01 ފެބުރުއަރީ 2017
އިމާރާތް ބާވެ "ބޮލަށް ވެއްޓޭވަރު" ވެފައިވާ ކަމަށް ބުނެ، ދ. ހުޅުދެލީ ބެލެނިވެރިން ނުކުމެ އެ ރަށު ސްކޫލު ބަންދުކޮށް، މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.
އިމާރާތް ބާވެ "ބޮލަށް ވެއްޓޭވަރު" ވެފައިވާ ކަމަށް ބުނެ، ދ. ހުޅުދެލީ ބެލެނިވެރިން ނުކުމެ އެ ރަށު ސްކޫލު ބަންދުކޮށް، މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.
ހުޅުދެލީ ކައުންސިލް މެމްބަރު އާދަމް ޒާހިރު މިއަދު ވިދާޅުވީ، އެ ރަށު ސްކޫލުގެ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަން ދެކޮޅު ހަދައި، މުޒާހަރާ ކުރަނީ ދަރިވަރުން ކިޔަވަން ބޭނުންކުރާ ތަނަކަށް ވުރެ އެ ސްކޫލު ބާވެފައިވާ ކަމަށް ބުނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންނަށް ސްކޫލުގެ ފާހާނާ ބޭނުން ނުކުރެވޭއިރު، އިމާރާތުގެ ކަރަންޓުގެ ހާލަތު ވެސް ހުރީ ވަރަށް ނުރައްކާތެރިކޮށް ކަމަށެވެ. އަދި މިކަންކަން ހައްލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާ އެތައް ފަހަރެއްގެ މަތިން ބައްދަލު ކުރި ނަމަވެސް އެއްވެސް ހައްލެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ހުޅުދެލީ ސްކޫލުގެ ކިޔަވައިދިނުމަށް މަލާމާތްކޮށް، އެ ސްކޫލުގެ ފާރުގައި މިއަދު ލިޔުމެއް ހަރުކޮށްފައި: ބެލެނިވެރިން މިއަދު ސްކޫލަށް ދަރިވަރުން ނުފޮނުވާ
"މިނިސްޓްރީން ބުނަނީ މިވެނި ކަމެއް ކުރަން ހުއްދަ ދީފައޭ އޮންނާނީ. އެކަމަކު އެ މަސައްކަތެއް ކުރެވިފައެއް ނެތް. ބެލެނިވެރިން ވެސް އަދި އަޅުގަނޑުމެން ވެސް ބޭނުން ވަނީ ކުދިންނަށް ކިޔަވައިދެވޭނެ ރައްކާތެރި މާހައުލެއް ގާއިމު ކުރަން،" ޒާހިރު ވިދާޅުވި އެވެ.
"ބެލެނިވެރިން މުޒާހަރާ އެ ކުރަނީ އެ ނޫން އެހެން ގޮތެއް ނެތުނީމައި،"
ކައުންސިލަރު ވިދާޅުވި ގޮތުގައި، 200އެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލުގެ ބެލެނިވެރިން މިއަދު ހެނދުނު ސްކޫލުގެ ގޭޓު ބަންދުކުރުމުން ފުލުހުން ގޮސް އެތަން ހުޅުވި އެވެ. އެކަމަކު ސްކޫލު ދޮރުމަތީ ތިބެގެން މިހާރު ވެސް ދަނީ ބެލެނިވެރިން އަޑު އުފުލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެމީހުންނާ ބައްދަލު ކުރެއްވީ އެ އަތޮޅު ކުޑަހުވަދޫ ސްކޫލުގެ ޕްރިންސިޕަލެވެ. އެކަމަކު އޭނާއާ ބައްދަލުކުރުމަށް ބެލެނިވެރިން ދެކޮޅު ހަދާ ކަމަށާއި އެ މީހުންގެ ޑިމާންޑަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް ސްކޫލުގެ ހާލަތު ވަޒަން ކުރުން ކަމުގައި ޒާހިރު ވިދާޅުވި އެވެ.
އިމާރާތް ބާވެފައިވާ ކަމަށް ބުނެ ހުޅުދެލީ ބެލެނިވެރިން ސްކޫލު ބަންދު ކުރިއިރު، ޕްރިންސިޕަލާ މެދު ހިތްހަމަނުޖެހިގެން މިދިޔަ ހަފުތާގައި ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގެ ބެލެނިވެރިން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޣާޒީސްކޫލުގެ އިހުތިޖާޖު: މުވައްޒަފުންގެ މައްސަލަ ބަލަނީ
ޓީޗަރުންނާއި، ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތަކެއް
ގޭގައި ކިޔަވައިދޭއިރު ބެލެނިވެރިން ވިސްނަންވީ ކަންތައް
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
ސްކޫލަށް ނުދާތާ ހަ މަސް، ކުދިންގެ އުޅުމަށް ބަދަލު!
ކިޔެވުން އޮންލައިންކޮށް، އިންޓަނެޓަކަށް ނުވަދެވޭ
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"
މީދޫ ޝަމްސުއްދީން ސްކޫލް ބަންދުކުރާތީ ކަންބޮޑުވުން
ކުރިއަށްދާނެ ދާއިރާއެއް މަޖުބޫރުކޮށްގެން ނުވާނެ: ރައީސް