24 ޖެނުއަރީ 2023
އައްޑޫގެ ތިން ރަށަކުން 500 ގޯއްޗަށް ކުރިމަތިލުމަށް ރޭ ދަންވަރު އައްޑޫ ސިޓީ ކައުންސިލުން ހުޅުވައިލުމުން، ކަޑަޖެހުމުގެ އާ މަރުހަލާއަކަށް މިހާރު ގޮސްފައިވާ ކަމަށް ވިދާޅުވެ, އެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން ރަށަކުން 500 ގޯއްޗަށް ކުރިމަތިލުމަށް ރޭ ދަންވަރު އައްޑޫ ސިޓީ ކައުންސިލުން ހުޅުވައިލުމުން، ކަޑަޖެހުމުގެ އާ މަރުހަލާއަކަށް މިހާރު ގޮސްފައިވާ ކަމަށް ވިދާޅުވެ, އެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި، ފޭދޫގައި ހުންނަ އެމްޑީޕީގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދަންވަރު ކުރަން ޖެހެނީ ވަކި މަސައްކަތްތަކެއް ކަމަށެވެ. ދަންވަރު އޮފީސް ހުޅުވައިގެން ގޯތި ދޫކުރުމެއް އެ ކަމުގެ ތެރޭގައި ނުހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދަންވަރު އޮފީސް ހުޅުވައިގެން ގޯތި ދޫކުރުމަކީ ކަޑަ ޖެހުމުގެ އާ މަރުހަލާ އެކެވެ.
ނަޝީދު، ފޭދޫގެ އެމްޑީޕީގެ މެމްބަރުންނާ މިއަދު ހަވީރު ވާހަކަފުޅު ދައްކަވަނީ.
"އަޅުގަނޑުމެން ގާތު މާމަމެން އަބަދު ވެސް ބުނޭ ދަންވަރު ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތޭ. ރޭ ދަންވަރު ހަތަރު ދަމު ދާ ފަހުން ގޯއްޗަށް އިއުލާނުކުރުމަކީ ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް ގޮސްފައިވާ ކަމަށް އެންމެން ވެސް ހިތަށް އަރާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށް އެ ގޯތިތައް ދޭ ކަމަށާއި ނަމަވެސް އެ ގޯތި އަދި ހުރީ ކަނޑު އަޑީގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، އައްޑޫ ސިޓީ ކައުންސިލުން ރޭ ދަންވަރު 12:30 ގައި ގެޒެޓް ކުރި އިއުލާނުގައި ވަނީ ފޭދޫން 1,500 އަކަފޫޓޫގެ 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 2,000 އަކަފޫޓުގެ 100 ގޯތި ދޫކުރަން ހުޅުވާލައިފަ އެވެ.
އެ ގޯތިތަކުގެ 90 ޕަސެންޓު ދޫކުރާނީ އެ ރަށެއްގެ މީހުންނަށެވެ. ބާކީ 10 ޕަސެންޓު ދޭން ހަމަޖައްސާފައިވަނީ އެހެން ރަށްރަށުގެ މީހުންނަށެވެ. އެކަމަށް އެދޭ ފޯމު އަންނަ މަހުގެ 2 އިން 16 އާ ހަމައަށް ބަލައިގަންނާނެ އެވެ.
"އަޅުގަނޑު ސިޔާސީ ހުރިހާ ލީޑަރުންނަށް ދަންނަވާލަން. މިއީ 2023 ވަނަ އަހަރުގެ މެދު އާމްދަނީ ލިބޭ, ގްރޭޑް 10 އާ ހަމައަށް ކިޔެވުމަށް ގާނޫނީ ގޮތުން ލާޒިމް ގައުމެކޭ. މި ތަނުގެ ރައްޔިތުންނަށް އެ ގޮތަށް އެއްގޮތަކަށް ވެސް ދެކުމަކީ ވަރަށް ބޮޑަށް ރައްޔިތުންނާ ގުޅޭގޮތުން ނިކަމެތިކޮށް ވިސްނާ ވިސްނުމެކޭ. މި ތަނުގައި ނެތް ލިޔަންކިޔަން ނޭނގޭ އެއްވެސް މީހެއް. ގްރޭޑު 10 އާ ހަމައަށް ނުކިޔަވާ ހުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް،" ނަޝީދު ވިދާޅުވި އެވެ.
"މިހެން ކަން އޮތް ރައްޔިތެއްގެ ކުރިމަތީގައި ރޭ ދަންވަރު 12 ޖަހާއިރު, އެ މީހުން 12 ޖަހާއިރު ދަންނަނީ އެންމެ ކަމެއް. ގޯތި ދޫކުރުމުގެ މަސައްކަތް އެއީ އޭގެ ތެރޭގައި ހިމެނޭ ކަމެއް ނޫން."
ނަޝީދުގެ ބައްދަލުވުމަށް ފޭދޫން ދިޔަ މީހުން
ނަޝީދު ވިދާޅުވި ގޮތުގައި، ދަންވަރު ހުޅުވައިގެން ވިޔަސް ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ބޭރުގެ ބޯޓުތައް ގެނެވިދާނެ އެވެ. ރިސޯޓުތައް ހަދައި ވަޒީފާ އުފެއްދުމަކީ ވެސް ރޭގަނޑު ދަންވަރު ހުޅުވައިގެން ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން, ގެސްޓް ހައުސްތަކަށް މީހުން އާދެވޭނެ ގޮތް ހެދުމާއި މަހުގެ އަގު އުފުލޭނެ ގޮތަށް މަސް ގަނެވޭނެ ގޮތް ހެދުމާއި އައިސް ލިބޭނެ ގޮތް ހެދުމަކީ ވެސް ރޭގަނޑު ކުރެވޭނެ ކަންތައްތަކަށް ނަޝީދު ވިދާޅުވި އެވެ.
"ނެތް ކަމެއް ރޭގަނޑު ދަންވަރު ކުރަން އުޅުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށް ބޭއަދަބީ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ދެން އުފެދޭނީ އެ މަނިކުފާނު ވެސް ބައިވެރިވާ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. އެ ވެރިކަމުގައި އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ, އާމްދަނީ އިތުރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
"މި ދަނީ ވަރަށް ހިތްހަމަޖެހިގެން، ވަރަށް އުފަލުން"
ވާދަވެރިން ފައިސާ ބަހާނެ، ހިފާތި: ނަޝީދު
އަޅުގަނޑުގެ ރަނިން މޭޓަކީ އައްޑޫ ބޭފުޅެއް: ނަޝީދު
އެމްޑީޕީގެ ޕްރައިމަރީން ރޮޒައިނާ ކަޓައިފި
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ފެކްޝަންތަކާއެކު މަސައްކަތްކުރުމަށް ނަޝީދު ގޮވާލައްވައިފި