11 ޖޫން 2022
މަޝްހޫރު މިއުޒިކް ސްޓްރީމިން އެޕް "ސްޕޮޓިފައި" އިން އޯޑިއޯބުކްސް އަޑުއެހޭގޮތް ހަދަން އެ ކުންފުނިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
މަޝްހޫރު މިއުޒިކް ސްޓްރީމިން އެޕް "ސްޕޮޓިފައި" އިން އޯޑިއޯބުކްސް އަޑުއެހޭގޮތް ހަދަން އެ ކުންފުނިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު "ސްޕޮޓިފައި" އިން ވަނީ އެ ކުންފުނީގެ އިންވެސްޓަރުންނަށް އެ ހިޔާލު ހުށަހަޅައިފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އޯޑިއޯބުކްސްގެ އިންޑަސްޓްރީގައި އެ ކުންފުނީގެ ބާރުގަދަކޮށްލުމަކީ މިހާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އެކަން ކާމިޔާބު ކުރެވިއްޖެ ނަމަ، އެ ކުންފުންޏަށާއި ޕަބްލިޝިން އިންޑަސްޓްރީ އަށް ވެސް ބޮޑު ފައިދާއެއް ވާނެ ކަމަށް ބުންޏެވެ.
"އަހަރެމެންނަށް ގަބޫލުކުރެވޭ ގޮތުގައި އޯޑިއޯބުކްސް އަކީ [އެ ކުންފުންޏަށް] ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމެއް،" ސްޕޮޓިފައިގެ ސީއީއޯ ޑެނިއަލް އެކް ވިދާޅުވި އެވެ.
"ޕޮޑްކާސްޓުގައި އަހަރެމެން ހޯދި ކާމިޔާބީ އެކަމުން ވެސް ހާސިލުވާނެ."
އެ ވިޔަފާރިގެ ތެރެއަށް ވަނުމުގެ ގޮތުން "ސްޕޮޓިފައި" އިން މިދިޔަ އަހަރު ވަނީ އޯޑިއޯބުކްސްގެ ބޮޑު ޕްލެޓްފޯމެއް ކަމަށްވާ "ފައިންޑައަވޭ" ގަންނާނެ ކަމަށް ބުނެފަ އެވެ. އެ ޕްލެޓްފޯމަކީ ވާހަކަ ލިޔުންތެރިން އޯޑިއޯބުކްސް ހަދައި، ޑިސްޓްރިބިއުޓްކޮށް އަދި އާމްދަނީ ވެސް ހޯދޭ ތަނެކެވެ.
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ހަތަރު ގަޑިއިރުން ތުރެޑްސްއަށް ފަސް މިލިއަން މީހުން
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
ދެން ފޯރި ހިފާނެ އެޕަކީ "ބީރިއަލް"
ޓިކްޓޮކްގެ ރެކޯޑް ޗާލީ އަށް ގެއްލިއްޖެ
ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާއެއް
ސްނެޕްޗެޓްގައި ވެސް މަހު ފީ ދައްކަންޖެހޭ ހިދުމަތެއް
ޓެލެގްރާމް ޕްރިމިއަމް މި މަހު ފަހުކޮޅު ތައާރަފުކުރަނީ
ސްޕޮޓިފައިގެ ރޭޑިއޯ އެޕް ހުއްޓުމަކަށް