25 ޖެނުއަރީ 2023
އައްޑޫގެ ތިން ރަށަކުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ރޭ ދަންވަރު ހުޅުވާލި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަނީ ކަމުގެ ހަގީގަތް އެނގިވަޑައިނުގެން ކަމަަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން ރަށަކުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ރޭ ދަންވަރު ހުޅުވާލި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަނީ ކަމުގެ ހަގީގަތް އެނގިވަޑައިނުގެން ކަމަަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ސިޓީގެ ފޭދު އާއި ހުޅުދޫ އަދި މީދޫން ދޫކުރުމަށް ހަމަޖެހިފައިވާ 500 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލިކަން ކައުންސިލުން އިއުލާނުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދޫގައި ތިބޭ އެ މަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކޮންމެ އިންތިހާބަކާ ދިމާކޮށް ދަންވަރު، ގޯތި ދިނުމަށް އިއުލާން ކުރާ ކަމަށާއި އެއީ ވަރަށް ބޭއަދަބީ ކަމެއް ކަމަށެވެ.
ނަމަވެސް ނަޝީދުގެެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނިޒާރު "މިހާރު" އަށް ވިދާޅުވީ ގޯތި ދޫކުރުމަށް އިއުލާން ކުރުމަކީ ކުޑަކަމެއް ނޫން ކަމަށައި އިއުލާން ކުރުމުގެ ބަަލަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނަ ކަމަށެވެ. އެގޮތުން ލޭންޑްޔޫޒް ޕްލޭން ހެދުމާއި ބިން ކަނޑައެޅުމާއި ބިމާ ބެހޭ ގާނޫނާ ފުށުނާރާ ގޮތަށް ކަންކަން ކުރަން ޖެހުނު ކަމަށް މޭޔަރު ވިދާޅުވި އެވެ.
ގޯތި ދޫކުރަން އިއުލާން ކުރުމުގެ ކުރީ ތިން ދުވަހު ކައުންސިލްގެ ކަމާ ގުޅޭ މުވައްޒަފުން ހެނދުނުން ފެށިގެން ރޭގަނޑު ވަރަށް ލަސްވަންދެން މަސައްކަތް ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލުން ބަޔާންކޮށްފައި އޮތް އުސޫލާ އެއްގޮތަށް ގާނޫނީ ގޮތުން އަދި ބިމާ ބެހޭ ގަވައިދުތަކާ އެއްގޮތަށް މި ހުރިހާ ކަންކަމަށް ބަލައި، އެ ދުވަހުގެ ހެނދުނުން ފެށިގެން ހަވީރު ވަަންދެން މަސައްކަތް ކުރަމުން ގޮސް އެއާ ގުޅޭ އެންމެ ފަހު ކަންކަން ނިމުނީ އެރޭ 11:45 ގައި. އެންމެ ފަހުގެ އިސްލާހުގައި ވެސް އަޅުގަނޑަށް ސޮއިކުރެވޭ ވަރުވީ އެރޭގެ ގާތްގަނޑަކަށް 11:45 ގައި،" ނިޒާރު ވިދާޅުވި އެވެ.
ރައްޔިތުން މިހާ ބޮޑަށް ބޭނުންވެފައިވާ ކަމެއްގައި ވަރަށް ނެގެޓިކޮށް ރައީސް ނަޝީދު ވާހަކަ ދެއްކެވީ. އަނެއްކާ ބޭނުން ކުރަން ނުޖެހޭ ބަހުރުވައަކުން ކައުންސިލަށް ރައްދު ދިނުމަކީ ހިތާމަ ކުރާ ކަމެއް،"--- މޭޔަރު
އޭނާ ވިދާޅުވީ، އެ މަސައްކަތް ލަހުން ނިމުނަސް މިފަދަ ދަނޑިވަޅެއްގައި މުހިންމުވީ ރައްޔިތުންނަށް ކަންކަން ކޮށްދިނުން ކަމަށް ވާތީ އަވަހަށް އިއުލާން ނެރުނީ ކަމަށެވެ.
"ހުރިހާ ކަމެއް ނިމުނީމާ ވީހާ ވެސް އަވަހަކަށް އިއުލާން ކުރަން ބޭނުންވީ. އެހެންވެ ލަސްވެފައި ހުއްޓާ ވެސް އިއުލާން ކުރީ،" މޭޔަރު ވިދާޅުވި އެވެ.
ނަޝީދަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވިގޮތުގައި، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅަކު ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައ އެގޮތަށް ވާހަކަ ދެއްކެވުމަކީ ވަރަށް ދެރަ ކަމެއް ކަމެކެވެ.
