28 ޖެނުއަރީ 2023
ގިނަ މީހުން ސޯޝަލް މީޑިއާގައި ޝެއާކުރާ ފޮޓޯތަކަކީ އަސްލު އޭގެ ޒާތުގައި ހަގީގީ ފޮޓޯއަކަށް ނުވެދާނެ އެވެ. އެކި ފިލްޓަރުތަކާ އެކު، ރަނގަޅު ލައިޓިން އާއި ރަނގަޅު އޭންގަލްއަކަށް ސެޓުވެފައި ހުރެ، އެތައް ފަހަރަކު ނަގާ ގިނަ ފޮޓޯތަކަކުން ސޯޝަލް މީޑިއާ އަށް ލަނީ އެންމެ ފޮޓޯއެކެވެ.
ގިނަ މީހުން ސޯޝަލް މީޑިއާގައި ޝެއާކުރާ ފޮޓޯތަކަކީ އަސްލު އޭގެ ޒާތުގައި ހަގީގީ ފޮޓޯއަކަށް ނުވެދާނެ އެވެ. އެކި ފިލްޓަރުތަކާ އެކު، ރަނގަޅު ލައިޓިން އާއި ރަނގަޅު އޭންގަލްއަކަށް ސެޓުވެފައި ހުރެ، އެތައް ފަހަރަކު ނަގާ ގިނަ ފޮޓޯތަކަކުން ސޯޝަލް މީޑިއާ އަށް ލަނީ އެންމެ ފޮޓޯއެކެވެ.
އެކަމަކު، "ބީ ރިއަލް" އެޕަކީ އެއާ މުޅިން ތަފާތު ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. އޭގައި، ފިލްޓާއެއް ބޭނުމެއް ނުކުރެވެ އެވެ. އަސްލު ކުރަނީ ކީއްކަން ދައްކުވައިދިނުމުގެ މަގްސަދުގައި، ދުވާލަކު އެއްފަހަރު އެ އެޕުން އަންގާ ވަގުތެއްގައި، ދެ މިނެޓު ތެރޭ ފްރޮންޓް އަދި ބެކް ކެމެރާގެ ފޮޓޯއެއް ޝެއާ ކުރަންޖެހޭނެ އެވެ. ޕޯސްޓު ކުރާ އިރު، ދެ މިނެޓަށް ވުރެ އިތުރުވެއްޖެ ނަމަ ބަލަނީ އެއީ އަސްލު ނޫންކަމަށް، ނުވަތަ "ނޮޓް ރިއަލް" ގޮތުގަ އެވެ.
ކުރީގެ ގޯޕްރޯގެ މުވައްޒަފެއް ކަމަށްވާ އެލެކްސިސް ބަރޭޔެޓް އަދި ކެވިން ޕެރޫ އުފެއްދި އެ އެޕްލިކެޝަން ލޯންޗުކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އޭރު އެހާ މަޝްހޫރު ނުވި ނަމަވެސް، މި އެޕް މިދިޔަ އަހަރުން ފެށިގެން އަންނަނީ މަޝްހޫރުވަމުންނެވެ.
މީހަކު ބީ ރިއަލް ބޭނުން ކުރަނީ: އާންމުކޮށް އެ އެޕް ބޭނުން ކުރަނީ އުމުރުން 45 އަހަރުން ދަށުގެ މީހުން
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ބީ ރިއަލް ބޭނުންކުރި މީހުންގެ އަދަދު ވަނީ 40 މިލިއަން އިތުރުވެފަ އެވެ. އަދި އެ އެޕްގެ މަގްބޫލުކަމާ އެކު އެހެން ސޯޝަލް މީޑިއާތަކުން ވެސް ބީ ރިއަލްގެ ކޮންސްޕްޓް ގެންގުޅެން ފެށި އެވެ. އޭގެ ތެރޭގައި، އިންސްޓަގްރާމާއި ޓިކްޓޮކް ފާހަގަކޮށްލެވެ އެވެ.
އެ އެޕް ގިނައިން ބޭނުންކުރަނީ އުމުރުން 45 އަހަރުން ދަށުގެ މީހުން ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ރާއްޖޭގައި ވެސް މީގެ މަގުބޫލުކަން އެބަ އިތުރުވެ އެވެ.
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ހަތަރު ގަޑިއިރުން ތުރެޑްސްއަށް ފަސް މިލިއަން މީހުން
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
ޓިކްޓޮކްގެ ރެކޯޑް ޗާލީ އަށް ގެއްލިއްޖެ
ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާއެއް
ސްނެޕްޗެޓްގައި ވެސް މަހު ފީ ދައްކަންޖެހޭ ހިދުމަތެއް
ޓެލެގްރާމް ޕްރިމިއަމް މި މަހު ފަހުކޮޅު ތައާރަފުކުރަނީ
ސްޕޮޓިފައި އިން އޯޑިއޯބުކްސް އަޑުއެހޭގޮތް ހަދަނީ
ސްޕޮޓިފައިގެ ރޭޑިއޯ އެޕް ހުއްޓުމަކަށް