Roadha Mihaaru
ޓެލެގްރާމް ޕްރިމިއަމް މި މަހު ފަހުކޮޅު ތައާރަފުކުރަނީ

ޓެލެގްރާމް ޕްރިމިއަމް މި މަހު ފަހުކޮޅު ތައާރަފުކުރަނީ

12 ޖޫން 2022

މަހު ފީ ދައްކައިގެން ބޭނުންކުރެވޭ "ޓެލެގްރާމް ޕްރިމިއަމް" މި މަހު ފަހުކޮޅު ތައާރަފުކުރަން ނިންމައިފި އެވެ.

މަހު ފީ ދައްކައިގެން ބޭނުންކުރެވޭ "ޓެލެގްރާމް ޕްރިމިއަމް" މި މަހު ފަހުކޮޅު ތައާރަފުކުރަން ނިންމައިފި އެވެ.

ޓެލެގްރާމްގެ ފައުންޑާ، ޕެވެލް ޑުރޯވް އެ މެސެޖިން އެޕް ބޭނުންކުރާ މީހުންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސައިބްސްކްރައިބްކޮށްގެން ބޭނުންކުރާ "ޓެލެގްރާމް ޕްރިމިއަމް" ތައާރަފުކުރަނީ ހަމައެކަނި އެ ހިދުމަތުން ލިބޭނެ ހާއްސަ ފީޗާތަކަކާ ވެސް އެކުގައި ކަމަށެވެ.

އޭނާ އިޝާރަތްކުރެއްވި ގޮތުގައި "ޓެލްގްރާމް ޕްރިމިއަމް" އިން ލިބޭނެ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި؛

- އެ އެޕަށް އާ ފީޗާތައް ތައާރަފުކުރުމުގެ ކުރިން ތަޖުރިބާކޮށްލަން ފުރުސަތު ދިނުން.

- މިހާރަށް ވުރެ ބޮޑެތި ފައިލްތައް އަޕްލޯޑްކުރެވޭނެ ގޮތް ހެދުން.

- ޕްރިމިއަމް އަށް ހާއްސަ ސްޓިކާ އަދި ރިއެކްޝަންސްތައް.

ޑުރޯވް ވިދާޅުވީ، ޓެލްގްރާމް ޕްރިމިއަމް ތައާރަފު ކުރިޔަސް، މިހާރު ވެސް ޓެލެގްރާމް އިން ލިބޭ ފީޗާތައް ދެން ވެސް ހިލޭ ލިބޭނެ ކަމަށެވެ.

މަހު ފީ ދައްކައިގެން ބޭނުންކުރެވޭ ހިދުމަތެއް ތައާރަފުކުރުމުގެ މަސައްކަތް ޓެލެގްރާމް އިން ފެށީ 2020ގަ އެވެ.

އެ ހިދުމަތް ބޭނުންކުރަން މަހު ފީގެ ގޮތުގައި ދައްކަން ޖެހޭނީ ސީދާ ކިހާވަރެއް ކަމެއް އަދި އިއުލާންނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި، ލަފާކުރެވެނީ މަހަކު 4.99 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.