"ރައްޔިތުން މިހާ ބޮޑަށް ބޭނުންވެފައިވާ ކަމެއްގައި ވަރަށް ނެގެޓިކޮށް ރައީސް ނަޝީދު ވާހަކަ ދެއްކެވީ. އަނެއްކާ ބޭނުން ކުރަން ނުޖެހޭ ބަހުރުވައަކުން ކައުންސިލަށް ރައްދު ދިނުމަކީ ހިތާމަ ކުރާ ކަމެއް،" ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ނިޒާރު ވިދާޅުވި އެވެ.
ދަންވަރު ގޯތި ދޫކުރަން އިއުލާން ކުރުމަކީ ޕްރައިމަރީ އަށް ނުފޫޒު ފޯރުވުން ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށް ދެންނެވުމުން ނިޒާރު ވަނީ ރައްޔިތުންނަށް ފައިދާވާ ކަމެއްގައި ނުފޫޒު ފޯރުވުމަށް ކުރި ކަމަކީ ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ.
"އައްޑޫ ރައްޔިތުން މިދިޔަ 30 އަހަރު އިންތިޒާރު ކުރަމުން އައި ކަމެއް ގޯތި ދިނުމަކީ. އެއީ ރައްޔިތުން ބޭނުންވި ކަމެއް. އެހެންވީމާ އެއީ ނުފޫޒުތޯ؟ ގޯތި ދިނުމަށްޓަކައި އެއްވެސް މީހަކަށް ނުފޫޒެއް ނުފޯރުވާ. މި ކައުންސިލް އައިތާ ގާތްގަނޑަކަށް 16 މަސް ތެރޭގައި އެ އޮތީ ގޯއްޗަށް އިއުލާންކޮށްފައި. އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.
"ކައުންސިލްގެ މައްޗަށް އެއްވެސް ބަޔަކަށް ނުފޫޒެއް ނުފޯރުވޭނެ. ކައުންސިލަކީ މިނިވަންކޮށް މަސައްކަތް ކުރާ މިނިވަން ޝަހުސެއް."
ނިޒާރު ވިދާޅުވީ، އައްޑޫން ގޯތި ދޫކުރަން ނިންމީ ސިއްރުން ނޫން ކަމަށާއި ގޯތި ދޫކުރަން ވަަރަށް އަވަހަށް ފަށާނެ ކަމަށް ފާޅުގައި ވިދާޅުވެފައިވާނެ ކަމަށެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ނިޒާރު ވިދާޅުވެފައި ވަނީ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އައްޑޫގެ އެކި ރަށްރަށުން ގޯތި ދޫކުރަން ހުޅުވައިލާނެ ކަަމަށެވެ.
އައްޑޫ ސިޓީން ހުޅުވާލީ ފޭދޫން 1,500 އަކަފޫޓޫގެ 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 2,000 އަކަފޫޓުގެ 100 ގޯތި ދޫކުރާށެވެ.
އެ ގޯތިތަކުގެ 90 ޕަސެންޓު ދޫކުރާނީ އެ ރަށެއްގެ މީހުންނަށެވެ. ބާކީ 10 ޕަސެންޓު ދޭން ހަމަޖައްސާފައިވަނީ އެހެން ރަށްރަށުގެ މީހުންނަށެވެ. އެކަމަށް އެދޭ ފޯމު އަންނަ މަހުގެ 2 އިން 16 އާ ހަމައަށް ބަލައިގަންނާނެ އެވެ.
ނަޝީދުގެ ރައްދު ރައީސްގެ ފެކްޝަނަށާއި ނިޒާރަށް!
"މި ދަނީ ވަރަށް ހިތްހަމަޖެހިގެން، ވަރަށް އުފަލުން"
ވާދަވެރިން ފައިސާ ބަހާނެ، ހިފާތި: ނަޝީދު
ގޯއްޗަށް ކުރިމަތިލާން ދަންވަރު ހުޅުވުން ބޭއަދަބީ!
އެންމެ ބޮޑު ފެއިލިއާ އަކީ އައްޑޫގައި ޓޫރިޒަމް ނެތުން
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު
ކެމްޕެއިނަށް ރައީސް އައްޑުއަށް، ނަޝީދު ލ. އަތޮޅަށް
އަޅުގަނޑުގެ ރަނިން މޭޓަކީ އައްޑޫ ބޭފުޅެއް: ނަޝީދު
ހަންކެޑެކެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށަނީ
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ފުރަތަމަ 4،140 އެނދު