Roadha Mihaaru
ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރުގެ ލިމިޓް އުވާލައިފި

ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރުގެ ލިމިޓް އުވާލައިފި

01 ފެބުރުއަރީ 2023

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރު ނެގުމުގައި ކަނޑައެޅި ލިމިޓުތައް އުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރު ނެގުމުގައި ކަނޑައެޅި ލިމިޓުތައް އުވާލައިފި އެވެ.

ބީއެމްއެލް އިން ވަނީ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް އުވާލައިފަ އެވެ.

ޑޮލަރުގެ ލިމިޓް އުވާލުމުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާމުއި ގައި ހުންނަ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 ޑޮލަރު ނެގޭނެ އެވެ.

ބީއެމްއެލް އިން ބުނީ ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ. އަދި ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އޭޓީއެމްތަކާއި އެކައުންޓްތަކުން ޑޮލަރު ނެގޭ މިންވަރު އުވާލި ނަމަވެސް، ބީއެމްއެލް ކާޑުތަކަށް ބޭނުންކޮށްގެން ބޭރުގެ މުއާމަލާތްތައް ހިންގުމަށް ކަނޑައެޅި ލިމިޓަށް އަދި ބަދަލެއް ނުގެނެ އެވެ. މަހެއްގެ މައްޗަށް ކްރެޑިޓް ކާޑުން އަދިވެސް މުއާމަލާތްތައް ހިންގޭ ލިމިޓަކީ 750 ޑޮލަރެވެ. އަދި ޑެބިޓް ކާޑް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓު ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ބޭރުގެ މުއާމަލާތްތަކަށް އަދިވެސް ބޭނުން ކުރެވޭނީ މަހަކު 250 ޑޮލަރެވެ.