދެ ޓީޗަރުން ތިބޭއިރު، އެއް ޓީޗަރަކު ސަލާން ބުނެފިއްޔާ ދެ ކުލާހަށް އެއްކޮށް އެއް ޓީޗަރަކަށް ކިޔަވައިދޭން އެބަ ޖެހޭ. ދެ ޓީޗަރުން ސަލާމުގައި ހުންނަ ދުވަސްތައް ވެސް އެބަ އާދޭ،" އޭނާ ބުންޏެވެ.
އެ ރަށުން ވާހަކަދެއްކި ބެލެނިވެރިޔަކު ބުނީ ޓީޗަރުން މަދުވުމުގެ ސަބަބުން ދަރިވަރުންގެ ގަޑިތައް ގެއްލޭ ކަމަށާއި ގެއްލޭ ގަޑިތައް އަލުން ނަގައިނުދޭ މައްސަލަ ވެސް ބޮޑުވެފައިވާ ކަމަށެވެ. އަދި ގަޑި ނުޖެހެނީސް ކުލާސްތައް ނިންމާ ކަމަށް ވެސް އޭނާ ބުންޏެވެ.
މަތިވެރި ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް ވިދާޅުވީ، ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް މިއަދު ކައުންސިލަށް ވެސް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން މިއަދު ސިޓީއެއް ފޮނުވާނެ ކަމަށެވެ.
"ބެލެނިވެރިން އެންމެ ބޮޑަށް އެދެނީ އިތުރު ޓީޗަރަކު ހޯދައިދޭން،" އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ދިރާސީ އާ އަހަރު ފެށުނު ދުވަސްވަރު ވެސް ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ބެލެނިވެރިން ވަނީ އެކި މައްސަލަތަކުގައި އިހުތިޖާޖުކޮށްފަ އެވެ. ޓީޗަރުން ހަމަނުވުމާއި ސްކޫލް އިމާރާތްތަކުގެ މައްސަލަތަކުގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ.
ޖާބިރާ ދެކޮޅަށް މަތިވެރި މީހުން މުޒާހަރާކޮށްފި
ބެލެނިވެރިން ނުކުމެ ހުޅުދެލީ ސްކޫލު ބަންދުކޮށްފި
ކަސާ މިއާ، މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހަދަނީ
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ބަންދުކުރި ދަނބިދޫ ސްކޫލަށް ޓީޗަރުން ފޮނުވަނީ
މަތިވެރި އަށް އިޒްރޭލުގެ ޓޫރިސްޓުން ނޭރޭނެ ގޮތް ހަދަނީ
ހަސަންފުޅު ގެއްލުނުތާ ހަފްތާއެއް؛ އަދިވެސް ހޯދުމުގައި
ހަސަންފުޅަށް ވީނުވީ ނޭނގި މަތިވެރި ހާސްކަމެއްގައި!
މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